އަލަށް އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ފިކުރާއި ރާއްޖޭގެ އިސްލާމީ ފޭރާމާއި ނުގުޅޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުންތަކެއް އުފައްދާފައިވާ ޕާޓީއެކެެވެ. ދާދި ފަހުން އެމަނިކުފާނު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންޔަކެއްވެސް ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ.

އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު އެކި ރަށްރަށުގައި ކުރިއަށްދާއިރު، އަލީ ޒައީދު ވިދާޅުވީ، ޑިމޮކްރެޓްސް އިސްބޭފުޅުންނަކީ "ވެސްޓަރން މޮޑާން ލިބަރަލް" ފިކުރުތަކެއް ގެންގުޅޭ ބައެއް ކަމަށެވެ.

އަދި ރާއްޖޭގެ ހިންގުމާ ސިޔާދަތު ކަނޑައެޅުމުގައި މި ފިކުރުގެ އަހުލުވެރިން ބައިވެރިކޮށްގެން ކުރާ މަޝްވަރާތަކުން ހެވެއް ނުކުންނާނެ ކަމަކަށް ނުދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިސްލާމީ ފޭރާމާއި މިފިކުރު ނުގުޅޭ.". އޭނާގެ ޓްވީޓްގައި ވެއެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި އިއްޔެ އެމްއެންޕީއާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެ، އިދިކޮޅު ޕީޕީއެމް އާއި އެމްއާރުއެމްއާ އެކަމުގައި މަޝްވަރާ ކުރަން ތިން ޕާޓީގެ އިސް ބޭފުޅުން ވެސް އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ކަލ

    ކަލޭމެން ތިއުޅޭ ތޮއް އެއްމެ ގުޅެނީ. ނަމެއްގަ އިލްމް ވެރިން. އެކަމް މުނާފިގުން.

    47
    2
  2. ލައިލާ

    މީ މާ މަޝްހޫރުވަން އުޅޭ ސިޔާސީ މީހެތް އިބޫގެ ރަނިންމޭޓަށް ވާން ކަންނޭންގެ މިސޮރު މިއުޅެނީ ސީދާ ހަރުކަށި ފިކުރުގެ މީހަކާ ވައްތަރީ

    47
    3
  3. ތުއްތުނާ

    ކަލޭ ތިހުރީ އިސްލާމީ ފޭރާމާ ގުޅޭ ޕާޓީއަކާ ބައިއަތުހިފައިގެން ދޯ

    54
    2
  4. ހުންގާނު

    މިކަހަލަ މީހުނާ ހެދި މި ރާއްޖޭގަ އިސްލާމްދީން ހީނަރުވަމުންދަނީ. ނަސޭހަތްދޭންތިބި ދީނީތާޖުއެޅި މުނާފިގު މިކަހަލަ ގިނަ ޝައިހުންނޭކިޔާމީހުނާހެދި. ދީންވިއްކަ ކަނީ

    49
    1
  5. Anonymous

    ޝެއިހު ޝާފިއު މެން ވަރަށް ރަނގަޅު ނަސޭހަތް ދީ ޕޯސްޓުކުރާނެ އެކަމަކު މިކަހަލަ މުނާފިގުން ދިފާއުކުރުމުގަ އަވަދިނެތި އެތިބެނީ. އެހެން ތާ ވާނީ އިމުރާނު ގެ ތައްޕާހުން ވިއްޔާ އުޅެނީ. ފުލެޓާ އަނެކައްޗަކާ އެބަލިބޭ ވިއްޔާ ޝެއިހު އަނީލު ވެސް މިހާރު ކާރު ގެނެސް އެ ވިޔަފާރި ކުރަނީ ރަނގަޅަށް ވިއްޔާ މިހާރު ދެތިން ބިންވެސް ބަނޑުއަޅާފަ އޮންނާނީ

    30
    1
  6. ނިޔާ

    އެމްޑީޕީ ފިކުރަކާ ވެސް އިސްލާމީ އާދަތަކާ ނުގުޅެއި ޒައިދުމެންނަށް ދުނިޔަވީ މަނަފާތަކެއް ލިބޭތީ އެހެންމީހުންނާ ދިމާއަށް އިނގިލި ދިއްކުރަނީ ބޮޭތި ވައްކަން ތަކާ ފާހިޝް ޢަލުތަކަށްކުރާމީހުން ސަރުކާރުން އަޅާ ނުލައި ދޫކުރަމުން ދާއިރު ބަހެއްނުބުނެ އަޅާނުލާ ތިތިބެނީ ޤައުމު އަނދަވަޅަކަށް ވެއްޓެނީ

    42
  7. އހ

    ކަލ~މެންތީ ޝެއިހުންނޭ ބުނަންވެސް ލަދުގަނޭ ތިކަހަލަ މީހުންގެ ސަބަބުން މިރާއްޖޭގެ އިސްލާމީ އަޤީދާ ބަލިކަށިވަމުންމިދަނީ. ނަމޫނާދައްކަންތިބި މީހުން ތިއުޅެނީ ދުނިޔެއާއިހެދި ހޭބަލިވަމުން.

    41
  8. ކަނޑުވިއްކާޗޯރު

    ރާއްޖޭގެ އިސްލާމީ ފޭރާމާ ގުޅެނީ ސިއްކައާއިލަ މީހުން، ލޮލީ ޖާބިރު،ސަން ސިޔާމް، އަދި ބޮޑެތި ވަގުންނާ. ތިތިބީ އެ މީހުންނާއެކު ދީނުގަ ބާރަށް ހިފަހައްޓާ

    40
    1
  9. ފަހަރިކަލޭގެ

    އިސްލާމީ ފޭރާމަ ގުޅެނީ މޯދީ ހިންދުވުތާއިން މި ރާއްޖެ އަޅުވެތިކުރަމުންދާ އަދި އެކަން އެގިގެންނާއި ނޭގި ތިބި ގަމާރު ފިކުރުތޯ؟ ތި ގަމާރު ފިކުރުގެ ސަބަބުން ހުރިހާ ފޭރާމެއް ވަނީ ހަލާކުވެފައި. ދެން އަނެއްކާ އިސްލާމީ ފޭރާމަކީ ކޮބައިތޯ؟ ތި އަޅުއްވައިގެން ހުރި ތާކިހާ ތޯ؟ ނޫނީ ތުރކުރައްވާ ފޭރަންތޯ؟ ނޫން!! އިސްލާމީ ފޭރަމަކީ އައުރަ ނިވާވާ ފޭރަން. އެހިސާބުން އެކަން އެ ނިމުނީ ދެން ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ! ދެންހުރި ރިވެތި އަހްލާގާ ތަރއްގީއާ ކުރިއެރުމުގެ ފޭރަން ތިޔަ ގަމާރު ފިކުރުގެ ސަބަބުން މިވަނީ ވީދި ސުންނާފަތި ވެފައި

    25
    1
  10. އިބުރާހީމް

    ހަސަދަ ވެރިކަމަކީ ނުރައްކާތެރި ބިރުވެރި ކަމެއް. ވަކިމީހަކަށް ހަސަދަވެރި ވުމަކީ ނުވަތަ އެހެން މީހަކަށް އެއްޗެއް ނޫނީ ކަމެއް ލިބިދާނެތީ ހަސަދަވެރި ވަނީ ކޮން ވިސްނުމެއްގާބާ؟

    ކުރިން މުޙައްމަދު ނަޝީދު އުޅުއްވި ޕާޓީން ފާޅުގާ ކިތަންމެ ވަރަކަށް ދައުލަތުގެ ފައިސާ ނުހަމަ ގޮތުގާ ނުވަތަ ވަގައް ބޭނުން ކުރިއަށް މިހާރު ވަރަށް މަތިވެރި އެޕާޓީ، އެއީ މުޙައްމަދު ނަޝީދު އެޕާޓީން ވަކިވުން.

    ދާދި އިހަކައްދުވަހަކު އުފެއްދި އަދި ހިގައި ގަންނަންވެސް ނުފަށާ ޕާޓީފެ ފޭރާން ނުގުޅޭ. އެއަށް ހަސަދަވެރިކަން ނޫނީ ކީކޭ ކިޔާނީ!

    23
  11. Anonymous

    މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ކޮން މަޝްހޫރެއްވާނީ. ޙަދީޘް ދަރަޖަ ކުރާކަށް ނޭނގޭ. ދެރަނިކަމެއްޗަކު ރަނގަޅު ވާހަކައެއް ބުނެ ނަސޭހަތެއްދީފިއްޔާ ގަބޫލުކުރާކަށް ނުކެރޭ ، ދެން ކޮން މަޝްހޫރެއް. ދެ ލާރިއަށް ވިކޭ ޝެއިހުން މަސްހޫރުވާނެތާދޯ

    34
  12. ގުބެޜާ

    ކަލެއަށް މާދެންއެނގެނީ

    20
  13. Anonymous

    އިޔާޒު އާއި އާއިލާގެ ބަޔަކަށްވެސް ހުޅުމާލެ އިން ބިން ދީފި. އިސްލާމީ ފޭރާން ވަރުގަދަކަމުންނޯ

    32
    • އައްޔަ

      މަށަށް އަދި ކިރިޔާ އެ އެނގުނީ އިޔާޒަށް ގޯތި ލިބުނު ސަބަބު!

  14. ޙސހސ

    ޢިސްލާމް ދީނޭ ކިޔާފަ އަނގަހުޅުވަން ތާކިހާބެ ލަދުނުގަނޭދޯ ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅު ހަރަކާތްތަކަށް ފުރުސަތު ދިނީ ކަލޭ ބަޔަތު ހިފައިގެން ތިބި ވެރީން. ލަދުހަޔާން ނުގަނޭދޯ އަނގަހުޅުވާން.

    31
  15. ހަގީގަތް

    އިބޫ ސޯލިހު އާވެސް ހަމަ ތިހެން

    26
  16. ޢަލީ

    މިރާއްޖެއާއި ތިޔަކަހަލަ ކޮސް ސޭކު މީހުން ނުގުޅޭނެ! ދިވެހިންނަކީ ޝޭޚުންނަށް ވަރަށް ގަދަރު ކުރާ ބައެއް! އެކަމު ޝޭޚުން ކަމަށް ހެދިގެން ފިތުނަ އުފައްދާ ބައެއް ކަންތައް އެކަނި ފެންނަ މީހުންގެ ސަބަބުން ޝޭޚުންނަށް ކުރާ ޤަދަރުވެސް ގެއްލިގެންދަނީ ތިޔަކަހަލަ ތަނެއް ދޮރެއް ނޭގޭ ސޭކުންގެ ސަބަބުން!

    22
  17. Anonymous

    ކަލޭމެންގެ އަހުލާގާއި ސުލޫކާއި ބަސްމަގު އިސްލާމީ ރިވެތި ފޭރާމާއި ގުޅޭބާ؟.

    26
  18. ލަގން

    މަވެސް މާލޭން ބިންލިބުނު ނަމަ ތިހެްނ ބުނާނެ..

    22
  19. އިކުރާމު

    ވެރިކަމުގެ ކުރީކޮޅޫގަ ތިހެން ބުނަން ނުކެރުނީ ކީއްވެ އޭރު އެއީ ހަމަ އެމުޑީޕީ އެބަޔަކާ ގުޅިގެން އުޅޫނީ

    23
  20. އަދުހަމު

    ރައީސް ބުނާވާހަަކަ އަޑޫނާހާ އަދިވެސް ހަސަދަވެރިކަން މިއިސްކުރަނީ

    22
  21. ލިކާ

    ޗޯރުން ނަާ އެކުތިއުޅޭނީ ކީއްވެ ދެން

    25
  22. ކަޅުބެ

    ޒައިދުއާ އިޔާޒުއާ ދެމީހުންނަކީ ސިޔާސީ ދެކޫޑިން.އިޔާޒު އަންހެނުންނަ ދެކުދިންނަށް ގޯތި ލިބުނީމާ އެވާހަކައެއް ނުދައްކާ.އިންސާފުން ބެރުން ކިތައް މީހުންނަށް ގޯތި ދިންކަން މި ދެ ލުއްޗާއަށް އެގެތަ؟

    24
    1
  23. ސސސ

    ކަލޭ ދައްކާ ވާހަކަ ބުޅާވެސް ގަބޫލު ނުކުރާނެ....2023 ޔާމީން..އިންޝާﷲ....

    24
    1
  24. އާދަނު

    ކަލޭގެ ތިޔަހުރި ދެފުށްދެގޮތް ފިކުރު އިސްލާމްދީނަކާ ނުގުޅޭ!

    10
  25. އިޔާޒް

    މީ ދީންދަންނަކަމަން ހެދިގެން ހުރި ޖާހިލެއް ލާރިކޮޅަކަން ވިކޭ ޝޭޚްއެއް މިމީހުން ދައްކާ ވާހަކަ އަހާނީ އެކަހަލަ ޖާހިލުން

  26. ސަރަފަކައްދަ

    ސޭޙޫ! ގުލެނީ ކޯޗަކާތޯ! ފައިސާ ދީފިއްޔާ އިބަމެނަށް އޯކޭވާނެ ދޮތަ ކެސިނޯ އަލަންވެސް. ސޭޙޫ! ފައިސާ އަށް ދީން ވިއްކާލުން ޙަލާލުދޮތަ!

  27. Anonymous

    ދީނީ ޢިލްމުވެރިއަކަށް ވިޔަސް ސިޔާސަތު އެނގިލައްވާނެ. ދީނާއި ސިޔާސަތަކީ ވަކިނުކުރެވޭނެ ދެއެތި. ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމް އާއި ޚުލަފާއުއް ރާޝިދޫން ވަނީ ސިޔާސީގޮތުން ލާމަސީލު މުޖުތަމަޢެއް މަދީނާގައި ޤާއިމްކުރައްވާފައި. ދީނީ ޢިލްމުވެރިއަކަސް ސިޔާސީގޮތުން އޭނާގެ ޝުޢޫރު ހާމަކުރެވޭނެ. އިލްމުވެރިއަކު މިފަދަ ޝުޢޫރެއް ހަމަ ފާޅުކުރައްވާއިރަށް އެ އާއި ދެކޮޅަށް މަލާމާތްކޮށް ފުރައްސާރަކޮށް، ބާޒާރީ ބަހުރުވައިން ޚިޔާލުގޮޅި ފުރާލީމާ ދީން ކިޔަވައިގެން ތިބި ހުރިހާ ޢިލްމުވެރިންގެ އަގު ވައްޓާލެވެނީ. ރައްޔިތުންނާއި ޢިލްމުވެރިންނާ ޖެއްސުމަކީ އެންމެ ބޮޑުވެގެންވާ ހަރުކަށި ފިކުރު.

    3
    3
    • Anonymous

      ޗަކޮއި ތިހެން ބުނާއިރު ހީވަނީ ސޭހުމެން ބައިއަތު ހިފައިގެން އެތިބީ ހުލަފާއުއްރާޝިދޫންއާހެން ދޯ
      ދީނާސިޔާސަތާ ވަކިނުކުރެވޭނެއެކޭ ބަޔަކު އެބަކިޔާތަ؟މި ކިޔަނީ ދީނީ ތާޖުއަޅައިގެން އުޅޭ ލާރިއަށް ވިކޭ ސޭހުންގެ ނުބައިކަމުގެ ވާހަކަ. ރައްޔަތުން ނޫޅޭ ޙަޤީޤަތް ނޭނގިގެން. ވަރަށް ސަލާން.

      • ޗަކޮއަށް

        އޭ ޗަކޮއި ބުނަން ރަނގަޅު ވާހަކައެއް. ދީނުގެ ގަވާއިދަކީ ތުހުމަތެއްގެ ސަބަބުން މީހަކު ކުށްވެރިއެއް ނުވާނެ ސާބިތު ނުވާހާ ހިނދަކު. ޗަކޮއިގެ ދުލުން ބޭރުކުރާ ކޮންމެ ބަހަކަށް މާދަމާ ﷲ ގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ. ޝައިޚް ޒައިދު ލާރިއަށް ވިކުނުކަމުގެ ހެކި ދައްކާ. ދަލީލާއެކު. ޗަހެން ކޮންމެހެން ދީނީ ޢިލްމުވެރިންގެ އަގުވައްޓާލަން އުޅޭނެކަމެއް ނެތް. ޗަކަހަލަ މީހުންނާހެދި މުޅި ޤައުމު ހަލާކުވެ ޚަރާބުވަމުން މިދަނީ

        • ދަރުބާރު

          މީގަ ބުނެފައެއޮތީ ލާރިއަށް ވިކޭ ސޭކުންގެ ވާހަކަ،އެއީ ކޮންބައެއްކަން ނޭނގިގެން ބަޔަކު ނޫޅޭ. ވަކި މީހެކޭ ބުނެފައެއްނެތް. ޗަކަހަލަ މީހުން ފަހުމުވާން އެބަޖެހޭ. ގައުމު ހަރާބުވަމުން ދަނީ ތިކަހަލަ ވަކި ބައެއް ދިފާއުކުރަމުންދުވާ މުނާފިގުންނާހުރެ.

    • ޔުނި

      ތިމަމެނައް އުޅެވޭ ވައްތަރު ނިކަން އެކަނި ތަނެއްގަ ތިބެ ވިސްނާލާ. ހިޔާލުގޮޅީގަ ހުންނަ އެއްޗެހި އެއީ ތިމާމެނައް އުޅެވޭ ވައްތަރުން ލިޔެވޭ އެއްޗެއް. މިއީ ޒާތީ ހަސަދަވެރިކަމެއްނޫން. ދީނާއި ގައުމަށްޓަކާ ކުރެވޭ ކަމެއް. ފުރަތަމަ ތިމާމެން ދީން ކިޔަވައިގެން އައިސް ލާރިފޮއްޗަކަށް ވިކުނީމަ ތިދެއްކެނީ މާރީތި ނަމޫނާއެއްތަ؟

    • Anonymous

      ކިހާ ލާމަސީލު ނަމޫނާއެއްތަ ޖަހާލަތުޕާޓީއަށް ގާއިމުކުރެވުނީ؟ މުދަލާއި ފައިސާއާއި މަގާމު ލިބުނީ ކިހިނެތްތަ؟

  28. އެއްކަލަ މީހާ

    ބަލަ ދި ޑިމޮރެޓްސްގެ ފިކުރާ އިސްލާމި ފިކުރާ ނުގުޅޭނީ ދިވެހިބަސްވެސް ނުކިޔަވާ ހުރި ޖާހިލެއް. ފިކުރު ނުގުޅޭނީ ފޭރާމަކާ ނޫން. ޖާހިލުކަމާ މުނާފިގުކަމާ އަމިއްލަ އެދުން ބޮޑުވީމަ ވާނެ ތިހެން.

  29. ދިޔާޒު

    އެންޑީޕީ ފިކުރަނީ ސީދާ ގުރުއާނާ ސުންނަތް. ދެން ލަލަލާ

  30. ×ޖެ ދިު

    އިސްލާމީ ފޭރާމާއި ގުޅޭ ބަޔަކު ދައްކަބަލަ!!! ބޯވަ އަދާލަތު ޕާރޓީތަ؟؟

  31. ލިކާ

    ހަދީސްސާ ބޭހޭގޮތުން ދޮގުހަދާ ބަޔަކައް ވުރެ މނުބާބެއެއްނުވާނެ

  32. އަހުމަދު މުހައްމަދު

    ކަލޭ ތީ ކާކު ޑިމޮކްރެޓްސް އަށް ފާޑު ކިޔަން. ދީނީ އިލްމްވެރިންނަކީ ސިޔާސީ ބައެއް ނޫން. ރާއްޖޭގަ އޮތް ތިމާ ނުރުހޭ ކޮންމެ މީހަކު ކާފަރަކަށް ހެދުމަކީ ދީނީ އިލްމްވެރިން އުޅުއްވާ ގޮތެއް ނޫން.

  33. ޕޮގުބާ

    ދެކޮޅު ނުޖެހޭ މުނާފިގެއް