ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ.އައިޝަތު ރަފިއްޔާ އެއްވެސް ލަދުވެތި ކަމެއްނެތި އައުގުރާނަ ގޮވައިފިއެވެ.

ރަފިއްޔާ ޖަލްސާގައި ވާހަކަދައްކަވަމުން ހުތުރު ބަހެއް ބޭނުން ކުރެއްވި ނަމަވެސް ރައީސް ސޯލިހު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ތިއްބެވީ އެކަމާ ސާބަސް ދީ އަތްތިލަބަޑި ޖަހާށެވެ. މިމައްސަލަ ހޫނުވެ ސަރުކާރަށާއި އެމްޑީޕީއަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ލަދުވެތި ކަމެއް ނެތި ބޭއަދަބީ ބަސްތައް ބޭނުން ކުރުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އޭނާ އެކަމާއި ގުޅިގެން މާފަށް އެދިފައެއް ނުވެއެވެ.

ރަފިއްޔާ ވަނީ ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތައް ހުރީ ހަތަރު ފަރާތުން ރާޅު ވަންނަ ގޮތަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސްކަން ކުރެއްވި ބޭފުޅަކު މާލޭގައި ފެންފޯއް ރުއް އިންދި ކަމަށާއި ނަމަވެސް ފެން ފޯ ރުއް އިންދުމުން ދެން ޖެހޭނީ އެވެނި ގޮތެކޭ ވިދާޅުވެ ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކެވިއެވެ.

ރައީސް ސޯލިހު އާއި މިނިސްޓަރުންގެ އިތުރުން އެމަނިކުފާނުގެ ކެމްޕެއިން ޓީމް އަދި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާއެގައި ޕޯޑިޔަމަށް އަރާހުރެ ރަފިއްޔާ ފާޅުގައި އައުގުރާނަ ގޮވަމުންދިޔައިރުވެސް ރައީސް ސޯލިހު އިންނެވީ ހިނިފުޅުވަޑުވައިގެންނެވެ.

ދިވެހިރާއްޖެ ކަހަލަ މުސްލިމް ޤައުމެއްގައި އަދަބެއް އަޚުލާގެއް ނެތި ފާޅުގައި އައުގުރާނަ ގޮވަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ދަނީ ބުނަމުންނެވެ. އަދާލަތުގެ އެކްޓިވިސްޓް ދީނީ އިލްމުވެރިޔާ ޒައިދުވެސް ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި އެފަދަ ފަރާތްތައް ޕޯޑިޔަމްތަކަށް ނޭރުވުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޢަލިފްަަަ

    2023 ރ.ޔާމީން

    77
    8
  2. މޭޖަރ.......

    ޢެއީ ޝިޔާމު ބުނާ ލާދީނީ ސިފަ ނެތް ސިފަ.

    51
    2
    • ަސދަސދދ

      އިސްލާމީ ގައުމެއްގައި ހުތުރުކަން ބޮޑީ އެއްޖިންސުން ގުޅުން ހިންގުންތޯ ނުވަތަ އައުގުރާނަ ގޮވުންތޯ ނުވަތަ ލާދީނީ ކަންކަމަށް ހިތްވަރު ދިނުންތޯ ؟
      މިހުރިހާ ކަމެއް ހިންގާ މީހުންތިބީ އެއް ދިދައެއްގެ ދަށުގައި .

      28
      2
      • އަހުމަދުވަގާރު

        ސައުދީގަ އެންމެ ގިނައީ އެއް ޖިންސް

  3. މުހައްމަދު ދާވޫދު

    މާމުއި ނިކުންނާނީ ތިމީހުން ފެލުނީމަ..

    56
    2
  4. ދަރަނި ދަންތުރަ

    ލަނޑަޔާ ވާނީ ލަނޑަޔާ ، އެމްޑީޕީގެ މީހުންގެ ލަދުހަޔާތް ކުޑަވާނެ އެމީހުންނާ ގުޅޭ ބަޔަކު ވެސް ލަދުހަޔާތް ކެނޑި ދާނެ ، ރަނގަޅު މިސާލެއް ރޮޒޭނާ އާދަމް އެމްޑީޕީ އާ ގުޅުމުން ލަދުހަޔާތް އަރުއްވައިގެންފައި ހައްޖު ވެސް ވަގަށްނެގީ

    51
    4
  5. މޮހޮރު

    މި އުޅެނީ ސިޔާމު ބުނި މާމުތްބޮވިގެން ކަންނޭގެ

    53
  6. Anonymous

    މިއީ ސިޔާސަތު ނުދަންނަ އަމިއްލައަށް މޮޅޫކަން ދައްކަން އުޅޭފަރާތްތަކުގެ ހާލުހުރިގޮތް!މީނާއަކީ ސިޔާމުގެވެސް ހަލާކު!

    49
    1
  7. Anonymous

    މިކަހަލަ މީހުންނަށް ވޯޓެއް ނުދެވޭނެ. މައިންބަފައިން ، ދަރިން ތިއްބާ ތިގޮވީ އައުގުރާނަ.! ދެން މިމީހުން ވާ ވައުދުގެ ތެދު ދޮގު ކިހިނެއް ކަށަވަރު ކުރާނީ. މ ސަލާމް . ވޯޓް ހައްގެން ނުން.

    50
  8. ހުސޭނުބޭ

    ކޮންމެ ކަންވާރަކުންވެސް ތިކިޖަހާނީ އޭގެ އެތެރޭގައި ހުރި އެއްޗަކުން. އެތެރެ އަވަގުރާނަވީމާ ދުލަށްވެސް އަންނާނީ އަވަގުރާނަ ނޫން ދެން ކޯންޗެއް!

    52
    2
  9. Anonymous

    ހަޔާތް ކުޑައެއް ނޫންތަ އަޅެފަހެ

    55
  10. ސޫލް

    ޖާބިރުވެސް އަވަގުރާން އެގޮވަނީނުން މަޖިލީހުގަވެސް.. ދެން ވަކި މި ދާތަ އަވަގުރާނު ނުގޮވަންވީ ސަބަބެއް އެބައޮތްތަ. މިއީ އިސްލާމީ ޝަރީއަތް ހިނގާ ގައުމެއްނޫން. ދީނަށްޓަކައި ކިޔާގެން ތިބި ޝޭހުންތަށް މިއަދު އެތިބީ ލާދީނީ އެންމެޕާޓީއާއި ގުޅިގެން ދުނިޔެ ރަންވެފަ. ސޯޝަލް މީޑިޔާގަ ދިވެހިން އުޅެމުންދަނީ ހިތަޡް އެރިގޮތަކަށް. ރައްބެއް ރަސޫލެއް ނެތޭ ހީވާކަހަލަ. ވެރިންގެ ތެރޭ އެތިބެނީ ރާބޯ މޫނުތަށް.. ބަޔެއް މީހުން އެއްޖިންސުން ގުޅުން ހިންގާ. މިޔަށްވުރެ ނުބައި ގައުމެއް މި ދުނިޔެމަތީ ވަކި އޮންނާނެތޯ...

    44
    1
    • މޮޔަނިމޮސް

      ސައުދީ ކިހިނެއް ވަނީ

  11. އާދަމް

    ތިޔަކަން އޮންނާނީ ތިޔަހެން. ކުރީގައި ފަރުދާވެގެން ތިބި އަންހެނުން އެމީހުންގެ ލަދުވެތިކަން ދޫކޮށް، ހިލޭ ފިރިހެނުންގެ މަޖިލިސްތަކާއި ޤާނޫނު ހަދާ މަޖިލިސްތަކުގައި ފިރިހެނުންގެ މައްޗަށް ބަސްކިޔަން ނުކުމެ ނުވަތަ ނެރުނީމާ ދެން ކަންތައް ވެގެންދާނީ ރޯމަނުންނަށް ވީހެން. އިތުރު ތަފްސީލަކަށް ދާކަށް ނެތިން. ތާރީޚު ދެނެލައްވާ ބޭކަލުންނަށް އެނގިވަޑައިގަންނަވާނެ.
    މި ސަތޭކަ އިންސައްތަ ރާއްޖޭގައިވެސް މިހާރު އަންހެނުން ނެށުމާ ލަވަކިޔުމުގެ މަޖިލިސްތަކާ ހަށިގަނޑު އިސްތިހާރުކޮށް ވިއްކާ ހެދުމުގެ މަޖިލިސްތަކުގައި ބައިވެރިވާންފަށައިފި. އަދި ކޮބާތޯ ހަށިވިއްކުމުގެ ދާއިރާގައިވެސް އުޅޭ.

    40
  12. އަބްދޫ

    ރަފިއްޔާ ބުންޏަސް ތެދެއްވާނީ ތެދަކަށް މާލޭގެ މަގުތަކުގަ އިންދާފަ ހުރި ފެންފޯރުއްތައް ގަތުމަށް 3600000 ރުފިޔާ ހަރުދުކުރި ރުއްގަތީ ފީވަކުން 100 ރުއް ރުކަކަށް 1000 ހަރަދުވީ މިހާވަރު . މާލޭގެ މަޖީދީ މަގާއި ޗާނދަނީ މަގުގަ އިންދިރުއްތަކުން ފޭބި ފޯއް ތަކަށް ފައިންއެރިގެން ތަދުވެ އިސްތިއުފާދިނީ 7 ފެބްރުއަރީ 2012 ގަ ނޫންކަމަކަށް ނުވާނެ.

    7
    20
    • އައްޔަ

      ފީވަލުން ގަނެގެން ގެނައިރު އެޔަށް ހުރީ ވަރުގަދަ ސިހުރެއް ހަދާފައި. އެކަން އެނގުމުން އެ ސިހުރުހެދިމީހާވެސް ރެއިޑްކުރި. މިކަންވެސް ބުނެލިނަމަ ފުރިހަމަވީސް. ވެރިކަމުން ބައިލާންވެގެން ސިހުރުހެދީ މުޙައްމަދު އަމީނާ ދެކޮޅަށް އެކަންޏެއްނޫން! ޔާމީނާ ދެކޮޅަށްވެސް ހެދި.

      6
      2
  13. ކައްދަ

    ލާދީނީ އެމްޑީފީ އާއި އެމީހުންނަކީ އެކަހަލަމީހުން އެހެންވީމައީ ބޮޑުތަނުން ކިބުލާއި އެމްޑީވޯޓުން ބަލިކުރަންވީ

    19
  14. ހަގީގަތް

    ލާދީނީ ބަޔަކު ވާނީ ހަމަ ލާދީނީ

    18
    2
  15. ޑައެލޯގް

    ޝިޔާމްބުނީ އެމްޑީޕީގައި މިހާރު ލާދީނީ މީހުނެއްނުތިބޭނެޔޯއެވެ. އެކަމަކު ލާދީނީމީހުނާއި ވަގުންނާއި، ކުއްވެރިންނާއި، ރާބޯމީހުންނާއި މަރުޖުވާނާ ހުއްދަކުރާމީހުނާއި މިހުރިހައިމީހުންތިބީ އިބޫގެ އެމްޑީޕީގައެވެ. އެމްޑީއޭއަކީވެސް މުނާފިގުބައެކެވެ. އެކަންވަނީ އެޕާޓީގެނައިބު އަލީމައުރޫފު ވެސް ބުނެފައެވެ. މައުރޫފް ބުންޏެވެ. 2018 ގައި ވާނީ އިބޫމެނާއެކު ކޯލިޝަންހަދާފަކަމަށެވެ، އެކަމަކު 2018ގައި ފާޅުގައި ތާއިދުކޮށްފައިވަނީ ޔާމީނަށެވެ. ވީމާ އެވަރުބައިގަޑެއްގެ ދުލުން އަވަގުރާނަނޫން އެއްޗެއްނުނިކުންނާނެއެވެ.

    11
  16. ހަސަނު

    ތިޔަބުނާ ފެންފޯއް ރުއްއިންދިމީހާގެ ފަހަތުގަޔޭ އޭރު އިބޫވެސް ހުރީ ގަމާރު ރަފިއްޔާ

    25
    1
  17. ޖަނާޒާ

    ގޮވޭވަރު މަދީ

    11
  18. ޔާ ސީ ނު

    ހަޑިއެއްޗެހިކިޔާކައް ނުވާނެ މީހުންނައް އަޑުއިވޭގޮތަކައް

  19. ޒަމްބެ ގުލްޝަނޭ

    މިދެން ހިތުން މާ ގަދަ މީހެއް!

  20. ނާމްނާމް

    ބިސްމި ކިޔާފަ ސޮލަވާތް ކިޔަވާފަ ދެން އެ ގޮވި އެއްޗެއް ގޮވީ