ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސޯލިހު މާދަމާ ގައުމާ މުހާތަބު ކުރައްވަނީ ހެނދުނު 10:00 ގައި ކަމަށެވެ. ރައީސް މުހާތަބު ކުރައްވާއިރު، ޓީވީ ޗެނަލްތަކުން ދައްކާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ދުވަހެވެ. އެއީ ނޮވެމްބަރު 11، 1968 ގައެވެ. އޭރު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރެވުނީ ކުރީގެ ރައީސް އިބްރާހިމް ނާސިރެވެ.

ރާއްޖޭގެ ވެރިކަން ފުރަތަމަ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ ޖެނުއަރީ 1، 1953 ގައެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް ހުންނެވީ މުހައްމަދު އަމީންއެވެ. ނަމަވެސް މި ޖުމްހޫރީ ވެރިކަން ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. އެފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުއްޓާލާށޭ

    ސްޓަރ ލިންކްގެ ބޮޑޭ އިލޮނޭ ދުވާލަކު 2 ޓްރިލިއަން ޑޮލަރު އިޒްރޭލަށް ދެއޭ އެމެން ހަތިޔާރު ގަންނަން ދެން އިޒްރޭލުން އެމެން ހަމަލާ ދެނީ އެހަތިޔާރުން މުސްލިމް ފަލަސްތީނު ނިކަމެތިންނަށޭ ސްޓަރލިންކް އިން އިޒްރޭލަށް ދޭ ފައިސާގެ އެހީ ބޮނޑި ބޮނޑި ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ

  2. ޢިބްރާހިމް އަލި ޗޯރޭ

    ޢިންޑިއާ އަށް ގޮސް އިންޑިއާ މީހުންއައި މުހާތަބްކުރޭ. ޣައްދާރު ޗޯރޭ ގައުމުވިއްކާލި ހާއިނު