ށ. ނަރުދޫގެ ހުރިހާ ކައުންސިލަރުން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިއްޖެ އެވެ.

މީގެ ކުރިން އެ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވީ އައިޝަތު މަޒާ އެވެ. ބާކީ ތިއްބެވި ހަތަރު ކައުންސިލަރުން ތިއްބެވީ ޖުމްހޫރީ ޕާޓީގަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންއަށް މިއަދު ނަރުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ހަތަރު ކައުންސިލަރުން ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.

އެހެންކަމުން ނަރުދޫގެ ކައުންސިލްގެ ހުރިހާ މެމްބަރަކުންނަކީ މިހާރު އެމްޑީޕީގެ ބޭފުޅުން ނެވެ،

އެ ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެވެ.

އެ ބޭފުޅުންގެ އިތުރުން ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ މެމްބަރަކު ވެސް މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންއަށް ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް ކައުންސިލަރުން ދަނީ އެމްޑީޕީއާ ގުޅެމުން ނެވެ. ހަމަ އެހެންމެ އެމްޑީޕީގެ ބައެއް ކައުންސިލަރުން ދަނީ ޑިމޮކްރެޓްސްއާ ވެސް ގުޅެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އހ

    ޖުމްހޫރީ ޕާޓީއަކީ އެއްވެސް ގެރެންޓީ އޮންނަބައެއްނޫން އެއީ މީހުން ޓްރާންސިޓް ވާން ހުންނަ ޕާޓީއެއް

  2. ނަރުބަކުރު

    މިތިބީތަ ޗޯރޭ ދިޔާމަ ނިކުތް މީހުންކޮޅަކީ😂

    9
    1
  3. ޙިންނަބެ

    ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގައި ވަރަށް ފުންކޮށް ވިސްނެވުމަށް ރައީސް މިއަދު އިލްތިމާސް ކުރެއްވިއެވެ. ރައްޔިތުންނޭ ރަގަޅަށްވިސްނާތި

    9
    1
  4. ކަމަނަ

    ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގައި
    ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރައް މުޅީން

    13
    1
  5. ގެމަނަ

    ހެހެހެ ވޯޓުއަޅާދުވަހު ބަދަލުވާނަން މިހާރު މިގޮތް ފަހުން އެގޮތް.