ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައިސަށް ލިބިފައިވާ ބާރުތަކަކީ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބޭނެ ބާރެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ޑިމޮކްރެޓްސްއިން ބުނެފައިވަނި އެ މައްސަލައަކީ ގާނޫނުއަސާސީއާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި މަޖިލީހުގައި އުފެދޭ ގާނޫނީ ދެބަސްވުންތަކުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ޑިމޮކްރެޓްސްއިން ބުނަމުންދަނީ އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރާ ޖަލްސާގައި ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށްކަން މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާތީ އެކަމަށް އެމްޑީޕީން ބުނަމުންދަނީ އެ މާއްދާގެ ސަބަބުން އަނެއް މާއްދާއަށް ފުށުއަރަމުންދާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި ނައިބު ރައީސް ޖަލްސާއަށް ހާޒިރު ނުވިޔަސް ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން ދެން ކަނޑައަޅާފައިވާ މެންބަރަކު ހަމަޖައްސައިގެން ޖަލްސާ ބޭއްވުމަކީ މަޖިލީހުގެ އަމީން އާންމުގެ ޒިންމާއެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މަޖިލީހުގެ ނިންމުންތަކަށް ތާއީދު ކުރައްވަމުން ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ފަރާތުންނާއި ތަދައްހުލްވެފައިވާ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ފާހަގަކުރި ފަދައިން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމަށާއި އާ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން މަޖިލީސް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.

ޝާއިރުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެ މާއްދާގައި ނައިބް ރައީސް ރިޔާސަތު ބަހަލަހައްޓުމަށް ބަޔާންކޮށްފައި ވަނީ މަސްލަހަތު ފުށުއަރާނެތީ ކަމަށް ދައުލަތުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރާއިރު ވަކި ފަރާތެއް ރިޔާސަތު ބަލަހައްޓަން ޖެހޭކަން ގަވާއިދުގައި ފާހަގަކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.

މިސުވާލުގެ ޖަވާބުގައި ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ ހުރިހާ ބާރުތަކެއް، ރައީސް ނެތް ހާލަތެއްގައި ނައިބް ރައީސަށް ލިބިގެންވާ ކަމަށެވެ. އެ ބާރުތައް މަޖިލީހުގެ ކޮންމެ ކޮންމެ މެމްބަރަކަށް ނުލިބޭނެ ކަމަށެވެ. އެހެންވެ، 205 ވަނަ މާއްދާގައި ބަޔާންކޮށްފައި އެ ވަނީ ހާއްސަ އިޖުރާއަތެއް ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ތެރޭގަ ހިނގާ ކަމެއްގައި ހައްސާސްކަން ބޮޑުވެގެން އެބަ ދޭ އެބާރުގެ އެހެން މެމްބަރަކު މެދުވެރިކޮށް އެކަން ކުރުމަށް. އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މަސައްކަތް ކުރާ ތަނެއް، އެތަނުގަ ހިނގަމުން އެ ދަނީ ހަމަ ހުސް ސިޔާސީ މަސައްކަތް. އެހެންވީމަ އޭގެ ތެރޭގަ ހިނގާފާނެ ހަމަ ކޮންމެ ފަދަ މަސައްކަތަކަށްވެސް އެތަނުގެ ގަވާއިދުގެ ތެރެއިން ކަންކަން ކުރާނެ ގޮތް އެ އޮންނަނީ އެ ތަނުގެ ގަވާއިދުގެ ތެރޭގައި،" ހަސަން ވިދާޅުވިއެވެ.

ކަންމިހެން ހުރުމާއެކު ޑިމޮކްރެޓްސް އިން ނިންމީ މަޖިލީހުގެ ނިންމުމަށް ތާއީދުކުރުމަށެވެ. ޑިމޮކްރެޓްސްއިން ބުނާގޮތުން މި ކަމުގެ ތެރެއިން ޣާނޫނީ ހުސްކަމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެހ

    މަޖިލީސްގެ ރައީސް އަދި ނައިބުވެސް ބޯލަނބަންޖެހޭ ކަންކަން ހުންނާނެ ، ހަމަ ކަމެއް ދިމާވީމަ ކަންކަމުން ރެކެން ޤާނޫނުގެ ބަލިކަން ދައްކާކަށް ނުޖެހޭ ، އިތުބާރު ނެތިއްޔާ ފާބަންވެސް ޖެހޭނެ ، މަޖިލީހުގެ ޖަލްސާއަކީ ކުޅޭ ކުޅީވަރެއްނޫން ، އެހާޚަރަދުދޭ ކޮންމެދުވަހަކު ، އެކަމަކު ހަމަ ޒާތީކަންކަމާއި ހުރެ ކެންސަލް ކުރުމާއި ޕާޓީތަކުގެ ކޯޅުން އޮންނަތަކަށް ތިތަންވެއްޖެ ، ރައްޔިތުން މީ މިމީހުން ދައްކާ ޑުރާމާ ބަލަންތިބޭ ބަޔަކަށް ވެއްޖެ

    6
    1
  2. ށސދސސ

    ޢިތުބާރު ނެތީމައެކަމާ ކުރިމަތިލާންވެސް ކުރެންޖެހޭނެ!! ޢއެކްމުން ރެކި ތާއަބަދު ބާރުގަވެސް ނުތިބެވޭނެ!!!

  3. އަބްދޫ

    ސޮވިއެޓް ޔުނިއަންގެ ރައީސްކަމުގާ ހުއްޓާ ގައުމު އުވި މިހައިލް ގަރުބަޗޯވް ގެ ވެރިކަން ގެއްލުނުހެން މަޖިލީހުރެ ރައީސަކަމުގާ ނަސީދު ބަހައްޓާފަ ގޮންޑި ގެއްލުވާލުމުގެ ބާރު އެމްޑީޕީއަށް އޮތްއިރު އެކަންކޮށްލިނަމަ.. ނަސީދުގެ ވައްކަމުގެ ހުކުމް މިހާރުވެސް ދިރި އޮތުމާއެކުން މަޖިލީހުގެ މެމްބަރު ކަން ސައްހަވާ ސަރުތަކަށް "ކީރިތި ގުރްއާނުގަ ހައްދު ކަނޑައެޅިފައިވާކުށެއް ކުރިކަން ސަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގަ ނުވުން " އަކުރެއް ގާނޫނުއަސަސީގެ އިސްލާހު ފާސްކޮށްލިނަމަ . ގަރުބަޗޯފް އާއި ނަސީދު އަށް އެއްމަގަކުންދެވުނީސް ދޯ.