ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ތިން ކުންފުނި ކަމަށްވާ މިފްކޯ، އެފްއެސްއެމް އަދި މޯލްޑިވްސް ގޭސްއަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފިއެވެ.

އެގޮތުން މި މަޤާމްތަކަށް އައްޔަން ކުރެވުނު ބޭފުޅުންނަކީ:

    • މިފްކޯގެ އެމްޑީއަކަށް އަހުމަދު ޝަމާހް ރަޝީދު
    • އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރީ އިސްމާއީލް ސުހައިލު
    • މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހަމަޖެއްސީ އަބްދުﷲ މުހައްމަދު މަދަނީ (އަބްދުﷲ) އެވެ.

އެސްޓީއޯ އިން ވަނީ ތިން ކުންފުނީގެ އާ ވެރިންނަށް މަރުހަބާ ކިޔައި، އެންމެ ފަހުން ތިން ކުންފުނީގައި އެމްޑީކަން ކުރެއްވި ބޭފުޅުންނަށް ޝުކުރު ވެސް އަދާކޮށްފައެވެ.

އެސްޓީއޯގެ އާ އެމްޑީއަކަށް މިސަރުކާރުން އައްޔަންކުރީ ޝިމާދު އިބްރާހީމެވެ. އެސްޓީއޯގެ ބޯޑް މެމްބަރެއްގެ ގޮތުގައި ކުރިންވެސް ހުންެނެވި ޝިމާދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަރަނި

    އެމް.ޑީ ން ތަކަށް ބަލާއިރު މުއިއްޒު ސްޕީޑުގައި ހިންގޭ ވަރުގެ ލީޑަރޝިޕާއި ގާބިލް ބަޔަކު ގިނަ ކުންފުނިތަކަށް އަންޔަން ނުކުރޭ.

    12
    • ހިކި ކިރު

      މީގަ މުޙިންމީ ހިންގުން ތެރިކަމެއްނޫނޭ! މުޙިންމު ކަމަކީ 5 އަހަރު ނިމޭއިރު އެވެރިން މަހުޖަނުންނަށް ވުން ، ނުވަތަ ކުންފުނި ބަނގުރޫޓުވުން.

  2. Anonymous

    ބޯހުދު އަބުދޯ މެންނަކީ އަނގައިން ތިހިސާބަށް އައި ބަޔެއް. މުއައްޒަފުންތަކެއް ގޮވައިގެން އަސާސީ ހިދުމަތަކާއި ގުޅުންހުރި ވިޔަފާރި ކުންފުންޏެއްގެ އެންމެ އިސް މީހެއްގެ ގޮތަށް އެ ޒިންމާ އަދާ ކުރެވިދާނެ ޝަޙްޝިއްޔަތެއް އަބްދޯ މެން ގައިގައި ހުރިތަނެއް ނުފެނޭ .. އަބޮދޯ އޭ ބުނީމައި ސިފަވަނީ ހަޖަމު ޕްރޮގްރާމް

    11
    1
  3. ސުއްބު

    ސަމާހު. އެމްޑީޕީ އަށް ހުސްވެފަ ހުންނަ ސަމާހު. ކީކޭ ދެން ބުނާނީ

  4. ޢަލީ

    ތިޔަތިބީ ކިޔަވައިގެން މަތިމައްޗަށް ޑިގްރީ ނަގައިގެން ތިބި ޤާބިލް މީހުން! ޝުކުރިއްޔާ

  5. Anonymous

    ދެންކާލާނީ ޕެޓީކޭޝްއާ ތަނުގަހުންނަ ލާރިތަކެއްނޫން އެގޮތްމިގޮތައް. މިހާރު މިގައުމުގަ އާއްމުވެއްޖެ ޓައީއަޅާފަތިބޭވަގުންގެ ކަންކަން