ބާސެލޯނާއިން އާސެނަލްގެ އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ޖޯޖިންހޯއަށް ފާރަލާން ފަށައިފިއެވެ.

އިޓަލީގެ ތަރި ޖޯޖް ލުއިޒް ފްރެލޯ ފިލްހޯ، އާންމު ނަމުންނަމަ ޖޯޖިންހޯއަށް ސްޕެއިންގެ ބާސެލޯނާގެ މަގްބޫލުކަން ލިބި ބާސެލޯނާއިން ޖޯޖިންހޯއަށް ބިޑްއެއް ހުށައަޅާނެކަމަށްވެއެވެ.

ޖޯޖިންހޯއަކީ ނަޕޯލީ އަދި ޗެލްސީގައި މުހިންމު ރޯލެއް އަދާކުރަމުންދިޔަ ކުޅުންތެރިއެކެވެ. ނަޕޯލީގައި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުޅުނު 160 މެޗުން ޖޯޖިންހޯ ވަނީ 6 ލަނޑު ނަޕޯލީއަށް ކާމިޔާބުކޮއްދީފައެވެ. އަދި ހަމައެއާއެކު ޗެލްސީއަށް ކުޅުނު 213 މެޗުން ޖޯޖިންހޯ ވަނީ 29 ލަނޑު ކާމިޔާބުކޮއްދީފައެވެ. ޖޯޖިންހޯ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގް ، ފީފާ ކްލަބް ވޯލްޑް ކަޕް ، ޔޫރޮޕާ ލީގް ، ޔުއެފާ ސުޕާ ކަޕް އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަަގާމުވެސް ހޯދައިފައެވެ. މި އަހަރު ޖަނަވަރީ މަހު އާސެނަލާއި ގުޅުނު ޖޯޖިންހޯ މި ސީސަނުގައި ވަނީ 6 މެޗްގެ ސްޓާޓިންގ ލައިނަޕްގައި ހިމެއެނިފައެވެ.

ޖޯޖިންހޯ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮއްފަ/ ގެޓީ އިމޭޖަސް

އިންޓަނޭޝެނަލް ލެވެލްގައި ޖޯޖިންހޯއަކީ އިޓަލީއަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. 2016 ވަނަ އަހަރު އިޓަލީގެ ޓީމާ ގުޅުނު ޖޯޖިންހޯ ވަނީ އިޓަަލީއަށް ކުޅުނު 48 މެޗުން 5 ލަނޑު އިޓަލީއަށް ކާމިޔާބުކޮއްދީފައެވެ. އަދި ޖޯޖިންހޯ ވަނީ ޔޫރޮޕިއަން ޗެމްޕިއަންކަން ހޯދައިފައެވެ. ޖޯޖިންހޯ ވަނީ އިޓަލީގެ ޔޫރޮޕިއަން ޗެމްޕިއަންކަން ނެގުމުގައި ވަރަށް އިސް ރޯލެއް އަދާ ކޮއްފައެވެ.

ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް / ސްކައި ސްޕޯޓްސް

ބާސެލޯނާއިން ޖޯޖިންހޯއަށް ފާރަލުމުގެ މައިގަނޑު ސަބަބަކީ މި އަހަރު ލަލީގާ ކާމިޔާބުކޮއް ޗެމްޕިއަންސް ލީގްގައި ރަނގަޅު ހިސާބަކަށް ދިޔުމަށް ރަނގަޅު ކުޅުންތެރިން ޓީމަށް ގެނައުމަށް ނުވަތަ ޓީމް ބަދަލު ކޮއްލުމަށް އެ ޓީމުގެ ކޯޗް އަދި ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭސް ވިސްނާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު