މޮރޮކޯ އަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖޭގެ އިންޓާނޭޝަނަލް އެއިޑް ކެމްޕޭނުން މޮރޮކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުގެ 2000އަށް ވުރެ ގިނަ މީހުން މަރުވެ އެެތައް ބަޔަކަށް ވަނީ އަނިޔާވެ ހާލުގައި ޖެހިފައެވެ. މި ދަނޑިވަޅަކީ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅަކެވެ.

އެހެންވެ ރާއްޖޭގެ ހަރަކާތްތެރިގާ ޖަމިއްޔާއެއް ކަމަށްވާ އިންޓާނޭޝަނަލް އެއިޑް ކެމްޕޭނުގެ ހީވާގި ޓީމެއް ވަނީ މޮރޮކޯގެ މަރަކެޝްއަށް ފުރައިފައެވެ. މިއަދު ފޭސްބުކްގައި އާއްމު ކުރި ވީޑިއޯއެއްގައި އެ ޖަމިއްޔާއިން ވިދާޅުވީ އެ ޓީމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.

އަދި އެ ޖަމިއްޔާއިން ގޮވާލެއްވީ ހުރިހާ ދިވެހި ރައްޔިތުންވެސް އެ ޖަމިއްޔާ މެދުވެރިކޮށް މޮރޮކޯގެ ރައްޔިތުންނަށް އެ މީހަކަށް ވީ ވަރަކުން އެހީތެރިވެދިނުމަށެވެ. އެ ގޮތުން އެ ޖަމިއްޔާއިން އެހީގެ ޕެކޭޖްތަކެއްވެސް ހެދިފައިވާނެކަމަށާއި، އޭގެ ތެރޭ ކާބޯތަކެތީގެ ޕެކޭޖްއާއި، ފެން ރައްކާތެރިކުރުމަށް ފެން އަޅާ ހަމާއި، ހައިޖެނިކް ޕެކްސް، މެޑިކަލް ސަޕޯޓުގެ ގޮތުގައި ދެވޭ ސާމާނާއި އަދި ޓެންޓުފަދަ ޝެލްޓާވެސް ހިމެނޭކަމަށް އެ ފަރާތުން މައުލޫމާތު ދެއްވިއެވެ.

2016 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ހާދިސާތަކުގައި ދިވެހީން ގެ ދީލަތި އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ.

މޮރޮކޯއަށް އެހީވުމަށް

ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENCY

ވެބްސައިޓް: https://iac.mv/
.
މި ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށްކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު