މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖުގެ ހަޤީޤީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އަލީ ވަޙީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، މި ބުރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ވަނީ، ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުން ކަމުގައި ވާތީއެވެ.
"ބުރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުން." ކުރިން އެމްޑީޕީގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ އަކީ ވަޙީދު ވިދާޅުވެފައިވެއެވެ.
Bridge ge milkuverinnakee dhivehi rayyithun. Loan aai dharanyyah zinmaa vaanee dhivehi rayyithun. Mirey vaguthee ufalah israaf kollaaneeves dhivehi rayyithunge faisaa. Kithanme havayeh eruviyas dhivehi rayyithunnah kuri aniyaa hithakun nufilaane. Bo fenaa narudhamaa adhives neiy.
— Ali Waheed (@ali20waheed) August 30, 2018
މީގެއިތުރުންވެސް، އޭނާ ވިދާޅުވެފައިވަނީ، މިރޭ ބުރިޖު ހުޅުވުމަށް ބާއްވާ ކުލަގަދަ ޙަފްލާއަކީވެސް އިސްރާފެއްކަމަށެވެ. އަދި، އެއީވެސް ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއްކަމަށެވެ. އަދި، ކިތަންމެ ހަވައެއް އެރުވިކަމުގައިވިޔަސް، ރައްޔިތުންނަށް ކުރާ އަނިޔާ ހިތުން ނުފިލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ކިތަންމެ ހަވައެއް އެރުވިޔަސް ރައްޔިތުންނަށް ކުރާ އަނިޔާ ހިތަކުން ނުފިލާނެ. ބޯ ފެނާއި ނަރުދަމާ އަދިވެސް ނެތް." އަލީ ވަޙީދު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ޒައާމަތުގައި، ގިނަ ރަށްތަކެއްގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށް، އަދިވެސް ގިނަ ރަށަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ ކޮންމެވެސް މަޝްރޫޢެއް ހިނގަމުންދާއިރު، ޤައުމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނޭފަދަ މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ. މިފަދަ ކަންކަން ކުރަނީ، ލޯނު ދެއްކޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންކަމަށް، ރައީސް ޔާމީންވަނީ އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.
ނޫން ނޫން ބޭބޭ! ބޫން ބޫން ބޫން!!!!! ކަލޭ އެކަނި!!!
ކަލޯ ގަންނަން ރައްޔިތުންގެ ކިތައް ރުފިޔާ ހަރަދު ކުރިތަ ނަޝީދު. މަޑުން ހުރޭ.. އޯކޭ...
ކަލޭ އަދިވެސް ތި ދިރުވަނީ ރައްޔިތުންގެ ފައިސާ އެއްނު. ހޮޅިވާހަކަ ނުދައްކާ ޖަރުމަނުގަ ހުރެވޭތޯ ބަލާ. ވޯޓުވެސް ލެވޭބައެއް ނޫނެއްނު.
ތިއީ ކިއްލި ތަޅައިގެން ހޯދި ފައިސާއިން އަޅާފައި އޮތް ބްރިޖެއް! ކެކެކެކެކެކެކެކެ
ބުރިޖުގެ މިލްކުވެރިއަކީ މައިބަދަ ގޮނޑިދުއްވާ ކަލޭގެ
ކަލޯމެންނަށް މުޒާހަރާ ކުރަން އެނގޭނީ ލޮލް
އަވަހަށް އާދޭ ރޯކުރަން
ކަލެޔަށްވެސް ހަޖަމު ނުވީދޯ؟ ކަރާފަނިތައްޓަކާ އެކު ޖުއްލާބު ކާޑެއްކާލާ.
މިއީ ކާކު އަނގަ ގަދަ ކުރަނީ ކަލޭމެން މިރާއްޖޭގެ ކަންކަމާ ނުބެހި އުޅުން ދަސްކުރަން ވެއްޖެއެއްނު. ބަންގާޅީންނޭ މިކިޔާ މީހުން ތިޔަކަހަލަ ޓްވީޓް ކުރަން މާ އައުލާކަންބޮޑު
ބުރިޖްގެ މިލްކުވެރިންނަކީ ކަލޭ... ހާދަ ލަދު ކުޑައޭ އަލީ ވަހީދު ކަލޭގެ.. ގައުމަށް ގައްދާރު ވެފަ ތިބި މީހުން ތިޔައީ...
ތޮއްޑޫ ވައިކަރާ، ކަލޭ ހަޖަމުނުވެގެން އެއްޗެކޭ ނުބުނެ ނުހުރެވުނީ ދޮަ؟؟އެންޑީޕީ އަޢުވާނުން މަލޭ ގަންނަން ދިން ލާރިކޮޅު ހުސްވެގެން އަނެއްކާ ރޯޑުކުރަން ބޭނުންވީތަ؟؟
ހާދާހާކަޑިކޮސްވާހަކަ ޢަލީވަހީދުބުނެދޯ ބުރިޖުގެ މިލްކުވެރިންނަކީ ރައްޔިތުން ރަގަޅު ރައްޔިތުންވޯޓުލައިގެން ހޮވިމީހާއަކީ ރައްޔިތުންގެ މީހެއްނޫން ކަމަށްތޯ ތިބުނުއްވަނީ އެހެއްވެއްޖިއްޔާ ތިޔައީ ދެއުޅިއެއްނުބާ ފޮނިރަހައެއްނުލާ ހުސްބޮލެއް
ބުރިޖުގެ މިލްކުވެރިންނަކީ ކަރާ އޮށްތަށް ވަރައްތާހިރުވެއްޖޭނުން އަނގަދިޔާވީދޯ ތީ ގައުމައްގައްދާރުވެފައިވާ ގައްދާރެއް މީ ވަރައްވާހަކަ ގަމާރާ...
ނޫނޭ ކަލޯއެއީ ކައެއެކަނި އެއްޗެއް. އިނގިއްޖި