ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބީއެމްއެލްގައި ހުޅުވާފައިވާ ކުންފުނީގެ އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރުގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލަ "ދިޔަރެސް" ނޫހުން ރިޕޯޓް ކުރުމުން އެ ނޫހާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.

ދިޔަރެސް ނޫހުން އެ މައްސަލަ ރިޕޯޓްކުރުމުން ރާއްޖޭގެ އެހެން ނޫސްތަކުން ވެސް އެކަން ފަހުން ރިޕޯޓް ކުރި އެވެ. އަދި ފަހުން ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ނަމަވެސް އާރުޑީސީން ބުނީ އެ ކުންފުންޏާ މެދު އާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި މި ކޯޕރޭޝަންގެ ނަމަށް ހުތުރުވާ ގޮތަށް، މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމެއްނެތި، ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ދިޔަރެސް މިޑިއާގެ ފަރާތުން ފަތުރަމުންދާ ކަމަށެވެ.

އެހެންވެ އެކަން ހުއްޓުވުމަށާއި އެކަމާ ގުޅިގެން މި ކޯޕަރޭޝަނަށް ލިބެމުންދާ ގެއްލުން ހުޓުވުމަށް، އެ ކޯޕަރޭޝަންގެ ފަރާތުން ފަރާތުން އެ މައްސަލަ ސިވިލް ކޯޓު އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އާރުޑީސީން ބުނެފައިވާ ގޮތުގައި ކުންފުނިން ބީއެމްއެލްގައި ހުޅުވާފައިވާ މައި އެކައުންޓުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޫސަ އާއި ޔާސިރްގެ އަމިއްލަ ބޭނުމަކަށް ނަގާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ވާހަކައެއް ފެތުރި ނަމަވެސް އެފަދަ މުއާމަލާތެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަންދޭ ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީއަކީ ގަވައިދުން ކޮންމެ އަހަރަކު އޮޑިޓް ކުރާ ކުންފުންޏަކަށް ވެފައި، މިހާރު ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރަމުންދާ އިރު، ކުންފުނީގެ މާލީ ސިޔާސަތުތަކާ ހިލާފަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުވަތަ އެއްވެސް މައްސަލައެއް ފާހަަގަކުރެވިފައި ނެތް ކަމަށް އާރުޑީސީން ބުންޏެވެ.

އާރުޑީސީން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން ގެންދަނީ ރާއްޖޭގެ މާލީ ގާނޫނުތަކާއި ގަވައިދުތަކާ އަދި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންވެ، ފައިސާއަށް ހިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް މުވައްޒަފެއްގެ އަމިއްލަ އެކަައުންޓަށް، ކުންފުނީގެ މައި އެކައުންޓުން ފޮނުވޭނެ ގޮތެއް ނޯންނާނެ ކަމަށް އާރުޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިކުރާމު

    އެވާހަކަ ދައްކާމީހުްނ މިގޯސްވަނީ ކީކޭ ބުނާނީ ކިހިނެއް ދެވަނަ ދައުރެއް ދޭވޭނީ ތިވަރުން

    20
  2. އެޑްމުންޑޯ

    މާލިއްޔަތުގަވާއިދުގައި އަމިއްލަ އެކައުންޓަތަކަށް މިލިއަނުން ފައިސާ ޖަމާކުރާކަށް ހުއްދަ އެއް ނުދޭނެ ، އޮޅުވާލަން ނޫޅޭ

    14
  3. ހުސޭނުބޭ

    ވައްކަންކުރި. ރައީސް އޮފީހުން އަންގައިގެން ފުލުހުން މައްސަލަ އޮއްބާލީ. ކަލޭ ތިހުރީ ބޮޑު ހިލަވެލި ފުންޏެއްވެސް ކައިގެން!

    16
  4. ސަނާ

    ކަލޭ ވައްކަންކުރި! ކަލޭގެ ދުލުންނާ ކުންފުނީގެ އިސްވެރިއެއްގެ ދުލުން މީޑިޔާގައި ބުނެފައިވާނެ އެކައުންޓަށް ޖަމާކުރީ ކުންފުނީގެ ފައިސައެއްނޫނޭ އެއީ ޕެޓީކޭޝް އޭ! މީން އެބައެގޭ ޖަމާވިކަން! އެއީ އާރޑީސީގެ ފައިސާކަން! ކަލޭ ޞާލިހަށް ސަނާކިޔާތީ މައްސަލަ ނުބަލަން ޞާލިޙް އޮތީ އަންގާފަ! އޭގެ ނަތީޖާއެއްގެގޮތުން ކަލޭ ސަލާމްތްކުރީ! ތިޔައީ ހަމަ ވަގެއް! އެ މައްސަލަވެސް އަދި ބެލޭނެ

    14
  5. ކަމަނަ

    ކޮއްބަލަ ކެރެންޔާ ވާގޮތެއް އެގިދާނެ

  6. އިކުރާމު

    އަވަހައް އެއަނބުރާ ހަވާލުކުރޭ އޭރުން ޕީޖީ މާފުދޭނެ .. މިހާކެމްޕެން ކާރިވެފައި ވަނިކޮށް އަވަހައް ގަދަބަސް ނުބުނެ ރައްޔިތުންގެ ކިބައިން މާފައްއެދޭ

  7. އިމާ

    އެމުޑިޕީ ކޮރަޕުސަނާ ވަައްކަމުގެ ހާއްޔަކައް ވެއްޖެ .. އަސްލު ހިފަހައްޓަމުން އައި ޕާޓީ ގެ އުސޫލުތައް ވެއްޔާ މޮޑޭވިެއްޖެ

  8. އަހްމަދުފުޅު

    މޫކޭ ނިމެނީ ނިމެނީ.ވަގުންއަށް އޮތީ ކުޑަ ގޮޅި.

  9. މާނަ

    ހަހަހަ ދެން ސަރުކާރުން ކަލެއާއިއެކު ހަދާނީ ޑީލްއެއް އެއަށްފަހު ކަލޭ ހުދުކާފޫރު ފެނުން ފެންވަރުވާފަ ސަރުކާރުންހަރަދުކޮށް ކަލޭ ބަލަހަށްޓާނެ މިއަދުގެސަސުކާރަކީ ކަރަޕުސަން ދަންނަ އޮޅުވާލަން ދަންނަ ލާދީނީންވެސް ގެންގުޅެންދަންނަ ސަރުކާރެއް.

  10. ގާސިމް

    ހުރިހާ ބާރެއް މޫކޭ އަތުގައި
    މިކަމާ ބެހޭ ވާހަކައެއް ދައްކާފިޔާ ދައުވާކުރާނެ