ޕީޕީއެމްއަކީ ކަރަންޓީން ކުރަން ޖެހޭ ޕާޓީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މޯލްޑިވިއަން ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިނަށް މިއަދު ކ. ގުރައިދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، ސިޔާސީ ތޮބީއަތް ބަދަލުވަމުން ގޮސް އުއްމީދު ޕޯޑިއަމްއެއްގައި ވާހަކަދައްްކަން އުއްމީދު ނުކުރާ ކަމަށެވެ. މިގޮތަށް ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، ޕީޕީއެމްގެ ކޯލިޝަން ސަރުކާރުގައި ލިބުނީ ހިތި ތަޖުރިބާތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މިތިބީ އެމްޑީޕީއާ އެކު ގަދަކޮށް ކަަމަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މިއަދު އަޅުގަނޑު ޕީޕީއެމްއަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ތިޔަ ބޭފުޅުންނާއި ހެދި ކޯލިޝަން ސަރުކާރެއްގެ ހިތި ތަޖުރިބާއާއި އެކުގައި މިތިބީ ގަދައަށް އެމްޑީޕީއާ އެކީގައޭ".

މައުރޫފް ވިދާޅުވީ، ޕީޕީއެމް އިން ކޯލިޝަން ހެދުމަށް އެ ޕާޓީއާ ބައްދަލު ކުރި ކަަމަށެވެ.

"އަޅުގަނޑު ބުނިން މަރުހަބާއޭ ތިބޭފުޅުންނާއި ވާހަކަދައްކަން މި ހުރީ ތައްޔާރަށޭ، އެހެން ނަމަވެސް ތިޔަ ބޭފުޅުންނާއި ދެ ސުވާލެއް ކުރިމަތި ކުރާނަމޭ، އެއް ސުވަލަކީ ތިބޭފުޅުންގެ ކެންޑޭޓަކީ ކޮން ބޭފުޅެއްތޯއޭ، ވިދާޅުވީ، އޭ ޓު ޒެޑް އަށް އޮތީ ރައީސް ޔާމީނޭ، އަޅުގަނޑު ދެންނެވީ ޔާމީނަކީ ޖިނާއީ ކުށެއްކޮށްގެން ހުރަގޭގައި އޮތް ބޭފުޅެއް ނުންހޭ، ދެން ކިހިނެއްހޭ އަޅުގަނޑުމެން ކޯލިޝަނެއް ހަދާނީ".

އަދި ކޯލިޝަނެއް ހެދޭނީ، އެމަނިކުފާނު މިނިވަން ވުމުން ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި އިންޑިއާ އައުޓް ގޮވާކަށް ބޭނުން ނުވާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"ދުވަހަކުވެސް ނުކުރާނެ ކަމެއް އެއީ. އަޅުގަނޑުމެންނަށް ފެނުނީ އެ މަންޒަރު، އަޅުގަނޑުމެންނަށް ފެނުނު ޗަގޯސްވެ ބޮޑު ޖަލްސާ، ކިހިނެއްތޯވީ، ޗޮކުން ދިޔައީ. އަޅުގަނޑަށް ސިފަވީ ފެޝަން ޝޯވއެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ފެނުނީ ފަހަތުން އިންޑިއާ އައުޓް".

އެހެންކަމުން ޕީޕީއެމްއަކީ ކަރަންޓީން ކުރަން ޖެހޭ ޕާޓީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެއީ ކުރިން ޒަމާނުގައިވެސް ތޯއޫނު ބަލި އުފެދިއްޖެއްޔާ ކައިރި ނުވާނެ، މިއަދު ސިޔާސީ ގޮތުން އެއްވެސް ބަޔަކު ޕީޕީއެމްއަކާއި ކައިރިއެއް ނުވާނެ".

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީ، އޭޕީ އަދި އެމްޑީއޭ އެކުވެ، ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ބޮޑުތަނުން ދެވަނަ ދައުރަކަށް އައްްޔަން ކުރާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، 2013 އިން ފެށިގެން އޮފްނާރާ މީހަކު އޮފްކޮށްގެން ރައީސް ކަމަށް އައްޔަން ކުރެއްވި ކަމަށާއި، އެކަމުން ލިބުނީ ހިތި ތަޖުރިބާއެއް ކަމަށެވެ. މައުރޫފް ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވާހަކައެވެ.

"އަޅުގަނޑުމެން ކޯލިޝަންގައި ދެމިތިބީ ދެ މަގްސަދަކަށްޓަކައި، އެއް މަގްސަދަކީ ވެރިކަން ވެއްޓިގެން ގޮސްފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަށްޓަކައި، އަނެއް މަގްސަދަކީ އަޅުގަނޑުމެންގެ ޕާޓީގެ އިސްވެރިން ހުރަގެއަށް ލާފާނެތީ". މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު ރައީސް ސޯލިހާއެކު ދަތުރުފެށީ އުފާވެރި ރާއްޖެއަކަށް ކަމަށް ވިދާޅުވިއެވެ.

އަދި 2018ގައި ހަމަހިމޭނުން ތިބީ ނޫން ކަަމަށާއި، އެދުވަހު ހަމަހިމޭނުން ތިބީ ރައީސް ސޯލިހާއި ވެރިކަން ހަވާލު ކުރުމަށްފަހު، ދުރުމި އަރާ ރާޑަރުތައް ބަހައްޓައިގެން އެމަނިކުފާނު މަސައްްކަތް ކުރައްވާ ގޮތް ބެއްލެވުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެމަނިކުފާނު ކުރަނީ ހެޔޮ ވެރިކަމެއްތޯ ނޫނީ އެމަނިކުފާނު ކުރަނީ އަނިޔާވެރި ވެރިކަމެއްތޯ، އާދެ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރާއްޖޭގެ އިގްތިސޯދު ބިނާކޮށް، ރާއްޖޭގެ އެއްވެސް ބޭފުޅަކު ޖަލަށް ނުލައި، ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުކޮށް އެމަނިކުފާނު ވެރިކަމުން ނިންމަމުން ދާތަން، އެހެންވީމަ ދެވަނަ ދައުރަކަށް ދާން މި ޗޮއިސް ނޫން ޗޮއިސްއެއް އޮތް ކަމަށް ގަބޫލު ކުރަން".

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ވެކާ

    ޕީޕީ އާ ވަާދަކޮއްލަން ނުކެރިގެންނު ތަރައްގީގެ ބާނީ ޖަލައް ލައިގެން ތިއުޅޭނީ

    137
    3
  2. އަޙުމަދު

    40 މިލިއަން ޑޮލަރު ގެ ޝަވަރިން ގެރެންޓީ ޔާމީން ސަރުކާރުން ހޯދި ހަނދާން އެބަހުރިތޯއެވެ. މިކަހަލަ ކިތައް މަންފާތޯ ލިބިފައިވަނީ ބުނެދޭން ކެރޭނެތޯއެވެ.

    122
    1
  3. އަލީ

    "ރާއްޖޭގެ އެއްވެސް ބޭފުޅަކު ޖަލަށް ނުލައި، ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުކޮށް އެމަނިކުފާނު ވެރިކަމުން ނިންމަމުން ދާތަން"
    މީ ކޮންތާކު މަރަމޯލެއްތަ މައުރޫފް ލޯ އަދި ކަންފަތް ސަލާމަތުންހުރިތޯ ބަލަން ޖެހޭއެބަ.؟

    26
    1
  4. ޔާމީން

    2 މަސް ފަހުން ރީތިކޮށް ކަރަންޓީނު ކޮއްދޭނަން.. ހަމަ ސީދާ ޖަލުގައި ކަރަންޓީން ފެސިލިޓީއެއް ޤާއިމް ކުރާނީ..

    74
    1
  5. Anonymous

    ލަދު ކޮބާ ބާއޭ ހިތަަށްއަރާ

    72
    1
  6. ލޮލް

    އަހަރެން ހިތަށް އަރަނީ ޢުމަރު ކަހަލަ މީހަކު މިގައުމުގެ ވެރިކަމަށް އަތުވެއްޖެނަމަ މި ބައިކުޅަބައި ޕާޓީތައް ވަންނާނީ ކޮންތާކަށްބާއޭ. މިކަހަލަ މުނާފިގުން އިސްވެ ޢުމަރާ ކޯލިޝަން ހެދިޔަސް ޢުމަރުގެ ވެރިކަމުގައި މިބައިގަނޑު ބައިތިއްބާނީ ކަރަންޓީނުކޮށްފައި. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން. އަހަރެން ޢުމަރަށް އިތުބާރުކުރަން.

    52
    3
  7. Anonymous

    ޕީޕީއެމް ވެރިކަމަށް އައިފިނަމަ މިގައުމަށް ދުވާލެއްގެ މައްޗަށް އެތެރެވާ 1000 މީހުން އެތެރެވުން ހުއްޓިދާނެތީދޯ ކަލޭ ބިރުން ތިތެޅެނީ. ކަލޭމެނަކީ އިންޑިޔާގެ އެޖެންޓުން.

    69
    2
  8. ާދަލޭކް

    ކަލޭމެން ނައްމޮޅެއްގެ ގޮތުގައި ކަމެއްކުރެވުނުކަމަށް ވާނީ އަދީބުވެސް ޔާމީނުވެސް މިނިވަން ކޮއްފަ އެންމެނާ ވާދަ ކޮއްފަ މޮޅުވީމަ މިހާރު އެދެމީހުންގެ ދެފައި ބިންދައިގެން ތިވަނީ މޮޅުތ؟ވެރިކަން ލިބުނީމަ މީވާ ކިބުރުވެރިވި ފިރިހެނެއް އެހެންވީމަތާ ބަދަލުވެދާނެތީ ބިރުގަތީ

    49
    3
  9. މާޟި

    ކަލޯ ގަޔާ ހާދަވަރެއް ތިވަނީ

    50
    3
  10. އަހްމަދު

    މަޢުރޫފް ތިޔަބޭކާރުއަނގަނުތަޅާ ޝިޔާމްކައިރީބުނެބަލަ ހިލްޓަންއަށް ދައްކަންއޮތް ލާރިތައްދައްކާށޭ ސޯލިހާބައިއަތުހިފީ އެލާރިނުދައްކަންވެގެން އެކަމުހަމަޔަގީން އެލާރިއަކީ ދައްކަންޖެހޭނެލާއެއްކަން

    60
  11. މާމީ

    މަހައް ދާންވީ

    43
    1
  12. މުޙައްމަދުދީދީ

    ފޮނި އިންސިއެއް ދޯ މިވެސް. ލައްކަ ފައިދާތަކެއް ނަގާނެތާދޯ މިމީހުން މިފަހަރު.

    52
    1
  13. ކަމަނަ

    މިހާރު ވެރިކަމުގައި ހުރީ ތިބުނާ ސޯލިހެއް ނޫންތޯ؟ ތިޔަބުނާ ދުރުމީތަކަށް ކުރިކަމަކަށް ވައްކަމާއި ފަސާދަކުރުމާއި އަމާންކަން ނަގާލާ ގައމު ދަރުވާލިތަން ނުފެންނަކަމަށް ވާނަމަ ދެން ބާރަށް އަތްޖަހާފަ މަގުތައް މަތިދުވެދުވެ ތިބެންވީނު. ކޮން ދެވަނަ ދައުރެއް. ޏޏުކެވިގެންދޯ އެންމެ ފަރާތެއްގެ ފަހަތުން ނެއްޓެންނޭގިގެން ތިއުޅެނީ.

    44
    2
  14. Anonymous

    މިކަހަލަ މީހުންނަށް މުސްކުޅިން ކިޔާ އުޅޭ މުނާފިގުންނޭ

    19
    0
  15. ގަމާރު

    ގަމާރު ކަމަކީވެސް ބައްޔެއް ބައެއްފަހަރު ފެންނަން ހުންނަން
    ކަންތައްތައްވެސް ޤަބޫލުކުރަން ނޭންގޭނެ އެހެންވަނީ ގަމާރުކަމުން އަނދިރި ކަމަކީވެސް އެކަހަލަ ކަމެއް ކިތަންމެ ރީތި ތަނެއް ކުރިމަތިން ފެންނައް ހުއްޓަސް ނުފެންނަކަމައްހަދައިފިއްޔާ ދެން އެތަނެއް އޭނަޔަކައް ނުފެންނާނެ

    17
  16. ކާސިމު

    ކިތައް ފަހަރު ކަލޭމެންގެ ސިޔާމަށް ސޮވޮރިން ގެރެންޓީ ދީ ބޭރުން ލޯނު ހޯދައިދިންތޯ؟
    ގައިމުވެސް 150 މިލިއަން ޑޮލަރުގެ ލޯނެއްވެސް ރައީސް ޔާމީނު ސިޔާމަށް ހޯދައިދިން.

    17
  17. ޙެހެހ

    އިންތިހާބާއިއެކު އަނގަ ފަޅާފިދޯ ، އެންމެ ސުވާލެއް ! އިބޫ ސޯލިހްގެ ސަރުކާރުން ލިވާތު ކުޅިކުޅުނު މީހުންނާއިމެދު އަމަލުކުރިގޮތް ކިހިނެއްތޯ ސިފަކުރައްވަނީ ؟ ވ.ސަލާމް ޖަމަލު ފޮޑި

    20
  18. ޕޮގުބާ

    ޕީޕީއެމް ހަމަޔަށްވެސް ނާދެވޭނެ ތިއުޅެނީ ހުތުރު ފައި ބަނޑު އަޚައިގެން

    17
  19. ހުއްބުލް

    ކަރަންޓީން ކުރަންވީ މީހުންނަށް ދަރާފައި ތިބި މީހުން ކަރަންޓީން ކުރަންވީ މަކަރާއި ހީލަތުން ސިޔާސީ މަންފާ ނަގަން އުޅޭ މީހުން ކަރަންޓީން ކުރަންވީ ރައްޔިތުންނަށް ދޯކާ ދޭމީހުން

  20. ޝޮކްތެރަޕީ

    ވިޔަފާރި ކުރި އަރުވަން ވިޔަފާރި ކުރާ މީހުން ސިޔާސީ ދާއިރާޔައް ވެދެގަތީ. ފޭކު ޕާޓީއެއް

  21. ވަގުސަރުކާރު

    މި ދެންކާކު؟ އަޅެ ކާކު؟؟؟!!!! މާ ދީންވެރިއަކަށް ހެދެން ތުބުޅި އެއްލައިގެން އެ ތުބުޅިއާ ދޮގާ މަކަރު ވިއްކައިގެން ދަރަނި ފިލުވަން އުޅޭ 2 މީހުންތެރެއިން އެކަކު!! ހަދާންނައްތާލާ. ތިތިބީ ހަމަ ރަގަޅު ފަޅިއަށް އެރިފައި. ސިޔށީ މަސްރަހުން މިފަހަރު އަބަދުގެ އަބަދަށް ބޭރުކުރެވޭނެ