ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހދ. ކުރިނބީ އަށް ވަޑައިގަތުމުން އެ ރަށުން މިއަދު ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ އަދި ށ. އަތޮޅުގެ ގިނަ ރަށްތަކަކަށް މިހާތަނަށް ވަނީ ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި ގާސިމް ވަނީ މި ދެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ނިންމަވައިފައެވެ.
މީގެކުރިން ޖުމްހޫރީ ޕާޓީން ނިންމާފައި އޮތީ ހދ. އަތޮޅާއި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށެވެ. އެއަށް ފަހު، ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައި އޮތެވެ.
ގާސިމް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުރިނބީއަށެވެ. އެ ރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ގާސިމަށް މަރުހަބާ ދަންނަވަން ބަނދަރަށް ގޮސްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހިމެނެއެވެ.
ޖޭޕީން ބުނާ ގޮތުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ހޫނު މަރުހަބާއެއް ދެންނެވި އެއް ރަށަށް ކުރިނބީ ވާނެއެވެ.
ކުރިނބީއަކީ 468 މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ.
މި ދަތުރުގައި ގާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނައިވާދޫ އާއި ހދ. ނެއްލައިދޫ، ހދ. ހިރިމަރަދޫ އަދި ހދ. ފިނޭ ހިމެނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވިއްސަކަށް ދުވަސް ވެސް ނެތް އިރު، ގާސިމްގެ އަމާޒަކީ އިންތިހާބުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަރައިވަޑައިގަތުމެވެ.
468 މީހުންގެ ރަށަކުން ގާސިމަށް ތާއީދުކުރީ 12 މީހުން؟ ފުދޭވަރެއްވޭ. މުއިއްޒު ތިރަށަށް އަރާލައިފިއްޔާ އިނގޭނެ ސަޕޯޓަކީ ކޮބާކަން.
ޙެހެ މުނައްވަރު. ޢެއްކަލަ ޗާގޯސް ނެގިގޮތައް ތިބޭފުޅާ މިހާރު ގޮތް ހުސްވެގެން ތި އުޅުއްވަނީ ތިބޭފުޅާގެ ސައިޒު އެންގޭނެ ރައީސްކަމަށް ކުރިމަތި ލެއްވި ނަމަ ހެހެ
މަރުޙަބާ ހޫނުވާނެތާ! ޢިރުހުރީ މެދުޖެހެން
ކައިރިވެފަވިއްޔަ!
އެހެންވިއްޔާ ތިއޮތީ ހޮވިފައި. އަވަހަށް ހުވާކުރަން އުޅެގަ!