ހުޅުމާލޭގެ ބިންތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)އިން އާބަންކޯއަށް އަންގާފައި އެންގުން އަނބުރާލުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އޭސީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު މަޑުޖައްސާލަން އެންގީ ބައެއް ބިންތަކުގެ މުއާމަލާތްތަކެވެ. ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅޭ މުއާމަލާތް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީއިން ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ.

މި މައްސަލައިގައި އާބަންކޯ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އޭސީސީގެ އެންގުމާ ގުޅިގެން އެ ކުންފުނިން ހިދުމަތް ދޭން ޖެހޭ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ހިދުމަތް ހޯދަމުންދާ މީހުންނަށް މާލީ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

" އޭސީސީ އިން ބައެއް ކަންކަން މަޑުޖައްސާލަން އަންގާފައިވާއިރު އެއީ ވަކި މަސައްކަތެއް ނުވަތަ މަޝްރޫއަކާ ގުޅުވައި އެންގި އެންގުމެއް ނޫން. އެ އެންގުމުގެ ސަބަބުން ކުންފުނި މުޅިން ހުއްޓުމަކަށް ވަނީ ގޮސްފައި." އާބަންކޯއިން ސިޓީގައި ބުނެފައިވެއެވެ.

ހުޅުމާލޭގެ ބިންތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން އޭސީސީން އަންގައިފި

އެހެންކަމުން އާބަންކޯއިން ސިޓީގައި ބުނެފައިވަނީ ވަނީ މި މައްސަލައިގައި ޕްރައިވަޓައިޒޭޝަން ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ލަފާ ހޯދުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލުމާތު ހޯދުމަށް ތަހުގީގުތެރެއިން އިއްޔެ އޭސީސީއިން ވަނީ އާބަންކޯއަށް ގޮސްފައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އިއްޔެ އޭސީސީން އާބަންކޯއަށް ވަނީ އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ބިންތައް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އާބަންކޯއިން މަސައްކަތްކުރަން އުޅުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށިން ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޥެންޓިލޭޓަރ

    މިސަރުކާރުގެ ޚިޔާނަތްތައް ދެންއުފެދޭސަރުކާރެއްގަބަލާ އެބަޔަކާދޭތެރޭ ފިޔަޅުއެޅުމައްގޮވާލަން

    12
    1
  2. ހައިރާން

    އޭސީސީން ހުއްޓުވި ކަމެއްގެ މައްސަލަ އާބަންކޯއަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ހައިސިއްޔަތަކީ ކޮބައިތަ! އަދި ކުންފުންޏަކުން ހުށަހަޅާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ހައިސިއްޔަތަކީ ކޮބައިތަ! ރައްޔިތުންގެ މަޖިލީހުން މިބާވަތުގެ މައްސަލަތައް ބަލާނަމަ މި ގައުމުގައި ޝަރުޢީ ކޯޓުތައް ހުރުމުގެ ބޭނުމެއް ނެތް.

    18
    1
    • ހުސޭނުބޭ

      ވައްކަންކުރުމުގެ ހައިސިއްޔަތުން ހުށަހެޅޭނެ!

  3. ކކކކކކ

    އާބަނކޯ ބޯޑު އެކީ ޖަލަށް ކޮއްޕާލާނަށް. ތައްޔާރަށްތިބޭ! ރައްޔިތުންގެ މުދާ ކަލޭމެން ތި ފޭރެނީ! މިކަން ދުލެއް ނުކުރާނަން. 12 އަހަރު ޖަލުގަ ތިބެން ތައްޔާރުވޭ.

    13
    1
  4. އަބްދޫ

    އާބަންކޯ އަކީ ތިޔަތާގަ އުޅޭ މީހުންގެ އަމިއްލަ ތަނެއްތަ؟ހުއްޓާލަން އެންގީމަ އެކަމުގަ ގަދަފައި ވިއްދާނީ އަމިއްލަ މަސްލަހަތު އޮތީމަ . އެހެން ނޫންނަމަ ދަވްލަތުގެ އިދާރާތަކަށް ބޯލަނބާނެ. އާބަންކޯ ޖެހޭނީ އުވާލަން އެޗްޑީސީ ހުންނަންވާނީ.އެޑްޑީސީ އަހީ ހުޅުމާލެ ޑިވޮލޮޕް ކުރާ ފަރާތް.ޑިވޮލޮޕް ނިމުނު ތަނަބަލަހައްޓާނީ ސިޓީކައުންސިލުން،