އިދިކޮޅު ޕީޕީއެމް/ޕީއެންސީ މިއަދު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ނޫސްވެރިންނަށް ހަމަލާދިން ފުލުސް މީހާ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަން ރާއްޖޭގެ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި ފޮޓޯގްރާޕަރުން އެތަނުގައި ތިބި އިރު، ފުލުހުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅާފައެވެ.
ނޫސްވެރިންނަށް ތަކުރާރުކޮށް ހުރަސް އެޅުމަށްފަހު ފުލުހުން ވަނީ އެންމެ ފަހުން ނޫސްވެރިންނަށް އަނިޔާ ދޭން ފަށާފައެވެ. އެގޮތުން އެތަނުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ކޮށްޕައި ބިންމައްޗަށް އެތަނުގައި ހުރި ފުލުހަކު ވަނީ ވައްޓާލާފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާއި މެދު އަމަލު ކުރި ގޮތް ބަލަމުން އަންނަ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އެ ފުލުސް މީހާއާއި މެދު ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރުމުން ސީޕީ ހަމީދު "ވަގުތު" އަށް ވިދާޅުވީ، އެ މީހާ އަދާ ކުރަމުންދިޔަ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރު ކޮށްފައިވާ ކަމަށެވެ.
ތި ނިމުނީނު އަނިޔާ ލިބުނު މީހާ އުމުރުދުވަހަށް އެކަމުގެ ވޭނުގެ ފުލުސްމީހާ އަށް ނަސޭހަތްދީފަ އަބުރާވަޒީފާ އަށް މި ހާރު މި މީހުބްވެއްޖެ ވެރިން ހިމާޔަތްކުރާ ރައްޔިތުންނަށް އަނިޔާކުރާ ޖައްބާރުން ތަކަކަށް އެއްވެސް އިހްތިޜާމެއް ނެތް ގޮތްކުޑަ ބައެއް ކޮންމެ މަގާމެއްގަ ހުރެގެންވެސް މީހަކަށް އަނިޔާކޮށްފި މީހަކު އެކަން ދެކޭނެ
ފޭކު ވާހަކައެއް! އޭނާއަށް ޕްރޮމޯޝަން ދޭނީ! ތިޔަ ފުލުހުން ދައްކާ ވާހަކަ ބުޅާ ވެސް ޤަބޫލު ނުކުރާނެ!
މަތި އޮމާން ކުރުމަށްތޯ ތިޔަ ސަސްފެންކުރީ..
ތިކުޅޭއެޕިސޯޑް ތައްކުޅެން ދެންއޮތީ މަދުދުވަސްކޮޅެއް.
އެއީ ކޮން މީހެއް!
ތިޔައީ ދަޅަދެއްކުމެއް އެމީހާކުރި މޮޅުކަންކަމުގެ އަގު ވަޒަންކޮށް އަރާމުކުރުމަށް ޗުއްޓީއެއްދިނީ ދެތިން ދުވަސް ފަހުން އެވާހަތައް ހަނދާނެއްނުގ=ހުންނާނެ ތިޔަ ބައިގަނޑު ހިންގާ ޖަރީމާ ވަރަށްގާތުން އެބަފެނޭޭ
ވަކިވަކި ފުލުހުން ނަށް އަދަބު ދިނުން ތިގޯސް
ދިމާވާ ކަންކަމުން ޒިންމާ ނަގަން ޖެހޭނީ ސާވިސް އިން
ތިގޮތަށް ކަން ކުރުމުން ގޯސްކޮށް ކަމެއް ކުރެވޭނެތީ ފަސްޖެހޭނެ
ފުޅުހުން ނުޖެހޭ އާމްރައްޔިތުން ގަޔައް އައްލާކައް މީސްމީހުންގެ މައިން ގަޔައްއަތްލާކައް މުޒާހަރާކުރުމަކީ މަނާކަމެއްނޫން އެފުލުހުންވެސް ނޭދޭނެދޯ އެމީހުންގެ މައިން އަނބިން އަދި ދަރިންގަޔައް އެހެން ބަޔަކު އަތްލާކައް ތިތަމިހާރުގޯސްވަނީ ދެއްތޯ
އެއޮޕަރޭޝަން ކޮމާންޑަރ ޖެހޭނީ ސަސްޕެންޑްކުރަން ، ވެރިކަން ދިފާކުރަން ނިކަމެތި ފުލުހުންނާއި ސިފައިން ޤުރުބާން ކުރުން ގޯސް
އެނިކަމެތި ފުލުސްމީހާ ސަސްޕެންށުކުރީ އެކަންކުރަން އަމުރުކުރި ވެރިން ފިނިކޮޓަރީގައި