ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަނީ އެފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފަޅާ އަރުވާނެތީ ކަމަށް ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން، ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް ތާވަލު ކޮށްފައިވާއިރު، އެމަނިކުފާނު މަގާމުން ވަކި ކުރުމުގެ ވާހަކަ އެފަރާތްތަކުން އެކި ގޮތްގޮތުން ދައްކާ އަޑު އިވޭ ކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އޮތްކަން އެނގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ މައްސަލަތަކެއް އޮތުމުން، އެމައްސަލަތައް ބަލާނެ ހަމައެކަނި ފަރާތަކީ ޑިމޮކްރެޓްސް ކަމަށްވުމުން، އެކަމުން ސަލާމަތްވާން ރައީސް ނަޝީދު މަގާމުން ދުރު ކުރަން އުޅެނީ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި ހަމައެކަނި މަސައްކަތް ކުރާ ޕާޓީއަކީ ޑިމޮކްރެޓްސް. އެކަން ބަަލާފާނެތީ، ފަޅާ އަރުވާނެތީ އެހެންވެ އެތާ އެ މަގާމުގަ ރައީސް ނަޝީދު ނުބައިންދަން ވެގެން ކަނޑައެޅިގެން ކުރާ ކަމެއް. ރައީސް ނަޝީދު މަގާމުން ވަކި ކުރަން އުޅެނީ އެމްޑީޕީގެ ކޮރަޕްޝަން ފަޅާ އަރުވާނެތީ، އެއީ މައިގަނޑު ސަބަބު" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެމްޑީޕީގެ ގިނަ މައްސަލަތަކެއް އެބަ އޮތެވެ. ކުޑަ މިސާލެއްގެ ގޮތުގައި އޭނާ ދައްކާފައިވަނީ ފެނަކައިގެ ދަރަނީގެ މައްސަލައެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަރުގޮނު

    އެއީ ނަޝީދާ އަދި ނަޝީދުގެ އެކުވރިން ގެ ކިބާގައި ކޮރަޕްޝަން ގެ މަޢުލޫމާތު ހުރިނަަމަ ރުޅިއައިސްގެން ނަމަވެސް ފަޅާއަރުވާނެ ކަމަށް ބަލާފައި ކުރާ ކަމަކަށްވެސް ވެދާނެ. ލަތީފު

    6
    2
  2. މުހައްމދު

    މިނަޝީދަކީ މިގައުމަށް ފާކުރައްވާފައިވާ މުސީބާތެއް މިކަލޭގެއާއި މިކޅޭގެ އައުވާނުން ކިބައިން މިގައުމުސަލާމަތް ކުރައްވާފާންދޭވެ

    13
  3. ލާމު

    ހިންގި ކޮރަޕްޝަނެއް ހިންގާފައި އޮތީ ތިޔައެންމެން ގުޅިގެން. ކޮންވާހަކައެއް ދައްކާކަަށް.

    10
  4. ވްޒުނު

    ނަޝީދު ވަކި ކުރިއަސް އަދި ނުކުރިޔަސް ކޮރޮޕްޝަން ބަޔަކު ހިންގާފަވާކަން އެނގޭނަމަ، އެކަން ހާމަ ކުރަންޖެހޭނެ ނޫންތޯ؟

  5. ގިއްގަޅުވާ

    އެމްޑީޕީ ހިންގަންހުރީ ކާކު ، ކޮންބައެއް ، ރައްޔިތުން އޮޅުވާލަންނޫޅޭ، ކުރިވައްކަމެއްކުރި، ހިންގި ކޮރަޕްޝަނެއް ހިންގި މީހުން އަނގަ ހުޅުވާ އެވާހަކަ ދައްކަނީ، އެކަންތައް ބެލިގެން ތާށިވާނީ ތިމާމެންކަމެއްވެސް ހަމަ ނުވިސްނޭތާ.

  6. ޑިމޯކުރެސީ

    އެއްދުވަހަށް ވެފައޮތަސް އަވަހަށް ބާލާ، އެފަދަ މަޤާމެއް ދިނުން މީހާރު ހައްގެއްނޫން،

  7. ހުސެންފުތާ

    ހަސަނާ ކަލޯމެން ތިތިބީ އޮއްސިފަ މިއަންން މަޖިލީހުގަ ނުތިބޭނެ ހަސަނުމެން ވަރަށްސާފު ކަމެއްމީ. ތިޔަ ނަސީދުގެ ނުހޮރޮއްޕާން މިގައުމަށް ވަރަށްބޮޑަށް މިއޮތީޖެހިފަ ރައްޔިތުން ބަލައިނުގަތީމަވެސް އިސްތިއުފާދޭން ނުކެރި މަޖިލީހުގޮނޑީގައި ބަގުޑިބައްދައިގެން. ހަސަނާ ކަލޭމެންގެ ލަދުކޮބާ؟

  8. އަބްދޫ

    ނަސީދުގެ 3 އަހަރުވީ ވެރިކަމަުގަ އަތޮޅާއި ރަށްރަށުގެ އެކައުންޓުން ނެގި 20 ބިލިއަން ރުފިޔާ ކޮބާ ކުރީކޮންކަމެއް . އެއާޕޯޓް ވިއްކާނެގި 78 މިލިއން ޑޮލަރުން 48 އެމް އެމް އޭ އަށް ޖަމާކޮށް ބާކީ 30 މިލިއންޑޮލަރު ކޮބާ ކޮންތާކަށް ދިޔައިީ ކޮން އެކައުންޓްތަކަކަށް ޖަމާވީ ގާކޮށްޓާއި އަރަބިއްޔާ ފްލެޓްއަޅަން ޓާޓާ އިން ހަވާލުކުރި 21 މިލިއންޑޮލަރުން ކޮންޓްރެކްޓަރުންނަށް6 މިލިއން ޑޮލަރުދީފަ ބާކީ 15 މިލިއން ޑޮލަރު ކޮބާ؟ފްލެޓ ނިންމީ ސަރުކާރު ބަޖެޓް ގަ ހިމަނައިގެން. . އިންޑިޔާ ސރުކާރުންނެގި 100 މިލިއްނޑޮލަރުގެ ދަރަނިން 50 މިލިއން ޑޮލަރު ރިޒާވްއަސް ލުމަށްފަހުި މުދަލުންގެނައި 50 މިލިއަންޑޮލަރުގެ ތަކެތި ދިޔައީ ކޮންދިމާލަކަށް ނިކަން ބުނެދީބަލަ،