(ގދ. ވާދޫ) މި ރަށުގައި 100 އެނދުގެ ސިޓީ ހޮޓަލަކާ 9 ކަމެއް ފުއްދަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފިއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލަކީ ވާދޫއެވެ. ވާދޫ އަށް ވަޑައިގެން އެމަނިކުފާނު ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ އިދާރާއެއް އެޅުމާއި ސްކޫލަށް ބޭނުންވާ އެޑްމިން ބިލްޑިން އާއި ސިއްހީ މަރުކަޒަށް ބޭނުންވާ އެޑްމިން ބްލޮކްތައް އިތުރުކޮށް ދިނުމެވެ.

ރައީސް ސޯލިހް މިއަދު ގދ. ވާދޫގައި ރާޒުވާ ކުޅުއްވަނީ. --- ފޮޓޯ: އެމްޑީޕީ

މީގެއިތުރުން ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ޕްލޭންކޮށްފައިވާ އިރު، ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ ކޮމްޕްލެކްސް ވެސް ފުރިހަމަކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމު ނިމުމުން ދެން އޮންނާނީ މަގުތައް ހެދުމެވެ. ރައީސް ސޯލިހް ވަނީ އެ ރަށުގެ ބޮޑެތި މަގުތައް ތަރައްގީކޮށް ދެއްވުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.

ހަމައެއާއެކު، ފަތާ ފެންގަނޑެއް ހަދައި، ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރޯހައުސް އާއި ފްލެޓު ވެސް ރަށުގައި އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ރަށަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ދައުރުގައި ވާދޫގައި ކުރަން ނިންމި އެއް ކަމަކީ ގޭސް ޕާންޓެއް އެޅުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު، ސިޔާސަތަށް އައި ބަދަލަކާ ގުޅިގެން އެކަން ނުކުރައްވަން ނިންމެވީ އަތޮޅުގެ ގދ. ތިނަދޫގައި އެ މަސައްކަތް ކުރާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ގދ. ވާދޫގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

އޭގެ ސަބަބުން މުޅި އަތޮޅަށް އޭގެ ފައިދާ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދޫގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ ރައްޔިތުން ތިބީ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށް ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަފާތު ވައުދުތައް ވާނެ ބޭފުޅުން އަދި ވަޑައިގަންނަވާނެ. އެއާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަންވާނެ. ވައުދެއްވެ، ވައުދު ފުއްދުނީ ކޮން ބަޔަކަށްތޯ އެއީ ތިޔަބޭފުޅުން މިނެ ކިރާލަން ޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވައުދުބެ

    ހހަާ.ވިސްމައިފިން.ތިއީ ދޮގުވެރިއެއް.ވައުދުވެފައި ވައުދު ނުފުއްދާ ބޭފުޅެއް

  2. ކޮމާކޯޅި

    އައްޑުއަށް ވައުދުވު 8000 އެނދު ކޮބާހޭ؟

  3. ގަލަން

    ތިޔަގޮތައް ސިޓީހޮޓާ އެޅީމަ އިންޑިޔާބަޔަކައް ފައިދާވާނީ ވަޒީފާދޭނީ ބޭރުމީހުންނައް ބޭކާރުކަމެއް ތިޔައީ ދިވެހިންނަކައްނެތް ފައިސާފޮއްޗެއްވެސް ލިބޭކައް ތިޔައަޅާ ސިޓީހޮޓަލުން

  4. އަދުހަމު

    9 ވައުދު ވިއްޔާ 8 ވައުދު ނުފުެުއްދާނެ

  5. ނަމަ

    އަބަދު ވެސް 100 ދުވަސް،100 އެދު،100ފަރު މަސް އެކަމަކު ވާކަމެއް ނޯވޭ ވެރިކަން ލިބުނީމަ ކުރިން ބުނި އެތި ކެންސަލް ނޫނީ އަނގަ އޮޅިގެން ބުނެވުނީ

  6. ޗަކޮެއެގެއެދު

    މިހާރު ދިވެހިރާއްޖޭގަ މިއޮތީ ހަމަ ފުރިހަމަ ޑިކްޓޭޓަރޝިޕް އެއް.

    5
    1
  7. ކިނބި

    އަންނަ ދައުރުގަ ދޯ.
    ފުލެޓް ވެސް
    ގޯތި ވެސް

  8. ނޫސްވެރިޔާ

    ފަހަރި ތާސް ކުޅުއްވަމުތޯ؟