އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވާ ދުވަސް އަންނަ މަހު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ފަހު މަޖިލީސް އިންތިހާބަަށް ވާދަ ކުރެއްވުމަށް ބޭނުންވާ ގިނަބަޔަކު މިހާރު ދަނީ އެކަން އިއުލާނު ކުރަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރަައީސް އަދި ތަރުޖަމާނު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބު ބޭއްވިފައިވަނީ އެ އަހަރު އޭޕްރިލް ހަ ވަނަ ދުވަހު ކަމަށެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،442 މީހަކަށް ލިބުނުއިރު، ވޯޓު ދީފައި ވަނީ 215،053 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޯޓުދިން މީހުންގެ އިންސައްތަ %81.32. ސައްހަވީ 210،253. ބާޔިލް 4،800 ވޯޓު. އިންތިހާބަށް ކުރިމަތިލީ 407 ކެންޑިޑޭޓުން. އެމްޑީޕީ 86، ޑީއާރުޕީ 5، އަދާލަތު ޕާޓީން 9، ޖޭޕީ 41، ޕީޕީއެމް 26، އެމްޑީއޭ 8، އެމްޓީޑީ 8، ލޭބަރ ޕާޓީ 11، ޕީއެންސީ 23، އަމިއްލަގޮތުން 190. ނަން އަނބުރާ ގެންދިޔައީ 16. ކެންޑިޑެސީ ބާތިލް ކުރި 5، އިންތިހާބުގައި ވާދަކުރީ 386 ކެންޑިޑޭޓުން. ހޮވުނީ 83 ފިރިހެން މެންބަރުން، 4 އަންހެން މެންބަރުން، ޖުމްލަ 87 މެންބަރުން.". އޭނާ ވިދާޅުވިއެވެ.

‏ހަބީބް ވިދާޅުވީ، މަޖިލީސް އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، މަޖިލީހުގެ އިންތިހާބު 2024 ބޭއްވޭނީ އެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށެވެ.

އަދި އިންތިހާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް. އެއީ ގާނޫނު އޮތްގޮތުން ދިމާވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީސްގެ 20 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރ މަހުގެ ތެރޭގައި އާންމު ކުުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މަޖިލީސް އިންތިހާބު 2024 ބާއްވާނެ ތާރީހެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިހާބީ ދާއިރާތައް ފައިނަލް ވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ހިއްސާ ކުރުމަށްޓަކައި، އެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ އާންމު ކުރުމަށްވެސް އީސީން މަސައްކަތް ކުރަމުންދާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންސޫރު

    ރައްޔަތުން ހޮވި ސަރުކާރު ނު ތޯ ؟
    ދެން ކޮން ކަމެއް މި އަނެއްކަ މަޖުލިސް އެލެޝަން ބާއްވާންވި ؟ ހަމަ ސީދަ ބޭރު ގެ ނުފޫޒު ފޯރވާްނވެގެންނެ