ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް(އެފްއެސްއެމް)އިން ނައްތާލީ ދުވަސްވެ ހަލާކުވެފައިވާ ލިޔުންތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެފްއެސްއެމްގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި މައްސަލަ ފަޅާ އަރުވާލީ އެ ކުންފުނީގެ މުވައްޒިފެކެވެ.

އެ މައްސަލައިގައި އެ މުވައްޒަފު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އެފްއެސްއެމްއަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އެފްއެސްއިިމްއިން ވިދާޅުވީ ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށެވެ.

އަދި ކުންފުނީގެ ނަން ކިލަނބުކުރަން އުޅޭ ކަމަށް ވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.

އެފްއެސްއެމްއިން ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ލިޔުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ވެސް މެމްބަރުން ތުހުމަތު ކުރައްވައެެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ޜަޝީދު (ބޮންޑެ) މިއަދު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ލިޔެކިއުންތަކާ މެދު އަމަލު ކުރަން ޖެހޭނީ އެގޮތަށް ނޫން ކަމަށެވެ.

ބޮންޑެ ވިދާޅުވީ މެޝިނުން ގަށާލި ލިޔުންތަކުގެ ތެރޭގައި މަސްވެރިންނަށް ދީފައި ހުރި ސަބްސިޑީއާއި އަދި ކޮވިޑްގެ ތެރޭގައި ހިންގި ތެލޮގެ ބޮޑު ވައްކަމުގެ މައްސަލައިގެ ލިޔުންތައްވެސް ހިމެނޭ ކަމަށެވެ.

"ކުރިއަށް މި އޮތް ހަވާލުވާ ސަރުކާރުން މި މައްސަލަ ބަލަން ޖެހޭނެ. މި މައްސަލައަކީ ޕްރޮސިކިއުޓް ކުރަން ޖެހޭ މައްސަލައެއް. އަޅުގަނޑުވެސް މި މައްސަލައިގެ ސަމާލުކަން އެސްޓީއޯގެ ހެޑް އޮފީހަށްވެސް ގެނެސްދީފައި. އެ ފަރާތުންވެސް އޮތީ ސިޓީވެސް ފޮނުވާފައި. އެކަން ހުއްޓުވަންވެސް އަންގާފައި އޮތީ. އެ ގަށަގަށާ އޮއްވަ ހުއްޓަން އަންގާފަ." ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފުތާ

    ނޫސްވެރިން ބަލާބަ ކިހާ ހިސާބެއްގަތޯ ވީ އެފްރިކާގަ ހިފެހެއްޓިކަމަށް ބުނާ ތެޔޮބޯޓް .

    18
    1
  2. މާރީ

    މިޔޮތްވީހާދުވަހު ނައްތާނުލާފަ ވެރިކަން ނުލިބުނީމަ ކުރީގެޔޯ

    23
    1
    • ކައިދާ

      ޢެހެން ނޫނަސް ލިޔިންތައް ނައްތާލަނީ އަންދާލައިގެން ނުވަތަ ޝްރެޑް ކޮށް ގެން އުވަގަށާ މެޝިަނަށް އަޅައިގެނެއް ނޫން މިކަމުންވެސް އެބަ އެނގޭ ނުބައެއް އުޅޭކަން .

      11
      1
  3. ހުސޭނުބޭ

    ލިއުންތަކަށް ދުވަސްވީ ހަމަ ކުއްލިއަކަށް. އެއީ އެތަކެތި ހޯދަން އައުމުން. މުޅި ޤައުމު ކައިގެން އެ އުޅެނީ.

    26
    1
  4. ށަފްގަަަަ

    ޜިތި

  5. ވަގުންގެސާރކާރު

    ޢީސީ ސަރީފް ވެސް ނައްތާލީ ދުވަސްވެފައިހުރި ވޯޓް ކަރުދާސް

  6. މުވައްޒަފު

    އެމްޑީ ގަސަމް އާއި އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ގެ ކޮރަޕްޝަން ނައްތާލީ. ހާދަ ޖަރީމާއެއް މިދެމީހުން ހިންގިޔޭ

    5
    3
  7. މުޖުތަބާ

    އެ ލިޔުންތައް ނައްތާލުމަކީ ކޮންމެހެން މި ދައުރު ނިމުމުގެ ކުރިން ކުރަންޖެހޭ ކަމެއްބާ... މި ދައުރުގަ ކޮށްދިނުމަށް ވީ ވަޢުދުތައް ފުއްދަން އަވަސް އަރުވާލިނަމަ ކިހާ ރަނގަޅު..

  8. މުގުނީ އުތުރު ދާއިރާ

    ކޮބާހޭ ރާއްޖެ ގެންނަން ބުނި އާ 2 ތެޔޮބޯޓު

    13
  9. ޖައިލަމް

    މިސަރުކާރު ބަދަލުވާއިރަށް މިކަހަލަ ނުލަފާ ކަމެއް ކުރާނެ. އީސީ ޝަރީފެކޭ ކިޔާ ހިމާރުވެސް އެމީހުން އެ ގުނާގޮތަށް ވޯޓު ގުނުމަށްފަހު 3 ފޮށީގެ ވޯޓު ތިލަފުއްޓަށް ގެންގޮސްގެން ނައްތާލީ ދާއިމީ ނަތީޖާ އިއުލާނުވެސް ނުކުރަނީސް މިއަންނަ ސަރުކާރުން އެނުލަފާކަލޭގެޔަށް ހައްޤު އަދަބު ދޭން ގޮވާލަން

  10. އާދަނު

    ތެލުގެ ވިޔަފާރިން ވެރިން ނެގި ކަޓު އެގިދާނެތީ ނައްތައިލީ! ކޮން ވާހަކައެއްދައްކާކަށް!

    2
    1