ބ. ކަމަދޫ އަށް ހަގީގީ ތަރައްގީ ގެނެސްދިން ބާނީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ކަމަދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކަމަދޫ އަށް މިހާތަނަށް ގެނެސްދިން ގިނަ ތަރައްގީއަކީ ރައީސް ސޯލިހްގެ ސަރުކާރުން ފުރިހަމަކޮށްދީފައި ހުރި ކަންކަމެވެ.

އަދި އެ ރަށުގެ ރައްޔިތުންގެ ވޯޓު އޮތީ ރައީސް ސޯލިހަށް ކަމަށާއި އެ ރަށުގެ ވޯޓުފޮށިން ރައީސް ސޯލިހު ނޫން ކެންޑިޑޭޓަކަށް ދެތިން ވޯޓުވެސް ނުލިބޭނެކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އެރަށުގައި މިހާރު އަޅާނިމި ހިދުމަތް ދެމުން އަންނަ އެސްޓީއޯ ފާމަސީއަކީވެސް މި ސަރުކާރުން ކޮށްދީފައި އޮތް ކަމެއް ކަމަށް ޒަރީރް ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން އެރަށުގައި ފާމަސީ ބޭނުންކުރަމުންއައީ ގުދަނެއްގައި ކަމަށާއި އެއީ އެކަމާ ދެރަވާން ޖެހޭކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ. މިފަދަ ގިނަ ކަންކަމަކީ ކުރީ ސަރުކާރުން އެރަށަށް ނުކޮށްދީ އަޅާނުލާ ހުރި ކަންކަންކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

ޒަރީރް ފާހަގަކުރެއްވި ގޮތުގައި އެރަށުގައި މިހާރު ވެސް ކުރިޔަށް ނުގެންދާވަރުގެ ޕްރޮޖެކްޓުތަކެއް ކުރިޔަށް ދާކަމަށެވެ. އަދި މިވީހާ ދުވަސްވީއިރުގަވެސް ރައީސް ސޯލިހުހާ އެރަށަށް ތަރައްގީ ގެނެސްދިން ވެރިއަކު ނެތްކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެރަށުގެ ރައްޔިތުންގެ ހާލު ވަރަށް ކައިރިން ބައްލަވާފައި ކަން ފާހަގަކުރެއްވިއެވެ. އަދި އެކަން އެރަށުގެ ރައްޔިތުން ދަންނާނެކަމަށް ވިދާޅުވިއެވެ.

ޒަރީރް ވިދާޅުވީ އެރަށަށް ތަރައްގީއެއް ގެނެވޭނެ ރައީސަކީ ހަމައެކަނި ރައީސް ސޯލިހުކަމަށާއި އަދި ބ. ކަމަދޫގެ ރައްޔިތުން އެކަމާ ވިސްނަވާ މިފަހަރު އިންތިހާބުގައި އެރަށުގެ ވޯޓު ފޮށި އެމްޑީޕީއަށް ވޯޓު ލައި ފުރާލަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ފަސް އަހަރު މިނިމެނީ އެކަމަކު އެޅުނީ އެންމެ ފާމަސީ އެއް ދެން ހާދަ ލަހަކުން ތިބުނާ ޕްރޮޖެކްޓްތައް ތި ނިމެނީ ހާދަ ސުލޯއޭ ސުލޯލިހު ސަރުކާރުވިއްޔާ ދޯ.

    • ސަނީ

      އިބޫ އަކީ ބޮޑު ބާނީ އެއް އިންޑިއރ އިން ޓްރެއިންނިންވެވެފަ ހުންނަ މީހެއް

  2. Anonymous

    ތަރައްޤީ އޭ ކިޔާއިރު ތި ފާހަގަކުރީ އެންމެ ފަރމަސީއެއްގެ ވާހަކަ ދެން ކުރި ކަންތައްވެސް ކިޔާލިނަމަ

  3. ސެންބެ ޕީޕީއެމް

    ފާމަސީއެއް އެޅުމަކީ ތިހާ ބޮޑު ތަރައްގީއެއް ކަމަށް ގަބޫލުކުރާނީ ހޭ ބަލިވެފަ ތިބި ބަޔަކު އެކަނި. ތަރައްގީ ބަލާލަން ބޭނުމިއްޔާ މުއިއްޒު އެގެނައި ތަރައްގީ ބަލާލަބަލަ