ވ. އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރައްޔިތުން އެމަނިކުފާނަށް ހެޔޮ ދުއާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ. އެކަމަކު، ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވަނީ ފަސްކޮށްދީފައެވެ.

ޖާބިރު މިއަދު "ވަގުތަށް" ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އަދި ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުގައި މިއަދު ތާވަލް ކުރިއެވެ. އެކަމަކު، އެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކަމަށް ހައި ކޯޓުން ވިދާޅުވެއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޔާމީން މިނިވަން ކުރާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެއް ނޫނެވެ. އެކަން ކުރައްވާނެ ހަމައެކަނި ބޭފުޅަކީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އެއީ ރައީސް ސޯލިހްގެ ހެޔޮ ލަފާ ކަމުން ނިންމާ ނިންމުމެއް. އެގޮތުގެ މަތިން މިއަދު އެ ފެށީ ޔާމީން ގެއަށް ބަދަލު ކުރަން. އަޅުގަނޑު ބޭނުން ވަނީ މިރެއިން މިރެއަށް ވެސް ޔާމީން ގެއަށް ގެންނަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޔާމީން ގެއަށް ބަދަލު ކުރި ނަމަވެސް، ޔާމީނަށް އެއްވެސް ސިޔާސީ ކަމެއްގައި އަދި ނޫޅުއްވޭނެއެވެ. އަދި ގޭގައި ސިޔާސީ އެއްވެސް ބޭފުޅަކާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ކޮމިޝަނާ އޮފް ޕްރިޒަންސް އަށް މިއަދުން މިއަދަށް އެކަން ހަމަޖައްސައި ދިނުމަށް، މިހާ ހިސާބުން މުއިއްޒު ނުހޮވޭނެ ކަމުގެ ޔަގީން ކަން މި ލިބުނީ." ޖާބިރު ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވީ 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ާޕޮގުބާ

    އިނގޭދޯ ބަލިވެއަޖެކަން މިހާރު ޕީޕީއެމްމޮޅަށް ބުރަވަނީ

    43
    6
  2. އަހަރެން

    ކޮންމެ އެއްޗެއް ކިޔަސް އެމްޑީޕީ އަކަށް އަހަރެމެންގެ ވޯޓެއް ނުލިބޭނެ

    43
    8
  3. ޞބބބބ

    މި ބޯގޯސް ޖާބިރު މިބުނީ ތެދުވާހަކައެއްނަމަ މިސަރުކާރުން މިހާރު އެއުޅެނީ ރ.ޔާމީނަށް ވޯޓު އެޅިއަނުދޭންވެގެން، އެމަނިކުފާނު ރީރަޖިސްޓެރީ ކޮށްފައިވަނީ ޖަލަށް ކަމަށްވާތީވެ، ރ. ޢިބޫ ހެޔޮނިއަތެއްގަ ރ.ޔާމީނު ގެއަށް ބަދަލުނުކުރާނެކަމީ ޔަގީންކަމެއް

    36
    5
    • ޖައްލާދު

      އާން އެހެންވީރު ވޯޓު ލީމަ އަލުން ވިސްނާނަން ގެޔަށް ބަދަލް ކުރަން

      1
      3
  4. ޑައެލޯގް

    ޔާމީނަކީ ހިތްވަރުގަދަބޭފުޅެކެވެ. ޔާމީނަށް 3 މަރުހަލާގެ ޝަރީއަތް މިސަރުކާރުން ލަސްކޮށްފައިވަނީ ޖަލުގައި ބެހެއްޓުމުގެ ބޭނުމުގައެވެ. އެއީ އިންސާފުވެރި ޝަރީއަތެއްކޮށްފިނަމަ ޔާމީން ސަލާމަތްވާނެތީއެވެ.

    41
    5
  5. އައްދާރު

    ބަލިވާނެ ކަން އިބޫއައް ޔަގީންވީތީ

    51
    5
  6. މަރޮން

    މިހާހިސާބުން ޖާބިރާއި ޗޯރޭވެސް ވަގުތުން ޖަލަށްް ލުމަށް ގޮވާލަން ގާނޫނާއި ހިލާފަށްް ރ ޔާމީނަށް އަނިޔާދިން އެންމެން ހޯދާ ފިޔަވަޅު އަޅަންމިއަދު މަޖުބޫރުވެއްޖެ ގައުމުގަ ކަޅުއަތެއް ޖުޑިސަރީއަށް ބާނައިގެން އުޅޭމީހާ ހިފާހަށްްޔަރުކޮށް ގާނޫނުގެ ދިގުއަތް އޭނައާހަމައަށް ދިއްކުރަން އެބަޖެހޭ.

    48
    3
  7. އަހުމަދު ފަޔާޞް 1030

    ޖާބިރުގެ ރިޝޯޓް ތަކުން އަހަރުމެން ރައްޔަތުންނަށް ލިބެންޖެހޭ ބިލިއަން ރުފިޔާ މާފު ކޮއްދިނީމަ ދޯ ތިވަރައް ތިތެޅިބާލަނީ

    48
    3
  8. Anonymous

    މީ ބޮލަށް ބެރަ ވެއްޓިފެއި ހިންނަ މީހަށް

    43
    1
  9. ކޮއްޔާ

    ސޯލިހަކީ ވަރަށް ނުބައި މީހެއް ' ވޯޓެއް އިތުރަށް ލިބޭތޯ އަމިއްލަ އެދުމަށް މިހާރު އެތެޅިފޮޅެނީ ' ޑރ މުއީޒު ދެވަނަ ބުރުގައި ތަފާތު ބޮޑުކޮށް އިންތިހާބް ކަަމިޔާބު ކުރާނެ ' އިންޝާ ﷲ ....

    60
    4
    • އާދަމް

      މި ޖާހިލު މީހާގެ ކިބައިން ދާއިރާއާއި ޤައުމު ސަލާމަތްކުރައްވާށި.

      "ތިމާއީ ކާކުކަން ނޭނގޭކަމީ ހަމަގައިމުވެސް މޮޔަކަން
      ދިމާއަށް ފެންނަ ކަންތައްވެސް ނުފެންނަނަކަމީ މުޅިން މޮޔަކަން
      އަހަންނަށް ވުރެ ވަކިން މޮޅު މީހަކީ ނެތް މީހެކޭ ބުނަމުން
      ޖަހަންނަމައިން ތަނެއް ހޯދަން އުޅޭ ކަންވެސް އެއީ މޮޔަކަން
      އަލުން ދާށޭ މަގުން ސީދާ ކުށުން ހުރިހައި ވަމުން ތައުބާ
      މަަލުންދޭ މީރުވަސް ނުލިބޭކަމީ ހަމަ އެންމެ ބޮޑު މޮޔަކަން"

      19
      1
  10. އަހަންމަދު

    ޖާބިރު ކޮން އަގައެއް އަރުވާކަށް. ގެއަށްބަދަލުކުރަން ކޯޓުން ހުކުމުކުރިތާ ކޮންދުވަހެއް؟ ސޯލިހާ އިމުރާނާ ދެމީހުންގެ ނުބައިނުލަފާކަމުން ގެއަށް ބަދަލުނުކޮށްތިބީ. އެކަމުންވެސް ވެއްޓުނީ ޑިގު.! އެހެންވެ ޖާބިރު އަށް ޗާބީޖަހާފަ ދެން އެެއުޅެނީ ގެއަށް ބަފަލުކުރަން. ބަލަގަ އަހަރުމެން މިތިބީ ހަމަހޭގައޭ! ލޮލީމެނަކަށް
    އަހަރުމެނަށް ނޭގޭއެއްޗެއް ނެހެދޭއޭ! ކިތަންމެ ހަޔާތްކުޑަކޮށް އުޅުނަސް ކަލެއަކަށް އެކަކުވެސް ގަދަރެއް ނުކުރެއޭ! ދެން ތެޅިބާލާ.

    35
    2
  11. Anonymous

    ރާބޮއި ދުނިޔެމަތީ ބޭނުންހާ ގޮތަކައް އުޅެމުން ހެޔޮދުއާއޭ....؟؟

    32
    2
  12. މޯޑު

    މޮޔަނުގޮވަ މަޑުންހުރެވޭތޯބަލާ، ޔާމީންނޫޅުއްވަ ތިޔަކަހަލަ މުނާފިގުންގެ އަވާގަ ޖެހޭކަށް.

    36
    3
  13. ދިޔާނާ

    ޖީބުގަ ފުޅިއެއް ނެތްތަ

    28
    3
  14. ށަވިޔަނި

    ކަލޭމެންގެ ވިސްނުން އިނީ އިސްތިއުނާފް ނުކޮށް ރޔ ގެއަށް މިދަނޑިވަޅުގަ ބަދަލުކޮށް އިތުރަށް މުއިއްޒު ދައްކާވާހަކައިން ލިބޭ ވޯޓް މަދުކޮށްލުން ކަމަށްވަންޏާ ތިކަންވެސް ކަލޭމެން ކޮށްފާނެ. ޢެކަމް ބައިސިކުންތަކަށް ވެރިކަން ވެފައި އޮއްވާ ތި ޗަރުކޭހަށް ވޯޓް އިތުރު ނުވާނެ ކަމީ ނުހައްގު ހަރާމް ހުކުމެއްގައި ރައީސް ޔާމީން 1030 އަށްވުރެ ގިނަދުވަހު ޖަލުގަބާއްވައިގެން ކަފާލާތާއި އިސްތިއުނާފް ނަގާލާ ހިންގިނޖަރީމާއިން ރައްޔަތުން ކަލޭމެންނަށް ވޯޓް ޖުދޭނެކަން.

    31
  15. ނޫނޭ ނުލަފާ

    ބާކީ މިއޮތް 9 ވަރަަކަށް ދުވަސް ވަންދެން ކަލޭމެންނަށް ޔާމީނާ ކުޅެވިދާނެ. ގެއަށް ބަދަލު ކުރިޔަސް ދޫކޮށްލިޔަސް ޑރ. މުއިއްޒުއަށް އޮތް ތާއީދު ވާނީ އިތުރު. އިންޝާﷲ 30 ވަނަ ދުވަހު ކަލޭމެންގެ ވަސް މިގައުމުން ފިލައިގެންދާނެ. އެއީ ދިވެހީންގެ ރާއްޖެއަކަށް މިރާއްޖެ ނޭވާލާނެ ދުވަސް އިންޝާﷲ

    43
    1
  16. ދީދީ

    މިކަހަލަ ފުޅައަޅާފައި ތިބިމީހުން ގޮވައިގެން އުޅޭތީ މަމެންނަށް އިބޫ ކަމުނުދަނީ.

    15
    1
  17. ބޯހަލާކު

    މިއޮން ހުރިހާދުވަހު ގޮވީ ޔާމީން ގެއަށް ބަދަލުކުރުމަކީ ތިމަންނައާ ބެހޭކަމެއްނޫނޭ ސަރިއަތައް އަތްނުބާނާނަމޭ އެއީ ތިމަންނަ އޮތް ބާރެއްނޫނޭ

    15
    1
  18. އާދަމް

    މި ޖާހިލު މީހާގެ ކިބައިން ދާއިރާއާއި ޤައުމު ސަލާމަތްކުރައްވާށި.

    "ތިމާއީ ކާކުކަން ނޭނގޭކަމީ ހަމަގައިމުވެސް މޮޔަކަން
    ދިމާއަށް ފެންނަ ކަންތައްވެސް ނުފެންނަނަކަމީ މުޅިން މޮޔަކަން
    އަހަންނަށް ވުރެ ވަކިން މޮޅު މީހަކީ ނެތް މީހެކޭ ބުނަމުން
    ޖަހަންނަމައިން ތަނެއް ހޯދަން އުޅޭ ކަންވެސް އެއީ މޮޔަކަން
    އަލުން ދާށޭ މަގުން ސީދާ ކުށުން ހުރިހައި ވަމުން ތައުބާ
    މަަލުންދޭ މީރުވަސް ނުލިބޭކަމީ ހަމަ އެންމެ ބޮޑު މޮޔަކަން"

    8
    1
  19. ދެވޭ ރައްދެއް

    "މިތާ ހުއްދަނޫންހައި އެދުންތައް އިނގޭތޯ
    އެތާ ނަރަކަ ވޭނާއި ހޫނުގެ އިނގޭތޯ"

    10
    2
  20. ޗައުޗާކުޑަގޮފިލޮ

    ތިކަހަލަމުޑުދާރުއަގައަކުންނުވެސްދެއްކޭނެވާހަކަ ކޭބަލްކާރު އަޅާނިމުނީތަ މިފަހަރު ކިތައްމެލާރިބެހިއަސްކާށިދޫގޮޑިވެސްއަތެއްނުވާނެދެންހެދޭނެކޯލިޝަނެއްވެސްނެއް

  21. ޖާބޭ

    ވަގުތުން ވަގުތައް ދޫކޮށްލާ

    6
    1
  22. އަހުމަދު

    ވަގެއް

    2
    3
  23. 1206

    ތިޔައިން ވިޔަސް ވާނެ ކަމަކީ ސޯލިހަށް ލިބޭނެ ވޯޓު މަދުވުން. ވަރަށް ސަލާމް.

  24. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ތަރައްގީގެބާނީ ރައީސް ޔާމީންއަށް ހަރާންހުކުމެއްކޮށް މާފުށިޖަލުގެކުޑަގޮޅިއަށްލައި ކިތައްމެވަރަކަށް އަނިޔާދިނަސް އެމްޑީޕީގެ ސޯލިހުއަޅަކަށް ރައީސްޔާމިންނުވާނެ އަދިއެއްވެސް މީހަކުގެފައިބުޑަށްވެއްޓި ރޮއިއާދޭސްކުރާމީހަކަށްވެސް ނުވާނެބޭނުމީ ކޯޓުމަރުހަލާގަ އިންސާފްވެރިސަރީއަތަކުން މިނިވަންވާން ކަށިފުރޭނިގެންދިޔައަސް ތީގެންއެވެސްތޯލޫތެއްގާތުރޮއި ހޭރިނުގަންނާނެ ހަސްބުނައްﷲވަނިއުމަލްވަކީލް

  25. ޔޫސުފް

    އެއީ މާގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމެއްތަ