ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ސިފައިންނާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް އަމަލުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި މި މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ދިފާއުކޮށް ރައްކާތެރިކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫއަރާފަދަ އެއްވެސްކަމެއް ކުުރުމުގެ ފުރުސަތު ސިފައިން ނުދޭނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން.". އެމްއެންޑީއެފް އިް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެއްވެސް މަގްސަދެއްގައި ސިފައިންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ހަގީގަތާއޮ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ތިކަން ހަންދާން ކޮށްލަދީ ބަލަ ޗީފް އޮފް ސްޓަރފް ސަމާހު އަށް. ތިޔަ ލޮބުވެތި މުއައްސަސާ ގަޑުބަޑު ކުރީ ސަމާހު.

  2. ސަރާސަރު

    ޝަމާލޫ ކޮބާ ދޭން ބުނި ކޮވިޑް މެޑަލް؟ ވީތަނެއް އެގޭތަ؟

  3. ރަތް ދޮންވެލި

    ރައްޔިތުންގެ ހިތުގައި ގައުމާއިމެދު ބިރުވެރިކަމެއް އުފެދިގެންމިއުޅެނީ މިއަދުއެއްނޫން.. 5 އަހަރު މިވަނީ.. ކަލޭމެންނަށް ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއްނުދެވުނު.. ވަގުއެއްބަސްވުންތަކެއް ހަދައިގެން އެ ފޮރުވައިގެން އުޅެނީ ގައްދާރުކަމުން ނޫންދެން ކޮންކަމެއްގަބާ؟ އެކަމުގެ އަދަބު ސިފައިންގެ ގާނޫނުން ކިޔާދީބަލަ...

  4. ނަނަނަ

    ސިފައިން ގާނޫނު ދެމެހެއްޓިޔަސް ފިނދަނަ މާރިޔާ އަކީ ގާނޫނެއް ގަވާއިދަކަށް ބަލާ މީހެއް ނޫން. އޭނަ ބަލާނީ ހަމަ އެކަނި ޖީބަށް ވާ ފައިދާއަށް.

  5. Anonymous

    ބަގާވާތުގެ ވަގުތު ފިޔަވާ ބޯލަނބާ