މި ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދޫކުރާ މީހުންގެ ލިސްޓު ހައުސިންގ މިނިސްޓްރީން ވަނީ މި މަހު އާންމުކޮށްފައެވެ. މި ލިސްޓާމެދު ހިތްހަމަނުޖެހި ގިނަ ބަޔަކު ވަނީ މިނިސްޓްރީއަށް ގޮސް އިހުތިޖާޖުވެސް ކޮށްފައެވެ.

އިހުތިޖާޖު ކުރި މީހުން ބުނެފައިވަނީ އެ ލިސްޓަކީ ބޮޑު އޮޅުވައިލުމެއް ކަމަށާއި ފްލެޓްތަކަށް ޕޮއިންޓް ދިން ގޮތް ހާމަ ކުރަން އެދޭ ކަމަށެވެ. އަދި ޕޮއިންޓް ދިނުމުގައި އެއްވެސް އިންސާފެއްނެތި ބޭނުން ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް އާންމުން ވަނީ ބުނަމުންނެވެ.

އެ މައްސަލައިގެ ތެރެއަށް އޭސީސީ އިން ވަދެ، މިހާރު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭ ކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އިއްޔެއެވެ.

މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން 7،421 މީހުން ޝަކުވާ ހުށަހަޅާފައިވެއެވެ.

ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ އިއްޔެއެވެ. މި ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިބިއިރު އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވަނީ ޕޮއިންޓި އުސޫލުން ކަނޑައަޅާފައެވެ.

ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނާއި ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނެވެ. އޭގެ އިތުރުން، އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން ވަނީ 100 ފްލެޓެއް ކަސްޓަމްސް އަށް ހާއްސަ ކުރުމަށް ވެސް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޕާރޫ

    ޖެއްސުން ކުރަންވެސް ތި ޝަކުވާތައް ގިނަކުރާނެ.

    11
    19
    • ހަސަނު

      ޝަކިވާއަދިމަދު...ނޫނޭ ތިފަރާފުން ހިތްހަމަޖެހުނަސް ވަރަށްބޭއިންސާފުން ޝަރުތުހަމަވާކަމަށް ބަލާއަދި ފުރަތަމަ 4000ފުލެޓުންއެމިހުނަށް ދޭމިހުންތިބިކަމީ ކުރިމަތިފެންނަށް އޮތްކަމީ ޙަގީގަތެއް..ކޮވިޑުގެފަހުންވެސް ރަށުގައި ވަޒީފާއަދާކުރުމަށްފަހު މާލެބަދަލުވިތާ 3 އަހަރު ނިވާމީހުން މާލޭގައުޅޭކާމަށް ދޮގުހަދާ ފޯމުފުރުމުން 79ޕޮއިންޓުދިފަހުރީ..މިގޮތަށްކަންތައް ކުރުމުން މާލޭގަ 20 އަހަރު 30 އަހަރު އުޅުމީހުން ފުރަތަމަބުރުގަ ލައްވައެއްނުލިއެ.. މިކަހަލަ ކިތައްދޮގުފޯމު ފުރާފައޮންނާނެތޯއެ.އަދިފުލެޓުލިބޭކަމައްވާނެތޯއެ..ރއްޔަތުންހުށައެޅުމުން ތެދު ދޮގުބައްލަވާނީ މިނިސްޓްރީއިން..ފުރަތަމަ ޝަރުތު މާލޭގަ އުޅޭތާ 15 އަހަރުވެފައިވުން..އެ ހަމަވާކަމަށް މާލޭމިހުންކާރީ ދޮގުލިއުންހޯދަިގެން ރަށުކައުންސިލް ތަކުން ދޮގުލިޔުންހޯދައިގެން އެލިބޭފުލެޓް ދަނީ ހަލާލުބަޔަށްތޯވެސް ..ހިތަށްއަރައެ..
      .ދޮގުމައުލޫމާތަށް ފޯމުލީމިހާވަރަށްގޯހެ..ސަރުކާރުން އެކަންނުބަލާ ފުެލޓްލިސްޓަށް އެމީހުން ބައިވެރިކުރުންވެސް ގޯހެވެ..ވޯޓުގެކަންކަމުގަ ރަށްރަށުން އެޖެންޓުންހޯދާގޮތަށް މިކަންކަމުގެ ތެދުދޮގު ކައުންސިލުގެ ލިޔުމުގެ ސައްހަކަމާ މިބުނީއެމިހާ ވޭތުވެދިޔަ 20 މާލޭގަތޯ ރަށުމީހުނަށް އެނގޭނެއެ..އެގޮތުންވެސް ތެދުތޯބެލުންރަނގަޅެ..ފޯމުގަދޮގުމައުލޫމާތުދިންމީހާވެސް ސުވާލުވެވޭނެ ދުވަހެއްއޮޔްކަން ގަބޫލު ނުކުރާތީ މަކަރާއިހީލަތުން އެއްޗެހިހޯދާނީ..ސަރުކާރަށްވެސް ދޮގުވެރިންއުޅޭތީވެ...

    • ސަހަރޯ

      ޕާރޫ އަށް ފުލެޓް ލިބުނީމާ ބުނާއެއްޗެއް ކަމަށް ބެލެވެނީ! މާލޭގައި 600 އަކަފޫޓަށްވުރެ ގޯޗެއް، ގެއެއް އަމިއްލަ ނަންމަތީގައި ނެތީމާ ޝަރުޠު ހަމަވެދާނެ! އެކަމަކު ވާރުތައިން އެތައް ބިމެއް އޮތުމާއި، މިނޫން ގޮތަކުންވިޔަސް މިވަގުތު ދިރިއުޅެވޭނެ ގޮތެއް އޮންނަ ޙާލަތުގައި އެންމެ ގޮތެއް ނެތްމީހާ އަށް އިސްކަންދޭންވާނެ!

  2. ހާދީ

    ާބާތިލް ލިސްޓެއް އެގޮތަށް އަހަރުމެއްނަށް ބިން ދިނީ ކަނޑުން ހީވަނީ މުއިއްޒު ޖެހެނީ މީނަގެ އަޅަކަށް ވެގެން މިހުރިހާ ކަމެއް ކުރަން ހެން

    5
    2
    • ގަމާރު

      ޙަޤީޤަތަކީ، މިސަރުކާރުން ކުރީ ވަރަށް ނާތަހުޒީބު ކަމެއް! 5 އަހަރު ތޮޅިއަށް ދުއްވާލާފައި، އިންތިޚާބާ ކައިރިވީމާ ކަނޑުންނާއި، ގިރިންނާއި، ފަޅުތަކުން ގޯތިދިނުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައި ދެބޯގެރި ދުއްވާފައި، އެކްޓިވިސްޓުންނަށް، ކުރީ ސަރުކާރުން ހިއްކާފައި އޮތް އަގުބޮޑު ހުޅުމާލޭ ބިންތައް ބަހާލީ! މިއީ ކިހާބޮޑު ބޭއިންސާފެއްތޯ؟

  3. ފުލެޓް

    76، 73 ކަށް ނޫން ފުލެޓް ދޭންޖެހެނީ ދަތިހާލުގަ އުޅޭ މީހުންނަށް. އޮޅުވާލައިގެން ޕޮއިންޓް ގިނަކުރެވިދާނެ ކޮންމެމީހަކަށް ވެސް އެގޮތަށް ހަދާފަ އޮތް ފޯމެއް ފޯމަކީ. ފުލެޓް ދިނުމުގެ ކުރިން އެމީހަކީ ކިތަށް ބިމާ ކިތަށް ފުލެޓްގެ އަހުލުވެރިއެްތާ ޔަގީން ކުރަންޖެހޭނެ

    16
    3
    • ސަމާލު

      ހިޔާ ފުލެޓްތަކަށް ކިހިނެއްތޯވީ؟ މި ސަރުކާރުން އައިސް ކޮމެޓީ ހަދައިގެން މުޅި ލިސްޓް ގަނޑުބަނޑުކޮށް ފްލެޓް ދިނީ ގެދޮރުވެރިންނަށް! އެންމެފަހުން އެމީހުންވީ ކުލީގެ ވިޔަފާރިވެރިންނަށް! މިހާރު އެތަންތަން އެހެރީ 20000ރ އިންނާއި 25000ގެ ކުލީގައި ކުއްޔަށްދީފައި! އެތަންތަނުގައި މިހާރު އެ ދިރިއުޅެނީ ތިޔަ ފްލެޓްތަކުގެ ޙައްޤުވެރިން!

    • ގުމުރީ

      މިމީހުންގެ އެކްޓިވިސްޓުންނަށް އެނގޭ އޮޅުވާލައިގެން ޕޮއިންޓް ހޯދާނެގޮތްވެސް! އެހެންވީމާ އެމީހުން ފޯމް ފުރަނީވެސް އަކުރަމް ކަމާލުއްދީންމެން ދީފައި އޮންނަ އިރުޝާދާ އެއްގޮތަށް ކަމަށް ބެލެވެނީ! ދެން އެބުނަނީ ފޯމުގައި އޮތްގޮތަށޯ ގެދޮރުދިނީ! އަޅެ މިއީ ކިހާބޮޑު ޖޯކެއްތޯ؟

  4. އެމް އެސް

    އަޅުގަޑަށް ޕޮއިންޓް ދެއްވާފައިވަނީ އެއްވެސް ބެލުމެއްނެތި މުޅިން ނާއިންސާފުން ގަސްތުގައި ފްލެޓްނުދޭންކަން އިގެނީ ޝަކުވާހުށަހަޅަން އެއަށް ނުވަދެވޭގޮތްވެސް ވަނީ ހަދާފައި! އެމްޑީޕީ އަށް ސަޕޯޓް ކުރާމީހުނަށް އިސްކަންދީފައިވަނީ ރާއްޖެތެރޭ ދިރިއުޅޭމީހުނަށްވެސް ވަނީ އެ4000 ފްލެޓުން ފުލެޓްހަމަޖައްސާފައި ބޯހިޔާވަހިކަން ދޭންޖެހެނީ ވަކިޕާޓީއަކަށް ވަކިކުލަޔަކަށް ބަލައިގެނެއް ނޫން! ކޮންމެ ސަރުކާރަކުންވެސް ފްލެޓް ބަހަނީ އެބަޔަކާއި ގުޅޭބަޔަކަށް އެވަރިހަމަ ތިންގޭ ހުއްޓަސް މާލޭއުޅޭތާ އެންމެ އަހަރެއް ނުވިއަސް ގަވާއިދުން ދޭއެއްޗެއްނަމަ އަޅުގަޑަށްވުރެ ގިނަޕޮއިންޓް ލިބެންޖެހޭ ފަރާތެއްވާނެހެނެއް ހީއެއްނުވޭ!

  5. Anonymous

    ޙަމަ އެނގޭތީ ބުނެލަން ފޭކް ލިސްޓެއް

  6. ނަންރީތި ރާނީ

    2024ގެ އާންމު އިންތިޚާބުގައި ވޯޓު ހޯދައިދިނުމާއި، ކެމްޕޭނު ޓީމުގައި ޙަރަކާތްތެރިވުމަށް ޝަރުޠު ކުރުމަށްފަހު، މެންބަރުން މެދުވެރިކޮށް އެންމެ ބޭނުންޖެހޭ މީހާ ނޫން ކިތައް މީހުންނަށްތޯ ފުލެޓް ދީފައި ވަނީ....! އެކަމަކު ހިތާމައަކީ އިންތިޚާބީ ރައީސްވެސް އެބުނަނީ ލިބުނު އެއްޗެއް ނާތުލާނަމޯ! އެކަމަކު ޙައްޤު ނޫން އެއްޗެއް ލިބިގެން ނުވާނެ

  7. ކަމަނަ

    އުމުރުން 18 އަހަރުވެ ވަޒީފާގައި އުޅޭ ކޮންމެ މީހަކަށް އަސާސީ ޝަރުޠު ހަމަވާންޖެހޭނެ! ދެންޖެހޭނީ ޕްރިއޮރިޓީއެއް ކަނޑައަޅަން! މިގޮތަށް ކަނޑައެޅުމުގައި އެންމެ އިސްކަންދޭނީ މިވަގުތު ދިރިއުޅެވޭނެ ބޯހިޔާވައްސެއް ހުރިތޯ ނުވަތަ ނެތްތޯ ނުވަތަ ހުރިނަމަ އެތަނުގައި ދިރިއުޅެނީ ވަރަށް ދަތިކޮށްތޯ ނުވަތަ ނޫންތޯ؟ ހުރިހާ ދިވެހިރައްޔިތުންނަކީ ހަމަހަމަ ބައެއް! އެހެންވީމާ ހުރިހާ ރައްޔިތުންނަށް މިނެކިރަންޖެހޭނީ އެއްހަމައަކުން! މާލޭގައި ގެދޮރުހުރި މީހުންނަށް ނުވަތަ ތަނަވަސްކަމާއެކު ފަހި ދިރިއުޅުމެއް އުޅެވެންހުރި މީހަކަށް ނުޖެހޭނެ އަނެއްކާވެސް ސޯޝަލް ހައުސިންގ ސްކީމުން އިތުރު ފްލެޓެއް ބިމެއް ދޭކަށް! ތިޔައީ ޤާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި، ތަފާތުކުރުމުގެ އަސާސީ ޙައްޤާ ޚިލާފަށް ކުރާ ކަމެއް!

  8. ސަންތި

    ތިޔަ 4000 މީހުންނަށް ތިޔަ ލިސްޓް ގައި އޮތްގޮތަށް ފްލެޓް ދިނުމަކީ، ސަރުކާރުތަކުން ހިންގާ މިފަދަ ނޭދެވޭ ފަސާދަތަކަށް ދެވޭ ހިތްވަރެއް! އެސީސީ އުފައްދާފައި އޮންނަނީ މިފަދަ ކަންކަމުން ޤައުމު ސަލާމަތްކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް! އެހެންވީމާ، އެންމެ އިންސާފުވެރި އަދި ޢަދުލުވެރިގޮތަކީ، އެޕްލައި ކުރި މީހުންގެ މެދުގައި އަލުން 4000 މީހުން ތަރުތީބުކުރުން! ތަރުތީބު ކުރުމުގައި ކަމާބެހޭ މުއައްސަސާތަކާއި، ސިޓީކައުންސިލްފަދަ ތަންތަނުގެ އެހީތެރިކަން ހޯދުން ނުވަތަ މިތަންތަނުގެ މީހުން ހިމެނޭ ކޮމިޓީއަކުން މިލިސްޓް ތަރުތީބުކުރުން!

  9. އަސްލުވެސް

    ޝަކުވާ ހުށަހެޅީ ހައުސިންގެ މިނިސްޓްރީއާ ދެކޮޅަށް! އެހެންވީމާ، ޝަކުވާ ބަލާ ފަރާތަކީ މިނިވަން ފަރާތެއް ކަމުގައިވާންވާނެ! ނޫނީ ތިކަމެއް އިންސާފަކުން ނުނިންމާ ެ

    3
    1