ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވިގެން ދައުލަތް ހުއްޓުވާ ނުލެވޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމާ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްހަ ހުވައަކަށް ވެގެން ނުދާނެ ކަމަށް އެމްޑީޕީގެ ޕީޖީން ވިދާޅުވުމާއި ގުޅިގެންނެވެ.

މުހުތާޒް ކުރެއްވި އެކްސެއްގައި ވިދާޅުވީ، ސިޔާސީ ވަކި ބަޔަކު ބޭނުންވާ ވަކިކަމެއް ނުކުރެވިގެން ދައުލަތް ހުއްޓުވާ ނުލެވޭނެ ކަމަށެވެ. އެކަން ކުރެއްވުމަށް ފުރުސަތެއްވެސް ދެވިގެން ނުވާނެ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން ތަސައްރަފް ފުރިގެންވާ ބަޔަކަށް ވާން އެބަ ޖެހޭ" މުހުތާޒް ވިދާޅުވިއެވެ.

އެމްޑީޕީން ޕީޖީން އިއްޔެ ވިދާޅުވިގޮތުގައި ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް އެމަނިކުފާނު ރިޔާސަތުގައި އިންނަވާ ޖަލްސާއެއްގައި ޑރ. މުއިއްޒު ހުވާކުރައްވައިފިނަމަ، އެމަނިކުފާނުގެ ކެބިނެޓަށް މަޖިލިހުން ރުހުން ނުދޭނަކަމަށް އެމްޑީޕީ ޕީޖީން ވަނީ ނިންމާފައެވެ.

ޑރ. މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމްޑީޕީގެ ޕީޖީން ހުރަސް އަޅާނެ ކަމަށް ފާޅުގައި ވިދާޅުވަމުންދާއިރު، މިކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮޔާ

    އެމްޑީޕީ ބޭނުން ކުޅިއެއް ކުޅެފަ އަހަރެމެން ކައިރިއަށް މަޖިލިސް އިންތިޚާބަށް ވޯޓް ހޯދަން ނާންނާތި ޑރ މުޢިއްޒަކީ ރައްޔިތުން އިންތިޚާބް ކޮއްފަ ހުރި ރައީސެއް މަޖިލީހަކުން ނޫން މުޢިއްޒު އަށް ރުހުން ދިނީ

    6
    1
  2. ފާއިކްސީ

    މިއަދު ތިގޮތައް ވިދާޅުވާއިރު އިއްޔެކަން ހިނގާދިޔަގޮތް ހަނދުމަފުޅު އެބަހުރިތޯ؟

  3. ޝެރިން

    މީނާ ބޭނުންވީމާ އެކަނި ދައުލަތް ހުއްޓުވައި ބަޣާވާތް ކުރެވޭނީ

    5
    1