ހުޅުމާލޭގެ ބިންތަކުގެ މުއާމަލާތްތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)ން އާބަންކޯއަށް އަންގައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު "ވަގުތު"އށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޑުޖައްސާލަން އެންގީ ބައެއް ބިންތަކުގެ މުއާމަލާތް ކަމަށެވެ. ނަމަވެސް އެ ހުރިހާ ބިންތަކެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ނަަމަވެސް ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅޭ މުއާމަލާތް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

ބިންތަކުގެ މުއަާމަލާތް މަޑުޖައްސާލަން އެންގި އިރު މި ދުވަސްވަރު ހިންގަމުންދާ ކަމަށް ބުނާ ބިންތަކުގެ މުއާމަލާތްތަކާ ގުޅިގެން އިންތިހާބީ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ބިންތަކާ ގުޅޭ 40 މުއާމަލާތް އާބަންކޯއިން ބޯޑު ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިންތިގާލީ މި ދުވަސްވަރު އޭސީސީން ދަނީ ގިނަ މައްސަލަތަކެއް ބަލަން ފަށައިފައެވެ.

ހާއްސަކޮށް ފެނަކައިގެ ގިނަ މައްސަލަތަކެއް އޭގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން ފެނަކައާ ގުޅޭ 75 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަަމަށާއި، އޭގެ ތެރެއިން 20 މިލިއަން ރުފިޔާ ހޯދަން މިހާތަނަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމް

    ގުޅީފަޅު ޕޯޓުވެސް ހަދާނެކަމެއް ނެތް. ހިނގާ އެތަނުންވެސް ގޯތި ދެމާ. މާލޭ މާފަންނު ސުޓޭޑިއަމްއިންވެސް ގޯތިދޭންވީ. އިންޑަސްޓުރިއަލް ވިލެޖުންވެސް ގޯތިދޭންވީ. ޚާބަރު ތެރެެއިންނާއި ބޭރުންވެސް ގޯތިދޭންވީ.

  2. ނޫރު

    ގޯތި ރައީސްގެ ލަގަބު މިހާރު އިބޫއަށް ވަނީ ލިބިފަ ފަރުފަރާއި ފަޅުތައް ހުސްކޮއްފި. ހުޅުމާލޭގަ ހުސްތަންކޮޅެއް އޮތިއްޔާ ކަނޑަ ޖަހާ ނިންމާފި އިތުރަކަށް ނެތް ކުއްޖަކު ނުމެލާނެތަނެއް،

  3. ކުކުޅޭ

    ޗޯރުގެ ގެވެސް ސަރުކާރަށް ނަގާ ފުލެޓު އަޅަންވީ .