(ދ. ބަނޑިދޫ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށަށް ވަޑައިގެންނެވި އިރު، ރަށުގައި ވަރަށް ދިގު ސަފެއް ދަމާލާފައި އޮތެވެ. ކުދިބޮޑު ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ބަނދަރު ކައިރިއަށް އެއްވިއެވެ. ދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެމަނިކުފާނަށް އެންމެ ހޫނު މަރުހަބާއެއް ދެންނެވީ މި ރަށުންނެވެ.

ރައީސް މި ރަށަށް ފައިބައިވަޑައިގަތުމާ އެކު، ބަނޑިދޫގެ ގިނަ އަދަދެއްގެ ޒުވާން އަންހެނުން ބައިވެރިވެގެން ލަވައެއް ހުށަހަޅައި ދިނެވެ. ރައީސްއާ އެކުގައި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޓީމަށް އެ ހުށަހެޅުން ވަރަށް ކަމު ދިޔަ ތަން ފެނުނެވެ. ބަނޑިދޫ ރައްޔިތުންގެ މޫނުތަކުން ފެނުނީ އުފާވެރިކަމެވެ.

ރައީސް ސޯލިހް މިއަދު ދ. ބަނޑިދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވެސް އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ ބަނޑިދު އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ދެންނެވި ހޫނު މަރުހަބާއެވެ. ރައީސް ވިދާޅުވީ ބަނދަރު މަތިން ފެނުނު މަންޒަރާއި ޖަލްސާ އިން ފެނުނު މަންޒަރުން މި ރަށް އޮތް ގޮތް ސާފުވާ ކަމަށެވެ.

"ބަނޑިދޫ މިއޮތީ އެމްޑީއޭ އާ އެކީގައި. އެމްޑީޕީއާ އެކުގައި. އަދާލަތު ޕާޓީއާ އެކުގައި." އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ދ. ބަނޑިދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ދ. އަތޮޅުގެ ރަށްތަކުން ފެންނަނީ ދ. މީދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ސިޔާމް ބާއްވަވާ ގާތް ގުޅުން ކަމަށެވެ. ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ކޮންމެ ރަށެއްގައި ވެސް ލިސްޓް ކުރެވިފައި ހުރިއިރު، ދާއިރާގެ ރައްޔިތުންނަށް ސިޔާމް ކޮށްދެއްވާ ކަންކަމަށް ރައީސް ޝުކުރު ދެންނެވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެތައް އަސާސީ ހިދުމަތްތަކެއް އެއް ފަހަރާ ފަށައިގެން ކުރިއަށް ގެންގޮސް ނިންމަމުންދާ ކަމަށެވެ. އެހެންކަމުން މި ސަރުކާރު ބަދަލުވެއްޖެ ނަމަ، ހުރިހާ ކަމެއް ހުއްޓުމަކަށް އައިސް އެންމެން ގެންގޮސް އެއް ތަނަކަށް ޖަމާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ދ. ބަނޑިދޫގައި. --- ފޮޓޯ: އެމްޑީޕީ

"މުޅި ރާއްޖޭގެ ރަށްތަކުގެ މަތިން ހަނދާން ނައްތާލާނެ. އަޅުގަނޑު މި ދެންނެވީ އޭގެ ކުޑަކުޑަ މިސާލެއް. އަޅުގަނޑުމެން އައިސް 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަން ފައްޓަން ޖެހުނީ އެ ސަބަބާ ހުރެ. 150 ރަށުގެ އިންޖީނުގޭގައި ކަރަންޓުގެ ހިދުމަތް ދޭން ފަށަން ޖެހުނީ މިއިން އެއްވެސް ރަށަކާ ދޭތެރޭގައި އަޅާނުލާ އޮތީމަ. 152 ރަށުގެ ބަނދަރާއި ލަފާފުރުން ހައްލު ކުރަން ޖެހުނީ އެއްގޮތަކަށް ވެސް އަޅާނުލާ އޮތީމަ.ނަމަވެސް މިއަދު އެ ދަނީ އެކަން ބަދަލުވަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އަމާޒަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ހަމަހަމަކަމާ އެކީގައި ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި މަސައްކަތް ނިންމާލާނީ ތަފާތު ކުރުމެއް ނެތި ހުރިހާ ހިދުމަތްތަކެއް ރަށްރަށުގައި ގާއިމުކޮށްދީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ދ. ބަނޑިދޫގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ދައުރުގައި އައިސް ޕްލާންޓެއް ބަހައްޓައި، ސްކޫލަށް ބޭނުންވެފައި ހުރި ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ބަނޑިދޫ އަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް:

ކުނި މެނޭޖް ކުރުމަށް ބޮޑު މަޝްރޫއެއް ހިންގަން، މި ރަށް ހިމެނޭނެ.
އިންޖީނުގޭގެ އާ އިމާރާތް ކުރިއަށް އޮތް ދައުރުގައި އަޅައި ދޭނަން.
ރަށުގެ ބިން އިތުރުކޮށްދޭނަން.
ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނަން.
ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރުމަށް އާ އިމާރާތެއް އަޅައި ދޭނަން.
އެއާޕޯޓެއް އެޅުމާ މެދުގައި ވިސްނާނަން.
ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ ދަތިކަމަށް ހައްލު ގެނެސް ދޭނަން.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފަހަރި

    ތީ ދަރަނި ބޮލެއް.ޗޯރެއް.ވޯޓެއް ނުދޭނަނަން.

    30
    3
  2. ވިސްނާ

    ބަނޑިދޫގައި އެއަރޕޯރޓް އަޅާ ދޭނަމޯ؟ފަޅުހިއްކައިގެންނޯ

    21
    4
  3. ހަގީގަތް

    ތީ ހިޔާލީ ފޮލާ

    28
    1
  4. ސައީދޫ

    ބަނޑިދޫ ޒުވާނުން ނަށަން ތިބީ ރައްދަކަ އަވީގަ ހުސްފަޔާ

    20
    1
  5. ސޭހެއް

    އިމްރާނު ވަރައްދެރަވެފަ އަހަރެންގާތު ބުނީ ސިޔާމް ތިމަންނަ ކަޓުވާލިއްޔޯ އެދަތުރު.😁😁😁😁😁ބާރައް😁😁😁ވަރައްދާހިއްވޭ😁😁😁ދެންދަމުން މަ ކޮނޑުގަ އައްޖައްސާލާފަ ބުނީ ރީތި ކުދިންތިބިރަށެކޭ ޒޫމް ކޮއް ވެސް ބެލޭފޮޓޯތަކައް😍 ދެންދަނީޔޭ އެތާތިބިބާވަރު މީހުންވެސް އަހާބަލަ😁😁😁😁😁

    12
  6. ޑައެލޯގް

    ތިަޔަތަންތަނުން ވޯތެއްނުދޭނެއެވެ. ޝިޔާމުގެ ތާއިދު އޮތަސް ޝިޔާމު ކާލޭމެނާ ގުޅުނުފަހުން އެމީހުންބުނީ ވޯތެއްނުދޭނަމެވެ.

    16
  7. ހުސޭނުބޭ

    ގިނައީ ކުރީ ސަރުކާރުގެ މަސައްކަތްތައް! އަދި ކިރިޔާ ރިބަންކަނޑާލެވުނީ!

    21
    2
  8. ރޯޅި

    ޞާލިޙު ދޭ ޔަގީން ކަމަކީ ހިތިކަރުނަ

    11
    1
  9. ބޭރި

    ޥޯޓުން ކަލޭ ބަނޑި ކޮށްލާނަން.

    8
    1
  10. Anonymous

    މަނިކުފާނު ދެއްވައިފިއްޔާ ހިފާނަމޭ ބުނާ އުސޫލު.
    ތަރައްޤީގެ މަފްހޫމް ނޭނގުން.

  11. ޙެހެހ

    ފައިސާ ދިނިއްޔާ މަވެސް ދާނަން ނަށާލަދޭން ، އެއީ ތާއީދެއްނޫން ، އިބޫއަށް ކެރެންޏާ ތި ކެމްޕޭންއަށް އިންޑިއާއިން ދިން ޑޮލަރުގެ އަދަދު ބުނަން ކެރޭނެބާ

    9
    1
  12. Anonymous

    މޮޔަ ހައްދައިގެން ވޯޓް ހޯދާ ދިވެހިން ވަރަށް ފަސޭހައިން މޮޔަ ހެދޭނެ.