ޗައިނާގެ ބައިނަލްއަޤުވާމީ އެހީތަކާއި ބެހޭ އެޖެންސީ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔާ ވަންގް ޒިއައޮޓާއޯ އަށް ހުޅުމާލެ ތަރައްޤީ ކުރުމަށް ހިންގަމުން ގެންދާ މަޝްރޫޢުތަކުގެ މައުލޫމާތު މިއަދު އެޗްޑީސީ އިން ދެއްވައިފިއެވެ.
ވަންގް ޒިއައޮޓާއޯ ހުޅުމާލެ އަށް ޒިއާރަތް ކުރެއްވެވިއިރު އަރިހުގައި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
Representative for the Sinamalé bridge opening ceremony from the Government of China H.E. Mr. Wang Xiaotao was welcomed to Hulhumalé, where he was briefed about the ongoing developments in #Hulhumalé and provided a tour around the city. #HDCMaldives pic.twitter.com/3hAtdZzfhP
— Urbanco (@hdcmaldives) August 30, 2018
ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔާ ވަންގް ޒިއައޮޓާއޯ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ މިރޭ ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔާ ވަންގް ޒިއައޮޓާއޯ ބައިވެރިވެ ވަޑައިގަންނަވާނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގްގެ ހާއްސަ މެހެމާނެއްގެ ގޮތުންނެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީ އިފްތިތާހް ކުރީ މިއަހަރުގެ އޭޕްރިލް 18 ވަނަ ދުވަހު އެވެ.
އެއެޖެންސީގެ މައިގަނޑު މަސައްކަތަކީ ބައިނަލްއަޤުވާމީ އެހީތައް ދޭނެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް ގައިޑްލައިންތައް އެކުލަވާލުމެވެ. އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމެވެ. މީގެ އިތުރުން ފޮރިން އެއިޑް ސިސްޓަމް ރިފޯމްކޮށް ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ ވެސް އެޖެންސީގެ ޒިންމާއެކެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔަކަށް އައްޔަން ކުރައްވާފައިވާ ވަންގް ޒިއައޮޓާއޯ އަކީ މީގެ ކުރިން ވެސް ޗައިނާގެ ވަރަށް އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
މިއަދު ޗައިނާ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމަށް ހެދުމުގައި ވަންގް ޒިއައޮޓާއޯގެ ދައުރު ވަރަށް ބޮޑެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގް އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައެވެ.
ވަންގް ޒިއައޮޓާއޯގެ އިތުރުން ވެސް ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން މިރޭ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.
ބަޔަކު ހީކަރުވާނެ މިރޭ.
މިއަޑުތައް ކަޑުވާލުމަށް އިދިކޮޅުމީހުން ވަރަށް މަސައްކަތްކުރާނެ.. މިއީ މިހާރު ރައްރަށުގަ ހަމަނުޖެހުން ހިންގާކަމަކީ... މިހާރުން ފެށިގެން ފުލުހުން ވަރަށް ހުށިޔާރުވާންޖެހޭ މާރާމާރީތަ ހިގާނެ. ވީމާ ފުލުހުން ވަރަށް ސަމާލުވޭ..