ރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހް ވަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވައިފައެވެ. އަދި މިފެށޭ ޖުމްހޫރީ އަހަރަކީވެސް، އަމިއްލަވަންތަ އިސްލާމީ މިނިވަން ގައުމެއް ގޮތުގައި ރާއްޖެ ތާ އަބަދު ލެއްވުމައް ވަނީ ދުއާކުރައްވައިފައެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވެގެންދިޔަ ތާރީޚުކަމަށްވާ 11 ނޮވެމްބަރު 1968 އަށް ނިސްބަތްކޮށެވެ. ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއެކު އިންތިޚާބު ކުރެވޭ ބޭފުޅަކަށްވުމެއެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ ހުކުރު ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖީ

    ޢަޅެ މީނަހަމަލަދެނުގަނޭތަ މިނިވަނޭއިސްލާންދީނޭކިޔާގެން އަގަހުޅުވަން އިސްލާންދީނާ ގައުމާ ރައްޔިތުން ވިއްކާލާފަހުރެ

    3
    3