ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް އަންގައިފިއެވެ.

މަޖިލީހުގެ ޖަލްސާ އޮންނާނެކަން ހާމަކޮށް މެމްބަރުންނަށް ސިޓީ ފޮނުވާފައިވާކަން މަޖިލީހުގެ މެމްބަރަކު ވަނީ ވަގުތަށް ކަށަވަރުކޮށްދެއްވައިފައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ކުރިން ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން މަސްލަހަތަށް ޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެނެސް ފަހުން އަނެއްކާވެސް އެ މައްސަލަ އަނބުރާ މަޖިލީހަށް ވެއްދީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތަށް އިތުބާރު ނެތް ކަމުގެ ނޯޓިސް ދޭތާ 14 ދުވަސް ފަހުން އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައ ބައިވެރިވި ހުރިހާ މެމްބަރު އެމަނިކުފާނު ވަކިކުރަން އިއްތިފާގުންވަނީ ތްރީ ލައިން ވިޕެއް ފާސްވެސް ކޮށްފައެވެ.

ރައީސް ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ ރައީސް ނަޝީދަށް ބަހުސްގެ ފެށުމުގެ ތެރެއިން 10 މިނެޓް، މެދުތެރެއިން 10 މިނެޓް އަދި ނިމުމުގެ ކުރިން 10 މިނިޓްއާއެކު ޖުމްލަ 30 މިނެޓް ލިބިވަޑައިގަންނަވާނެއެވެ.

އަދި ބާކީ ހުރިހާ ވަގުތެއް މެމްބަރުންނަށް ބަހާލާނެއެވެ.

އެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވިދާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް ނަޝީދު ވަނީ ދެއްވައިފައެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެައަބްދޫ

    ގާނޫނުއަސާސީގެ 82 ގެ ހާ ގެ ދަށުން އެމާްދާގައޮތްގޮތަށް މެދުނުކެނޑި އެންމެ ދުވަސްވީ މެމްބަރަށް ރިޔާސަތު ބެލެހެއްޓޭނެ. މިވަގުތު ބެލެވޭނީ ރައީސަކާ ނާއިބު ރައީސަކު ނެތް ކަމަށް.މަޖިލިސްގެ ގެ ގަވާއިދު އޮންނަންޖެހޭނީ ރައީސްއާއި ނާއިބް ރައީސް އެއްފަހަރާ ނިޔާވެއްޖެ ނަމަވެސް މަޖިލިސް ހިގާގޮތަށް. ތަޅުލެވޭ ގޮތަކަށްނޫން. މިހާރު އޮތް ގޮތް ގާނޫނުއަސާސީއާ ހިލާފު ވަނީ މިހެންވެ.