އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަލުން އިބްރާހިމް ފައިސަލް އައްޔަނު ކުރަން ހަމަޖައްސަން ނިންމައިފިއެވެ.

އެމަގާމަށް އިބްރާހިމް ފައިސަލް އައްޔުނު ކުރަން ނިންމާފައިވާކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

ފައިސަލް މިމަގާމަށް އައްޔަނު ކުރަން ނިންމާފައިވާއިރު، އަދުރޭ މީގެ ކުރިން ވެސް ވަނީ ފައިސަލްގެ ސިޔާސީ ހަޔާތް ވަރަށް އުޖާލާ ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރަކަށް އަދުރޭގެ ދަރިކަލުން ހަމަޖައްސަން ނިންމާފައިވާއިރު، އަންނަ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރަކަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އައްޔަން ކުރަން ވަނީ ނިންމާފައެވެ.

އަދި ފިޝަރީޒް މިނިސްޓަރަކަށް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ލޯކަލް ގަވަނަންސް މިނިސްޓަރަކަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު އައްޔަން ކުރަން ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކޮރަލް

    މިއޮތީ ގޯހެއް ހަދާފަ އެވެ.

    37
    3
  2. ފާތުން

    ދެން އަހަރުމެން ނިކަމެތިން އަށް އެއްވެސް ވަޒީފާއެއް ނެތް. ރަގަޅު ކީކުރަން ކިޔަވަންވީ ސިޔާސީ މައިދާނުގައި އުޅުނީމައި ނިމުނީ ވަޒީފާވެސް ލިބޭނެ. ފުލެޓް ލިބޭނެ ، ގޯތި ލިބޭނެ

    38
    4
  3. ކާޅު ބާޒު

    ހަމަ ޓިނު ނަގާނެ ވަރަކަށް ޓިނު ނަގަންވީ

    40
    5
  4. ކޮރަލް

    މިއޮތީ ގޯހެއް ހަދާދަ އެވެ. ރަހީމް ޔާމީން އާ ދުރައްދިޔަ ސަބަބު ގިނަ އެވެ.

    41
    6
  5. ނިމުނީ

    އަނެއް އަދީބު

    41
    3
    • އަލީ

      އަޅުގަނޑަށް ފެންނަނީ މިހާރު ކެބިނެޓު ބާއްވަން އޭރުން ހަމއެމީހުނަށްދޯ ކަންކަންވާނީ! ރައްޔިތުންނަށް ވާނުވާއެނގެން އެބަޖެހޭ!

      9
      2
  6. އަސީލް

    މުއިޒު ސަރުކާރުގެ" ބުރޯ" އަކަށް ވާނެ

    36
    4
  7. އަސީލް

    މުއިޒު ސަރުކާރުގެ" ބުރޯ" އަކަށް ވާނެ ފައިސަލް ވާނެ

    30
    4
  8. ކޮވިޑް

    ސީދާ އަދުރޭގެ ނުފޫޒް.

    35
    4
  9. ޚަދީޖާ

    އިސް މަގާމުތަކަށް ލާނީ ޢިލްމީގޮތުންނާއި ތަޖުރިބާގެ ގޮތުން ފުންނާބު އުސް ފަރާތްތައް ކަމަށް ބުނެފައި، އަދުރޭގެ ނުފޫޒާ ހެދި އޭނާގެ ދަރިއަށް ވަޒީރުކަން ދިނީމައި، އޭތި ވަރަށް ކަޑަ. ފުރަތަމަވެސް ބުނި ބަހާ ޚިލާފުވެވުނީ.

    55
    5
  10. ނިޔާޙު

    މިނިސްޓަރ ކަމަކީ ބަހާ އެއްޗަކަށް ނަހަދާ؛ ޒާތީ ތަޢައްޞަބުން ދުރުވެފައިވާ އިންޞާފުވެރި؛ ޢިލްމާއި ތަޖުރިބާ އާއި ޤާބިލް ކަން ހުރި އިޚްލާޞްތެރި މީހުންނަށް ބަލާފަ މިފަދަ މަޤާމްތައް ދޭ ދުވަހެއް މިރާއްޖެއަށް އަންނާނީ ކޮންދުވަހަކުންތޯ ހިތައް އަރާ! މަތީ މަޤާމްތަކަށް މިފަދަ ބައެއް އައި ދުވަހަކުންނޫނީ މިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނެހެން ހިއެއް ނުވޭ.
    މިޤައުމުގެ އެންމެ މަތީ ބާރުތަކުގެ ތެރޭގައި އުޅޭ މީހުންގެ ތެރޭގައިވެސް ފެންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލު ކުރުމާއި ޒުވާބު ކުރުމާއި ބަދަލު ހިފުމުގައި ހަތުރުން
    ނަށް ވެގެން އުޅޭތަން. މިކަން ބަދަލުވެފައިވާ ތަޞައްރަފް ފުދިފައިވާ ރާއްޖެއެއް ދެކެން ބޭނުންވޭ.

    33
    3
  11. ޔ

    މައުމޫން ނަންވާނީ. ކޮންމެމީހެއްގެވެރިކަމުގަވެސްހަމަގާތްމީހުންލަނީ. އެހެންވީމާމައުމޫނޭކިޔޭކަށްނެތްއެކަކަށްވެސް.

    35
    3
  12. ފޭކްދޯ

    އަދުރޭ ދަރި ޓޫރިޒަމް ކިޔެވީ ދުނގެތިވަލު ޔުނިވަރސިޓީންނޭ މަމެން ބުނަން ނެތީމޭ އަދުރޭ ދަރި ނަގައިގެން އުޅެނީ ވެސް ފޭކް ސެރޓިފިކެޓެކޭދޯ

    20
    3
  13. އަހު

    ފުރަތަމަ ގޯސް ހެދިއްޖެ

    24
    3
  14. ×ޒައިިފް

    ޓޫރިޒަމް މިސްޓަރ ކަމަށާއި ފޮރިން މިނިސްޓަރ ކަމަށް ޢައްޔަން ކުރުމަށް ބުނެފައިވާ 02 މީހުނ؛ްގެ ޢިލްމާއި ހިންގުމުގެ ތަޖުރިބާ ހުރިވަރު ބަޔާންކޮށްލަ ދިނުމަށް ފެނޭ.

    17
    1
  15. ހިކި ކިރު

    ސަހަރޯ! ޔާމީނަށް ދޯކާ ދޭންވެގެން ދޯ މި ރޭވުން ރޭވީ. ސާބަހޭ އަދުރޭ އަށް.

    8
    2
  16. ދަތްނެތްކުއްޖާ

    އަދުރޭ މަޢުމޫނޭ ކިޔާފަ އަނގަ ނާރުވާ. ކޯޗެއް ތި ހެދީ. ހަމަ ބާރެއް ލިބޭއިރަށް ދަރިން ނާއި އަނބިން ނާއި ދަރިންގެ ދަރިންނަށް ތިޔަ އަމިއްލަ ހާލައިގެން ހިތްލާ ނުލެވޭ ވަރުގެ މަޤާމު ތައް ބަހާ ހުސްކުރަނީ. ކޮބާ ޕާރޓީ އަށް ޓަކައި ޤުރުބާންވި ކުދިންކޮލު!

    16
    3
  17. ހުސެން އަބްދުﷲ

    ޓިނު ފައިސަލް ހަހަހަހަ