ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް އާންމު ތަޖުރިބާކުރުމަށް ހުޅުވާލިތާ ތިން މަސްދުވަހުގެ ތެރޭގައި 50،000 އަށް ވުރެ މީހުން ބޭނުންކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް އަދި ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

ޑިޖިޓަލް އީފާސް މޮބައިލް އެޕް އާންމުންގެ ތަޖުރިބާއަށް ހުޅުވާލީ މިދިޔަ މޭމަހުގެ 31 ވަނަ ދުވަހު އެވެ.

އަދި އެއާއެކު ފާއިތުވި ތިން މަހުގެ ތެރޭގައި 198،841 ފަހަރު، 49 ޕޯޓަލްއެއް މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންކޮށްފަައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެ އެޕް ބޭނުންކުރި މީހުންގެ އަދަދު 52،432 އަށް އަރާ ކަމަށް މިނިސްޓްރީން ބުނެއެވެ،

އެގޮތުން އެންމެ ގިނައިން އެ އެޕް ބޭނުންކޮށްފައިވާ ޕޯޓަލް ތަކުގެ ތެރޭގައި ގެދޮރުވެރިން ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އާއި އެކްސްޕެޓް އޮންލައިން، އާބަންކޯ، ގަވްއެމްވީ މެސެޖު އަދި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ހިމެނޭ ކަަމށް ބުނެފައި ވެއެވެ.

ގައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، ފަރުމާކޮށްފައިވަނީ ފަސޭހަކަމާއި ރައްކާތެރިކަމާއި އެކު އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގައާއި ހާޒިރުވެގެން ހިދުމަތް ހޯދުމުގައި ހިދުމަތް ހޯދާފަރާތަކީ ކާކުކަން ކަށަވަރުކުރެވޭގޮތަށެވެ.

އެގޮތުން އީފާސް މޯބައިލް ތައާރަފުވުމާއިއެކު ކިއުއާރ ކޯޑު ސްކޭން ކޮށްގެން އަދި އެ އެޕުގެ ތެރެއިން އެއްފަހަރު ފިތާލައިގެން އޮންލައިން ޕޯޓަލްތަކަށް ލޮގިން ކުރުމާއި، ޑިޖިޓަލްކޮށް މި އެޕުގެ ތެެރެއިން ދައްކުވައިދޭ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑެެއް މެދުވެރިކޮށް ހާޒިރުވެގެން ހޯދާ ހިދުމަތަކުގައި ބޭނުންކުރެވޭނެގޮތް ވަނީ ހަދައިފަ އެވެ.

އީފާސް ބޭނުންކުރާ 68 އަށްވުރެ ގިނަ ޕޯޓަލް އަދި އެޕްލިކޭޝަންތަކުގައި އީފާސް މޯބައިލް ބޭނުންކޮށްގެން ޔޫސާނޭމް، ޕާސްވޯޑް އަދި އޯ.ޓީ.ޕީ ނުޖަހައި ފަސޭހަކަމާއި އަދި ރައްކާތެރިކަމާއި އެކު ކިއު.އާރ ކޯޑު ސްކޭންކޮށްލައިގެން "ސްކޭން ޓު ލޮގިން" ކުރެވޭގޮތް މިހާރުވަނީ ހަދައިފަ އެވެ. އަދި މޯބައިލް ފޯނުގައި އޮންލައިން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު "ޓެޕް ޓު ލޮގިން" މެދުވެރިކޮށް އެއްފަހަރު ފިތާލައިގެން 13 (ތޭރަ) އޮންލައިން ޕޯޓަލްއަކަށް ވަދެވޭގޮތް މި ތިން މަހުގެ ތެރޭގައި ވަނީ ހަދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝްރޭ

    ޑާޓާ ބަލަހައްޓަނީ ފައްޔާޒު ކަމުގައި ވާނަމަ ،މިހާރު އެްއ

    • ޚިއްލާ

      ޢައިޑީ ކާޑް ގެ ކިއު އާރު ސްކޭން ނުކުރެވޭ..އެކްސްޕައެރީ ޑޭޓެއް ނޭނގޭ..މިކަން ކަން ހައްލު ނުކޮށް މޮޅު އަނގަ ނުތަޅާ..ސެކިއުރީޓީ ޗެކްޕޮއިންޓތަކުން އަދި ޓިކެޓްނެގުމުގަ ދުވަސްވީ މީހުންނަށް ބޭނުމެއް ނުކުރެވޭ.ޕްރިންޓްކޮށްނުލެވޭ.ވަރަށް ދެރަ

  2. ދެރަ

    ސަވައިލަންސް ސިސްޓަމެއްގެ ފެށުން. އީފާސް ބޭނުންކުރަނީވެސް އިޒުރޭލު ކުންފުއްޏެއްގެ ސާވިސް. ސަމްހަބް އަކީ ޔަހޫދީ 3 ބެއިން އުފެއްދި ކުންފުއްޏެއް.

  3. އަކްމެޑް

    ވޯޓުނުލެވޭ