އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ވެރިކަމެއްގައި ރާއްޖޭގައި ހިލޭ މަތީ ތައުލީމް ލިބޭނެ ކަމަށާއި އަދި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކަށް އިންޓަރެސްޓް ކުޑަ ލޯނު ފޯރުކޮށްދޭނެ ކަމަށް އޭނާ ވައުދު ވެއްޖެއެވެ.

މިއަދު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާ ތައުލީމް ސިޔާސަތު ހާމަކުރައްވަމުން އިބޫ ވިދާޅުވީ ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އިންޓްރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ އެސްކީމްގެ ދަށުން ހުރިހާ ދަރިވަރުންނަށް ފަސޭހައިން އެ ދަރިވަރަކު ބޭނުންވާ ގައުމުތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ، މިހާރު ވެސް ބޮޑެތި ލޯނުތައް ނަގައިގެން ދިވެހި ދަރިވަރުން އެކި ގައުމުތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި އޭނާ ތައާރަފްކުރާ ލުއި ލޯނު ސްކީމް ތައާރަފްކުރުމާއެކު މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް އޭގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށެވެ.

އިބޫ މިއަދު ލަންކާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި އާސަންދަ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޔާލީ

    ކީއްވެ ވަކި ބޭރައް ދަންޔާ ލޯން ނަގަންވީ އެކަން ވެސް ފްރީކޮށްލާ

  2. ބަޗަނާ

    ގަނޑިޔާ ނިކިޔަވާ މީހަކާ ކޮން ކިޔެވޭލަކުގެ ވާހަކަ ދައްކާކަށް. އިހިގެން ގޮސް ރޫޅިގެ

  3. Anonymous

    މީނަ ކޮންމެ ވައުދެއްވިޔަސް ވެވެނީ މިއަދުގެ ސަރުކާރުން މިހާރުވެސް ގައުމަށް ކޮށްދެމުންދާ ކަންތަކުގެ ވާހަކައެވެ. މިހާރުވެސް ވަނީ މަތީތައުލީމު ހިލޭސާބަހަށް އާއްމުވެފައި، ކޮންމެއަހަރަކު ދޫކުރާ އެތައްހާސް ސްޓޫޑެންޓް ލޯނުގަ ދިވެހި އެތައްހާސް ދަރިވަރުން ބޭރުގައުމުތަކަށް ކޯސްހަދަން ދަނީ އާކަމެއް ކޮއްދޭން ވައުދުވާން ނެއެގެނީތަ؟؟