ރާއްޖޭން ބޭރުގެ އެމްބަސީތަކުގައި ވަޒީފާ އަދާކުރަމުންދާ ސިޔާސީ މުވައްޒަފުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެނބުރި ވަޑައިގަންނަވާގޮތަށް ހަމަޖައްސައި ދިނުމަށް އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެގޮތަށް އެދިވަޑައިގެންނެވި 61 ބޭފުޅަކު އެދުވަހުގެ ކުރިން ރާއްޖެ ވާޑައިގަތުމަށް މިހާރު ދެންނެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ވަޑައިގަތުމުގެ އިމްތިޒާމްތައް "ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގެ އުސޫލު" އާއި އެއްގޮތްވާ ގޮތަށް މިޝަންއިން އިންތިޒާމް ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަހުގެ 18 ގެ ކުރިއަށް އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ރާއްޖެ އަންނަން އަންގާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހަކީ އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިމް

    ތި އެންމެން ނާންނާނެކަން ކަށަވަރު. އެމީހަކު ދިރިއުޅެމުން ދިޔަ ގައުމަކުން އެމީހަކަށް ވަޒީފާ ހަމަޖެއްސީ. އަމިއްލަ ގޭގައި އުޅެމުން ދައުލަތުން ހައުސިން އެލަވަންސް ނަގަމުން ދަނީ.

  2. ހުނަސް

    އަނެއްކާވެސް ސޯބިރު އަދި ނަންރީތިސަލީމް އަނެއްކާވެސް ފޮނުވާ އެމްބެސެޑަރު ކަމު. ފޮނުވައިފިއްޔާ އަހަރުމެން ބަލާނަން މުއިއްޒުއަކީވެސް ހަމަ އިބޫ ސޯލިހު ކަހަލަ މީހެއް ކަމަށް

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އެމްބަސީ ތަކަށް ދެން ފޮނުވަން ވާނީ ސައްޙަ ބޭފުޅުން. ވަކި މީހެއްގެ ޢާއިލީ މީހުނެއް ނޫން!

  4. Anonymous

    ސަހިންދާ ކޮބާ

  5. އަބްދޫ

    އެމްބަސީތަކުގަ ސިޔާސީ މުވައްޒަފުން ތިބެން ނުޖެހޭނެ ތަހުގީގު ކުރޭ.ހަރަދަށް ޒިންމާވާންޖެހޭނެ.