ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއްޔެ ކުއްލިގޮތަކަށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓްކަން ކަށަވަރު ކުރަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވި ގޮތުގައި މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށެވެ. މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިއަދަކު ދިވެހި ރައްޔިތުންނެއް ފިތުނައެއް ބަލައެއް ނުގަންނާނެ ކަމަށާއި އެމްޑީޕީ އާއި ވާދަ ކޮށްލައްވަން ބޭނުންފުޅުވާ ކަމަށް ވަންޏާ ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުމެވަޑައިގަތުމަށް ގޮވާލައި ޝާހިދު ކުރި ޓްވީޓަށް ރައްދުދެއްވައި ޠާރިގު ވިދާޅުވީ ޝާހިދުގެ ސިޔާސަތު އޮންނަނީ އަވައްޓެރި ގައުމެއްގެ އުނގުގައި ކަމަށެވެ. ޝާހިދަށް ކުރާ އިހުތިރާމް ގެއްލުނީ އދ.ގެ ރިޔާސަތަށް އެރުމަށް ދިވެހި ޤައުމު ގުރުބާންކުރި ހިސާބުން ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ.

"މަނިކުފާނުގެ ސިޔާސަތު ތިއޮންނަނީ އަވައްޓެރި ގައުމެއްގެ އުނގުގައި. ރަނިންމޭޓްކަން ޔަގީންކުރަން ތިހުރީ އިންޑިޔާގައި. އިހުތިރާމް ގެއްލުނީ އދ.ގެ ރިޔާސަތަށް އެރުމަށް ދިވެހި ޤައުމު ގުރުބާންކުރި ހިސާބުން." ޠާރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 9 ސެޕްޓެމްބަރުގައި (ރައީސް ސޯލިހް ވެރިކަމުން) ބާލާނަން ކަމަށެވެ.

ރައީސް ސޯލިހް ދެވަނަ ރިޔާސީ ދައުރެއްގެ ކެމްޕޭން ފައްޓަވާފައި ވާއިރު އެމަނިކުފާނުގެ ރަނިންމޭޓެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ޝާހިދު ކަނޑައެޅުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕިސްޕިސް

    ކަލޭ ޝާހިދު އާއި އަޅައިގަތީތަ . . ތި ރަށަކީ ވަރަށް މަޝްހޫރު ރަށެއްދޯ

    4
    13
  2. އުދެއްޔު

    ޕާޓީގެ މީހެއްގެ ހައިސިއްޔަތުން ރަނިންމޭޓުކަން ދޭންވީ ސަންސިޔާމަޢް

    6
    3
  3. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މި ސިޔާސީ މީހުންނަކީ !

    11
  4. މުހައްމަދުސައީދު

    އޭނާ އެކަންޏަކު ނޫން ޝާހިދުއާއި އަޅައިގަތީ ! ކަޑު ވިއްކާލި ހިސާބުން ޤައުމުދެކެ ލޯބިވާ ހުރިހާ ދިވެހިން ވަނީ ޝާހިދުއާއި އަޅައިގެންފަ ކަން އެގިއެއް ނުލައްވާ އެހެންނޫންތޯ ؟؟؟؟

    12
    4
  5. ފިޔާ

    މީނާ ޝާހިދުގައި އަޅައިގަނެގެން މިއުޅެނީ ހާދަ ވަރަކަށް.

    1
    4
  6. މުޝް

    މަހިބަދޫގައި ވަރަށް އަލަމްގިރި ގިނަވާނެ

    2
    4
  7. ސަރަފަކައްދަ

    ކޮބާ ޖާބިރު! އެސޮރު ހާދަ އުއްމީދެއްގައޭ މޑޕ އަށް ސޮއި ކުރީ! ހަމަ ހުސް ދޯކާ ދިނީ ދޮތަ! އެސޮރު ހާދަ ރުލިގަދަވާނޭ މިފަހަރު ތިކަމުގާ!

    4
    0
  8. ފޫހި

    ތޯރިގުމެން ނަކީ ނަގޫފިތިފާތިބިމީހުން ޔާމީން ވެރިކަމުގާ މަހުޖަނުންނައްވެފާ އެންމެ5 އަހަރުން އަތޮޅުގާ ހުރި އެންމެ މުއްސަދިމީހާ

    0
    7