ފޮރުވަންޖެހޭ ނާޖާއިޒް މަންފާއެއް ލިބޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ގަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގާމުގެ ހައިސިއްޔަތުން އެއްވެސް ނާޖާއިޒް ފައިދާއެއް މިހާތަނަށް ނަގާފައި ނުހުންނާނެ ކަމަށާއި އަނބިދަރިންނަށް ކާންދެނީ އޭނާ ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާއިން ކަމަށެވެ. އަދި އޭނާ ހުރީ މައިންބަފައިން ދެއްވި ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

"ކުންފުނީގައި އަޅުގަނޑު ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައިވަނީ ކުންފުނީގެ ކުރިއެރުމަށް. ފޮރުވަންޖެހޭ ނާޖާއިޒު މަންފާ އަޅުގަނޑަށް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާކަމުގެ ޔަގީންކަން އަރުވަން،" ގަސަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ލިޔެކިޔުންތައް ނައްތާލުމަކީ އޭނާގެ ބެލުމުގެ ދަށުން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ދައްކަން ބަޔަކު މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި އެ ލިޔެ ކިޔުންތައް ނައްތާލީ އޭނާ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށެވެ.

ތިލަފުށީގައި އެފްއެސްއެމްގެ މަސައްކަތްކުރާ ސައިޓެއްގައި ކޮންކްރީޓް ގަށާ މެށިނަކަށް އަޅައި އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ފެންމަތިވީ މީސްމީޑީޔާގައި ވީޑިޔޯއެއް ދައުރުވާން ފެށުމުންނެވެ. އެ މައްސަލާގައި އެ ކުންފުނީގެ މުވައްޒަފަކު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލިޔެކިޔުންތައް ނައްތާލުން ހުއްޓުވައިދިނުމަށް ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅައިފައެވެ. އަދި އެފްއެސްއެމުން ލިޔެކިޔުންތައް ނައްތާލި މައްސަލަ ގައުމީ އަރުޝީފުން ވަނީ ފުލުހަށް ހުށަހެޅުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ކީއްވެ ސިއްރުން ލިއުންތައް ނައްތާލީ. އަދި އެކަން ބޭޒާރު ކޮއްލި މުވައްޒަފު ވަޒީފާއިން ވަކިކުރީ ކީއްވެ.

    12
  2. ކިނބޫ

    ސަރުކާރުގެ އެއްވެސް ލިޔިކިއުމެއް ބޭނުންހާގޮތަށް ނައްތައެއް ނުލެވޭނެ، ލިޔުމެއް ނައްތާލާނަމަ އޮޑިޓް އޮފީހުގެ ހުއްދަވެސް އޮންނަން ޖެހޭނެ

    11
  3. މާރިޔާ ބާރަށް

    މިމަރުހަލާގަ އަންދާލީ ކާވަނީގެ ސެޓްފިކެޓްތަ؟

    12
  4. ޙަދު

    މާ މޮޅު ވާހަކަ ނުދައްކާ.ތީ ކަރަޕްޝަންގެ އައްޕަ އެއް

    12
  5. ނާނިކަން

    އިންޑިޔާ ސިފައިންވެސް ނުތިބޭނޭ ބުނީ އެކަމަކު އެބަތިބި ؟ 2018 ވޯޓް ތައްވެސް ނައްތާލިގޮތައް ލިޔުންތައްވެސްތި ނައްތާލީ ޝައްކުނުކުރާވަރެއްނޫން މިގޮތައްކަންތައްތައް ކުރާތީ

    10
    1
  6. ބަސަމް

    ސުވާލަކީ ޤައުމީ ޢަރުޝީފަށް ހުށަހަލާ ލިޔުންތައް ނައްތާލުމުގެ ހުއްދަ ނުހޯދީ ކީއްވެތޯ އަވަސް އަރައިގަނެ ހާސްވެ ތެޅެމުން ފޮޅެމުން އުވަގަށާ މެށީން ލިޔުން ނައްތާލަން ބޭނުންކުރަން ނޖެހުނީ ކީއްވެތޯ

    10
  7. މުގުނީ ގޮފި ޔާސިރު ފެކްޝަން

    ކޮބާހޭ ގަތް ތެޔޮ ދެބޯޓު

    11
  8. އސމޢލ ( އޮޕަރޭޝަން)

    ދެންކީއްވެތަ ލިޔެކިއުންތައްއަންދާލީ. ކަލޭތީ ވަގެއް

    10
  9. ދެބޯގެރި

    އެއްވެސް މީހަކު އެމީހަކު ބައްކަންކޮށް އެކަންކުރިވާހަކައެއް ނުބުނާނެ އެފްއެސް އެމްގެ އެންމެ ބޮޑު ތެޔޮ ބާޖު ތިނަދޫ ކައިރީ ބާއްވައިގެން ތިޔަ ހިންގަނީ ކޮން ޖަރީމާއެއްތޯ؟

    11
  10. ލޫޓުވާ

    އެފްރިކާއިން ހިފެހެއްޓި 2 ބޯޓުގެ ކަންކަން ސާފުވާގޮތެއް ނެތްތަ.
    އެފްއެސްއެމްއިން އައުޓްސޯސްކޯށް ކޫއްޑޫއަށް ތެޔޮ ވިއްކާ ކުްނފުނީގަ ހިމެނޭ ފަރާތްތައް ބަލާދީބަަލަ. އެއިރުން އެދައްކާ ވަހަކަ ގަބޫލުކުރެވިދާނެ. ދެން މިދުވަސްކޮޅުގަ ކީއކުރަން ލިޔުންތައް ނައްތާލަންވީ ދުވަސްވިޔަސް ބާވިޔަސް. ޝައްކުއުފެދޭ.

  11. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މީނާ މި ބުނަނީ މީނާ އަކީ ރަނގަޅު މީހެކޭ. ޝަރިއްޔަތް ކޮށް ބަލައިފި-ނަމަ ދަޢުލަތު ގެ ލިޔެކިޔުން ނައްތާ-ލުމުގެ ކުށް ގަސަމް އަށް ސާބިތު ވާނެ. އިބޫ ވެސް ބުނަނީ އޭނާ ގެ ދަރިންނަށް ކާން-ދެނީ ޙަލާލު ތަކެތި ކަމަށް!!! ނަމަވެސް އިބޫ ކޮށްފަ އޮތް ބޮޑެތި ވައްކަން ފެއްނަން އެ އޮތީ!!!

  12. ފުތާ

    އެފްރިކާގަ ހިފެހެއްޓި ކަމަށް ބުނާ ތެޔޮ ބޯޓް ކޮބާހޭ؟

  13. ދަވާލާ

    ވައްކަމެއްނުކުރޭ ، ނަމަކީ ގަސަމް ވީމާ ލިޔެކިއުންތަށް ވެސް ގަށާލީ ، ލޯ ލާރިއެއްގައި ވެސް ނުޖެހޭ ގައުމުގެ ހަޒާނާ ދަވާލީ ޗޯރޭ ޗޯރޭ ޗޯރޭ

  14. ޙައްގުބަސް

    މަކަރާއި ހީލަތުން ތިމާއަށް މަންފާ ލިބޭގޮތަށް ތެޔޮ ވިއްކުމުގެ އެތައް ކަމެއްކޮށްފައިވޭ!! ގދ.ގައި ތެޔޮ ފޯރުކޮށްދެނީ ކާކުގެ މަސްލަޙަތު އޮންނަ ކާކު އަޑީގައި ހުރެގެން ހިންގާ ކުންފުންޏަކުންކަން ނޭނގޭ މީހަކު ނުހުންނާނެ!! އެކުންފުންޏަށް މަންފާ ލިބޭގޮތަށް އެތައްކަމެއް ކޮށްފައިވޭ!! އެހެންވީމަ މޮޅުވާހަކަ ނުދައްކާ!! ކަންކަން ރަގަނޅަށް ބަލާ ތަހްގީގުކޮށް ފިޔަވަޅުއެޅުމުގެ ގާބިލްކަން މިގައުމުގައިނެތީ!! އެހެންނޫންނަމަ ރައްޔިތުންގެ ފައިސާއަށް ޙަރާމްކޯރުވެގެންތިބެ ބޭނުންހާ އަނގައެއް ނުތެޅޭނެ!! ކިތައް މީހުންތޯ މިގައުމުގައި އެތިބީ ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަންތައް ކޮށްގެން ކާލައިގެން ހީލަހީލާ!! ކުރެވޭ އެއްވެސް ކަމެއްނެތީމާ އެހެން އެއުޅެވެނީ!! ގާނޫނު އޭގެ އެންމެ ފުރިހަމަ މާނައިގާ ނެގެހެއްޓޭނަމަ ކޮރަޕްޓް ވަގުންނަށް ތިގޮތުގައި ނުތިބެވޭނެ!!

  15. ރައިތުން

    ތިކަން އެގޭނެ ބެލީމަ މައްސަލަތަށް

  16. ހހ

    މިއަދު ތިވާހަކަ ޤަބޫލްކުރާނީ ކާކުތޯ؟ ތި ދައްކަނީ ރަގަޅު ވާހަކައެއް ކަމަށް ނުވާނެއެކޭ ނުބުނަން. އެކަމު ކަން ހިނގާ ދިޔަގޮތުން، ނައްތާލަން ބޭނުންވި ހުރިހާ ލިޔެކިޔުމެއް ޔަޤީނުން ވެސް ނުހޯދޭނެވަރު ކޮށްފަ އެކަމުގެ ހިތްހަމަޖެހުން ލިބުނީމަ ކުރި ޓްވީޓަކަށް ވެސް ނުވާނެ އެކޭ ބުނާކަށް ނެތިން.

  17. ރަޝީދު

    ކާކުތޯ އަމިއްލައަށް އެއްބަސްވާނީ ވައްކަންކޮށްފަ ކުރިކަމަށް؟ އެހެންވީމަ މިކަހަލަ ހަބަރުން ހަބަރު ގެނައުމަކީ ބޭކާރުކަމެއް

  18. ޚިސާން

    .ތިހާ ތެދުވެރި އެއް ނަމަ ސިމެންތި ގަށާ މެސިނެއް ބޭނުން ކޮއްގެން ތިކަން ކުރުމުގެ ބޭނުމެއް ނެތް..ވަގުން ގެ ވަށި ބާރައް ބަންނާނެ..

    4
    2
  19. އަބްދޫ

    ޒިންމާ އުފުލަންޖެހޭނީ ނާޖާއިޒް މަންފާ ތިމާ ލިބިގަތީމަ އެކަންޏެއްނޫން . އެހެން މީހަކު ބުނެގެން ދަވްލަތުގެ ނުވަތަ ރައްތިތުންގެ ފައިސާއިން އެހެން މީހަކަށް މަންފާ ހޯދަދޭން ހަރަދުކުރުމަކީ ވެސް ތިމާ އެހަރަދުތަކުގެ ޒިންމާ އުފުލަންޖެހޭ ކަމެއް.

  20. ޏަމްނާ

    .ސިމެންތި ގަށާ މެސިނެއް ބޭނުން ކޮއްގެން ތިވަރު ކަމެއް ކުރީމަ އެބަ އިގޭ .ކަރެޕުޓުވަރު

  21. ހުސޭނުބޭ

    އެހެންވިއްޔާ ދައުރު ހަމަވެގެން މަޢުލޫމާތު ހޯދަން އުޅުމުން ކޮންކްރީޓް މެޝިނަކަށް ލިއުންތައް އަޅައިގެން އެ ގިރީ ކޮން ޖޫހެއްތަ؟ އަދި ނުވިތާކަށް އެތަން ވީޑިއޯ ކުރި މީހާވެސް ސަސްޕެންޑްކޮށްފި. އަނގަ އޮތިއްޔާ ކޮށްކޮށްއޮއްވައި އަތުގައި ހިފިއަސް އެއްބަހެއް ނުވާނެ!

  22. ޖަޒީރާމަނިކު

    އެއްވެސް މީހަކު ނާޖާއިޒު ފައިދާއެއްނުނަގާ. މުޅިންވެސް ނަގަނީ ޖާއިޒުފައިދާ. އެހެންވީމަތާ ކުންފުނިތައްދަރާ ބަނގުރޫޓުވަމުންދަނީ. މަސައްކަތްކުރަނީ ކުންފުނީގެ ފައިދާއަށް. އެކަމަކު މިލިއަނުން ބިލިއަނުން ދަރަނިވެރިވަނީ.