"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީއަށް ވަދެފައިވަނީ އޭސީސީގެ ކުއިކް ރެސްޕޮންޑް ޓީމެކެވެ. ނަަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރިއިރު އާންމުންގެ ފަރާތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށް އޭސީސީން ކުރިން އޮތީ ހާމަކޮށްފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަން ވެސް އަންގާފައިވެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅާ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ހެން ވަކި ބަޔަކަށް ނާޖައިޒް މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ، އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލު ކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތައް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ.

ހައުސިން މިނިސްޓްރީން އިއުލާން ކުރި ގޮތުގައި ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެމީހުން ވަރަށް މޮޅުވާނެ އޮޅުވާލާ ދޮގުހަދަން.

  2. އެސްލަންޓި

    ފައިބައިގެން ދަމުން ބޮނޑިޔެއް އަޅަލީ؟ ރާއްޖެތެރޭގަ ބޮޑެތި ގޯތިތައް ހުރެ، އެތާގަދިރިއުޅޭ މީހުންނަށް ފުލެޓު. މާލޭގަ 40، 50 އަހަރު ގަނަތެޅޭމީހުންނަށްނުލިބޭ. މިފަހަރު އެނގޭނެ އޭސީސީގެ ހުރި ފަންވަރެއްވެސް. މިއޮތް ހުރިހާ ދުވަހު ސޯލިބޭދެކެ ގަތް ބިރު މިހާރަކު ނެތެއްނު؟ ދެންމަގާމު ދިފާއުކުރަންނަމަވެސް ތިކަން ކޮށްބަލަ

    10
  3. ޙައްވަ

    ހިޔާފުލެޓު ދިންއިރުވެސް ރައްޔިތުން އޭސީސީއަށް މައްސަލަހުށައެޅި ނަމަވެސް އޭރު ތިބީނިދާފަ މިއަދުމިމީހުންނަށް ހޭލެވުނީ

  4. ޖުގާ

    ތި އަސްލަމް އަކުރަމް ހައްޔަރުކުރޭ.ދެވަގުން.ކަރަޕްޓް ދެމީހުން.