އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި މިދިޔަ މަހު އެކަނި ވެސް 16 ބަލި މީހުން އުފުލައިފިއެވެ.

މިއީ އެއް މަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި ބަލި މީހުން އުފުލި ފަހަރެވެ.

އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓުގައި ބަލި މީހަކު އުފުލަނީ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ގެއްލިގެން އުޅޭ މީހުން ހޯދުމަށް އޮޕަރޭޝަންތައް ހިންގުމަށާއި ހާލު ބޮޑު ބަލި މީހުން އުފުލުމަށް އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭނުން ކުރެއެވެ. އެގޮތުން ޑޯނިއާ މަތިންދާ ބޯޓު އޮންނަނީ ހދ. ހަނިމާދޫގައެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ލ. ކައްދޫގައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫ ސިޓީގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު، އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި 500 އާ ގާތް ކުރާ އަދަދަކަށް ބަލި މީހުން ވަނީ އުފުލައިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު 82 ބަލި މީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުތަކުގައި އުފުލާފައިވެއެވެ. އޭގެ ފަހުން 2020 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރު 57 ބަލި މީހަކު އުފުލުމަށް ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. ޖެހިގެން އައި 2021 ވަނަ އަހަރު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގައި 109 ބަލި މީހަކު އުފުލާފައިވެއެވެ.

މިދިޔަ އަހަރު 140 ބަލި މީހަކު އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަފޫ

    މޮހަނަށް ދީފަ އޮތް އޮޑީގަ ދޯ؟

  2. އައްޑޫ މީހާ

    ބަލިމީހުން އުފުލަން ނުޖެހުނީސް ރާއްޖޭގެ ކޮންމެ އަތޮޅެއްގަވެސް މާލެ ފެންވަރުގެ ސިއްޚީ ޚިދުމަތް ގާއިމްކުރިނަމަ. ރަށަކުން މީހަކު ހޭނެތުނަސް ގެންދަން މިޖެހެނީ ތިބުނާ މާލެއަށް.

  3. އއ

    ބިދޭސީ ސިފައިން އައުޓް.