ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ.އައިޝަތު ރަފިއްޔާ އައުގުރާނަ ގޮވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ލަދުވެތި ކަމެއް ނެތި ބޭއަދަބީ ބަސްތައް ބޭނުން ކުރުމުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ.

އެކަމާ ގުޅިގެން މިރޭ އޭނާ ފޭސްބުކް އެކައުންޓްގައި ޖެހި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގައި އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އައުގުރާނަގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ރައީސްގެ ޖަލްސާގައި ރަފިއްޔާ އައުގުރާނަ ގޮވައިފި

އަދި އެ އިބާރާތް ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި ކަަމަށް ރަފިއްޔާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ އިބާރާތް އަޅުގަނޑަށް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑު ބޭނުންކުރި މާނައާއި ވިސްނުމާ ހިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ، އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މައާފަށް އެދެމެވެ."، ރަފިއްޔާ ފޭސްބުކްގައި ޖެހި ޕޯސްޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ހަގީގަތް

    އަބަދުވެސް މިވެރިކަމުގަ ޖެހެނީ މާފައް އެދި ނޫނީ އޮޅިގެން ނޭބުނަން

    44
    2
    • އ. އަހަންމާ

      ވަރަށް ޞޮރީހު ޢިބާރާތުން މި ބުނަނީ ތިޔަފަދަ ހަޑި މުޑުދާރު ކަންކަން ކޮށް، އިޖުތިމާއީ އަޚްލާގު ފަސާދަކޮށްފަ މާފަށް އެދުނަސް މާފެއް ނުދޭނަން...

      53
      5
      • މުޙައްމަދު އަޙްމަދު

        ދިވެހިބަހުގެ ރަދީފްގައިވާނެ އަވަގުރާނު ވެސް އެވެސް މީހުންގެ ތެރޭގައި ގޮވަންވީތަ؟

  2. ފާތު..

    ކޮބާ ތިއޮތީ ރަނގަޅަށް ފައިން އެރިފަ.

    75
    3
  3. އަވަށުމީހުން

    މާމުއި ބޮވެގެން ހުރީމާ ވީގޮތެއް އެއީ..

    63
    4
    • ކިޔުންތެރިޔާ

      މުހާވަރާ ބޭނުންކޮށްބަލަ ގޭތެރޭގަ. ޢާއްމު ތަންތާނގަ ވާހަކަދައްކަން ޖެހޭނީ ޢިޖުތިމާޢީ އަޚުލާޤުގެ މިންގަނޑަށް.

      53
  4. މަންކީ

    ލަދުހަޔާތްވެސް ކެނޑިފަ ވާނެ ފަލީހަތެއް ވީމަ މިބުނަނީ މާފޭ ސޯލިހުގެ ވަށައިގެން ނެތޭ ދެވަރެއްގެ އެއްޗެއް

    46
    3
  5. މޭޖަރ......

    ހުސްއެކަނި ރަފިއްޔާ މާފަށް އެދުމަކުން ނުފުދޭ. ކޮބާ އޭރު ހެވިފަ ތިބެ އަތްޖަހާ ތަރުހީބު ދިން މީހުން. އެމީހުން ހިހޫތާ ތިބެންވީތަ؟

    70
    5
  6. މުއިއްޒު ސެންބެ 2023

    ހާސް ކަނޑާލާ. އިބޫ ކައިރި އުޅޭ މީހުން ކޮންމެ ވައްތަރަކަށް އުޅުނަސް އޯކޭ ވާނެ. ފަލާހުގެ ދަރި އާއި ޕްރިޓީ ރޫމީ ޑްރަގާ އެކު ހިފީމަވެސް މާފު ދިން. އަދަބުދެނީ ހަމައެކަނި ނިކަމެތިންނަށް

    39
    1
  7. ކިޔުންތެރިޔާ

    މުޙާވަރާ ކިޔާބަލަ ގޭތެރޭގަ. ޢާއްމު ތަންތަނުގަ ވާހަކަ ދައްކަން ޖެހޭނީ އިޖުތިމާއީ މިންގަނޑާ ޚިލާފު ނުވާނެ ގޮތުގެ މަތިން.

    28
  8. ކައްޓަޅި

    މިހާރު ތިފައިން އެރުނީ ބިލެތްގަނޑަށް

    37
    0
  9. ބުރުގާ

    އެ ދައިތަ އަލަކައް ކުރިކަމެއްނޫން ތީކީ.... އަބަދުވެސް އޭނަ އަވަގުރާނަ ގޮވާ... އަދިކިރިޔާ ރައްޔިތުނައް އިވުނީ...

    40
    2
  10. މުންނާރު

    މާމުއި ބޮއެގެން މިރާއްޖެ ހަލާކުނުކުރޭ ތިޔަމާމުއި ފައިބާ ފެކުޓަރީ މުއިއްޒު ހޮވުމާއި އެކު ބަންދުކޮށް މީރާއަށް ނަގާނެ.

    37
    1
  11. ރާ ފީ

    އެއިރު އަތް ޖެހުނީ އޮޅިގެން! ފައިން އެރުނު އެންމެންގެ ފަރާތުން މާފަށް އެދެން!

    35
    1
  12. ޛުޖހތ

    ކޮންކަމަކުން ޑރ އަކަށްވެގެން އުޅޭ މީހެއް ؟

    39
  13. ސަޢީދު

    ތަޢުލީމީ ޤަދަރުވެރިން ތިބެންވާނީ ޤަދަރުވެރި ބައެއްގެ ގޮތުގަ. ތިގެއްލުވާލީ އަމިއްލަ އަބުރު.. ފޯރީގައިވެސް ތިމާ ތިމާގެ އަގުވެއްޓޭފަދަ ކަންކަން ކޮށްގެން ނުވާނެ.. ގެއްލުއްޖެ އަބުރެއް އަނބުރައެއް ނުލިބޭނެ. ފެންނަ ކޮންމެތާކުން އެބަސް ރައްދުވާނެ.. ވަރަށް ދެރަވަރު

    37
  14. Anonymous

    އިސްލާމީ އުސޫލުން ﷲ އާއި އެކަލާނގެ ރަސޫލާ ވާހަކަދައްކަން އެންގެވި ގޮތާ ޚިލާފަށް ވާހަކަދެއްކޭ ޖާހިލުން ޕޯޑިއަމްތަކަށް އަރާ ވާހަކަދެއްކީމާ ތިމާގެ ފަސްބައިގައި ލައްޖެހުން ފިޔަވާ އިތުރު މޮޅެއް ނުލިބޭނެ.
    ތިމާގައި ނެތް މޮޅެއް ހޯދަން އެކަކުވެސް އުޅޭނެ ކަމެއް ނެތް. އަވަގުރާނަ ގޮވާފާވެސް ބުނަންވީ ދެން އެއީ އެމާނާގައި ބުނި އެއްޗެއް ނޫނޭ. މިހިރީ މި ޒާތުގެ އަންހެނުންގެ ހުންނަ ލަދުހަޔާތްކުޑަކަން

    14
    1
  15. Anonymous

    މީހަމަ ފައްކާ މަރުމޯލެއް!

    12
  16. އިބުރޭ

    ހަޑިހުތުރު ބަސްތައް ބޭނުންކުރީމާ ވެއްޓޭނީ ތިމާގެ އަގު. ޑރ. ގެ ލަގަބަށްވެސް ހުތުރު. މީގެ ކުރިން އަހަރުމެން ދަންނަ އިޖްތިމާއީ ދާއިރާއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންޖީއޯއެއް އުފައްދާ ފުރަތަމަ ސަފުގައި ސާބިތުކަމާއެކު ހުންނެވި ކަނބަލު ރަފީއެއްނޫންތިއީ. ވެރިކަން ހޯދާދޭން އަޅުވެތިކަމުގައި ހަމައޮޅިގެން ނުދިއުމަކީ ބުއްދިވެރިންގެ ސިފައެއް.

    14
    1
  17. Anonymous

    ސިޔާމް ވޯލްޑް ފެކްޓްރީއިން ތައްޔާރުކުރާ އިބޫޗޯރު ބްރޭންޑްގެ މާމު ބެއްލެވީމަ އެހެންވެސް ވެދާނެ.

    16
  18. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޖާބިރު ހިތަށް އަރާނެ ދޯ އަހަރެންގެ އަންހެން ވައްތަރު ވެސް އެބައުޅެޔޭ!

    20
    1
  19. ހުވަދޫ އަލިބެއްޔާ

    ހުވަދޫ ބަހަށް މަލާމާތް ކުރުން ބަލައެއް ނުގަނެވޭ.. އިބުރަހިމާއަށް ދޭނެ ވޯޓެއް ނެތް..

    14
  20. ކަނޑުކޮސް

    ތިޔަކަހަލަ ކަނޑުކޮހުން ގޮސްގެން އަހަރުމެންނާ ދިމާލަށް އަވަގުރާނަގޮވީމާ ކަލޭގެ ލަދުހަޔާތް ކުޑަކަން އެނގޭ. ތީ އަންހެނުންނަށް ހުތުރުއަރުވަން އުޅޭ މީހެއް. މީގެ ކުރިއަކުން ތިޔަފަދަ ބަހުރުވައެއް ނުހުރޭ. އެކަމަކު އެފަދަ މީހުންނާ އެކީގައި އުޅެންފެށުމުން ވާނެގޮތް ތިޔަ ފެންނަނީ. އެއްޗެއް ވިސްނިއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު

  21. ސުމެއް

    އަހުލާގީ ފެނވަރު 0 ގެ މީހެއް. މި ކޯލިސަނުގަ މި ވައްތަރު ވަރަށް ގިނަ

  22. ކޮސް

    މަފަށް އެދުނީމަވެސް ކަމަކު ނުދިޔަ މުސްލިމުންނޯ އެކަމަކު ކިޔާނެ މާފަށްއެދުމުގެ މޮޅުކަމާ މާފުކުރުމުގެ މާތްކަން

    8
    8
  23. ނެޕީ

    މީނާ ޕަބްލިކް ގަ މިވަރު ވާއިރު މީނާގެ ފިރިމީހާގެ ހާލަތު ވިސްނާލަބަލަ؟؟ ކޮންމެ ދުވަހަކު އެފަކީރު ޖެހޭނީ ކޮންމެވެސް މުހާވަރާއެއް ދަސްކުރަން .

  24. ާދަލޭކް

    މީގެ ސަރީޚް ޖަވާބު ދެއްވާނެ ޢިލްމީ ބޭފުޅަކީ الشيخ إمران عمران عبدالله އެބޭފުޅާގެ ރައުޔު ކޮބައިތޯ އަތްޖައްސަވާ.

    4
    1
  25. ރަފީ

    އައުގުރާނައެއްނުގޮވާ...ފެން 4 ކޭބުނީ.މީހުންވަހުސް ކަމުން ހިތައް އެރިގޮތް..

  26. މުޙައްމަދު

    ޑރ. އައުގުރާނަޔަށް ނޭނގުނު ދޯ ހުރެވުނު ތަންވެސް. މަޤާމާ އާރާ ބާރަށް އުޅޭ ބޮޓުންގެ ހާލު ހުންނާނީ އަބަދުވެސް މިހެން.

  27. ނަމަ

    ރަފިއްޔާ ވެސް ކުރިން ގޮވި އައުގުރާނަ ކެންސަލް ކޮއްލީތާ

  28. ހަގިތަތް

    ވަރަށް ކޫޑި އަންހެނެއް މިއީ

    5
    1