ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާލެ އާއި ހުޅުމާލެ އިން މާދަމާ ހެނދުނު ދެ ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅު ނިރޮޅުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:30 އިން 11:30 އަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށްދާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.