ސަރުކާރާ އިދިކޮޅު އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ މިނިވަންކަމާއެކު ދޫކޮށްލާފަ ބެހެއްޓުމަށްވުރެ ޖަލަށް ލާފައި ބެހެއްޓުންވެސް ރަނގަޅުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިހެން ވިދާޅުވެފައިވަނީ ނ.ވެލިދޫ ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ރޭ ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދުވަހެއްގެ ކޮޅުން އެމްޑީޕީއަށް ވެރިކަން ލިބުނަސް، ރަނގަޅީ ޖަލަށް ލިއްޔާ. އެހެންނޫނީ ދޫކޮށްލާފައި ތިބިއްޔާ ކާކަށް ނުލިބޭނެ، އެހެންނޭ ވީ." ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، އެމްޑީޕީ ދިވެހިރާއްޖޭގައި ވެރިކަންކުރި ތިން އަހަރު އިޤްތިޞާދު ދަށަށް ދިއުމުގެ ސަބަބުން އިންނަމާދޫ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުން އައި ވަޑާމުގެ މަސައްކަތް ހުއްޓާލާ ހިސާބަށް ކަންކަން ދިޔަ ކަމަށާއި ނަމަވެސް ގިނަ ރައްޔިތުން މިއަދު އެ ހަނދާން ނެތް ކަމަށެވެ.
"ބައްލަވާ އިންނަމާދޫއަކީ ވަޑާމުގެ މަސައްކަތް ކުރާ ރަށެއް، އެމްޑީޕީ ރައީސް ނަޝީދުގެ ސަރުކާރުގައި ތިން އަހަރު ދުވަސް ވަންދެން ދިޔައީ އެއްވެސް މަސައްކަތެއް ނުކޮށް، އަޅުގަނޑުމެން ކާން ބޯން ފަހުން މަސައަކަތެއްގެ ގޮތުގައި ކުރަންފެށި ކަމަކީ ލޮނުމަސް އެޅުން." އެމްޑީޕީއަށް ދުވަހެއްގެ ކޮޅުންވެސް ވެރިކަން ލިބިއްޖިއްޔާ ޖަލަށް ލުން ރަނގަޅުކަމަށް ވިދާޅުވާ ސަބަބު ސާފުކޮށްދެއްވައި ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ ޖަލަށް ލުންވެސް މާރަނގަޅުކަމަށް ފަލާޙް ވިދާޅުވިނަމަވެސް، ފަލާހް ވިދާޅުވެފައިވަނީ އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް ވެރިކަން ނުވެސް ލިބޭނެ ކަމަށާއި، ޖަލަށް ލުމުގެ މަތިން އެމްޑީޕީން ހަނދާން ނައްތާލައްވަންޖެހޭ ކަމަށެވެ.
"ބައްލަވާ އެމްޑީޕީ މީހުން ވަރަށް ބާރުލާފަ ބުނާނެ ހަމަ ވެރިކަމަށް އަންނަ ގޮތަށް ހުރިހާ މީހުން ލާނީ ޖަލަށޭ. އަޅުގަނޑު ދަންނަވާލާނީ ހަނދާން ނައްތަވާލައްވާށޭ. އެމްޑީޕީއަށް ﷲ އިރާދަފުޅުކުރެއްވިއްޔާ ވެރިކަމެއް ނުވެސް ލިބޭނެ." ފަލާޙް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު މުވައްޒަފުންނަށް ޖެއްސި ހާލާ، ސަރުކާރުގެ އެންމެހާ މުވައްޒަފުން ވިސްނާވަޑައިގެން އެންމެ ވޯޓެއްވެސް ނުދެއްވުމަށްވެސް ފަލާޙް ގޮވާލައްވާފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓަކާ ދޭތެރޭގައި ވިސްނަންވެސް ނުޖެހޭކަމަށް ފަލާޙް ވިދާޅުވެފައިވާއިރު، އަންނަ ސެޕްޓެމްބަރު 23 ގައި ލެވޭ ވޯޓުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ކެންޑިޑޭޓް ނަންބަރު އެކެއް، ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ފަލާޙް ގޮވާލެއްވިއެވެ.
ކަޑުކޮހުން ހޮވާނީވެސް ހަމަކަޑުކޮހުން...
ކަލޭ ހުންނަނީ ޖަލުގައި ނުބުންނަސް
ތިހާ ގަޓު ހުރިއްޔާ ޖަލައް ވަދެބަލަ
ލާރިދެންޔާ ބޮޑުބޭބެ..މީދެންކާކު ނުކިޔަވާ ހުރި ވަޑިބެ
ވަޑިންނަކީ ހުނަރުވެރި ބައެއް މަލާމަތް ކުރުމަކުން އެމީހުންގެ ގާބިލް ކަން ބަޔަކަށް ދައް ނުކުރެވޭނެ.
ފާތުމަ ކިޔަވައިގެން ހުރި ވަރު ތި ކޮމެންޓް އިން އެނގޭން މިހުރީ ދޯ. މީ ފާތުމަ ކިޔެވި އެއްޗިހީގެ ނަތީޖާ ދޯ. އާނ އެކޭ ރިޕްލައި ކުރެބާ ޔަގީންކުރަން ފްލީސް ފާތުމަ
އިފުރު އެއާރޕޯޓު މެނޭޖަރުތޯ
މޑޕ ގެ ވެރިކަމުގައި ފަލާހް ނުބުނި ނަމަވެސް ތިކަން ކޮއްދޭގޮތައް އޮތީ
އިންސާފާއި އުފަލާއެކު
ވަރައްފަސޭހައިން އާއިލާ ކުދިންނާ ތޮޅޭނެ.މީ ވރަށް ވާހަކަ.
ކޮބާތަ ފެރީ ؟؟
ފެރީ ވަގު
ފަލާހް ނަމަވެސް އެ ބުނެވުނީ ތެދެކެވެ. އެމްޑީޕީ ވެރިކަމަށް އައިސްފި ނަމަ، ފަލާހު މެންނަކަށް "ކާކަށް ނުލިބޭނެ" އެވެ. ކޯންޗެއްކަން ކައިރީގައި ތިއްބެވި ބޭފުޅުންނަށް، ފަރިއްކުޅުއްވަމުން ގެންދަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އެއީ ފައިސާ އެވެ. ކޮރަޕްޝަނެވެ. އެއީ ހަމަ ތެދެކެވެ. ފަލާހުމެން އަތުން ވެރިކަން ދޫވެއްޖެނަމަ މިހާރު އެ ކައި ހަދާ ފައިސާ ކާނީ ކިހިނެއް ހެއްޔެވެ.
ކުރެވިފައިހުރި ކުށްތަކުގެ މަތިން ހަނދާންވީދެއްތޯ؟
އެނގެނީތާ؟