ރާއްޖޭގައި މީގެ ފަސް އަހަރު ކުރިން އޮތް ބިރުވެރި ހާލަތު ފިލައި ގޮސް، މަގުތަކުގެ އަމާންކަން އިހްސާސްވެ، ރާއްޖޭގެ ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަން ލިބެން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އޮތް ނާމާން ހާލަތު މިހާރު ބަދަލު ކުރެވިފައިވާ ކަމަށާއި އެއީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެދުނީ މަގުމަތީގެ ނަމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނެސް ދިނުމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާ އިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމާއި ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސް ކުރުން ނިމުމަކަށް ގެނައުން ކަމަށެވެ.

ރައްޔިތުން މި މަސްއޫލިއްޔަތު އެމަނިކުފާނާ މަތި ކުރީ ނުލިބި ހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތާއި މިނިވަން ސިޔާސީ މާހައުލު ރާއްޖެ އަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރުގެ ބިރުވެރި ހާލަތު ފިލައި ގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާތައް ވަރަށް ފުރިހަމައަށް އަދާކުރެއްވިފައިވާ ކަމަށެވެ.

"ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހާލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން."

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމު ނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެ ކަމަށެވެ. ފެނާއި ނަރުދަމާ، ކަރަންޓާއި، އަދި ލަފާފުރުމާއި، ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫއު މި ވޭތުވި ފަސް އަހަރު، އެކީ އެއްފަހަރާ، ކުރިއަށް ގެންދަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ގެނެވުނު ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ. އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު މިވަނީ ލިބެން ފަށާފައި،" ރައީސް ވިދާޅުވި އެވެ.

"ދަރިންގެ ތަޢުލީމާއި، ރައްޔިތުންގެ ސިއްހީ ހިދުމަތް ލާހިކުނުވެ، ޖުމްހޫރިއްޔަތު ސާބިތެއް ނުވާނެ. ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތައާރަފްކުރީ އެ ސަބަބަށްޓަކައި. އެއީ ދަރިންނަށްޓަކައި މައިންބަފައިން ދެކެމުން އައި ޒަމާންވީ ހުވަފެނުގެ ތައުބީރު. މީހަކަށް ދިން އެއްޗެއް ފަހުން އަތުލެވިދާނެ. އަނބުރާ އަތުނުލެވޭނެ އެއްޗަކީ ދެވޭ ތައުލީމު."

މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ވެސް ބޮޑުކުރި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް، އަޅުގަނޑުމެން މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާއި ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނައި އިރު، މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ސިއްހީ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުޅިވަރުގެ ހަރަކާތްތަކަކީ، ކޮންމެ މީހަކަށްވެސް ތަފާތުކުރުމެއް ނެތި ބައިވެރިވެވެން އޮންނަ ހަރަކާތްތަކަށް ހަދައިފިން. އެކި ކުޅިވަރުތައް ކުރިއެރުވުމަށް، ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި، ޓީމް ސްޕޯޓްސްއަށް އަމާޒުކޮށްގެން ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށިން. ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ހޯދިފައިވާ އެންމެ ގިނަ ކާމިޔާބީތައް، ބައިނަލްއަގްވާމީ މުބާރާތްތަކުން މި ދިޔަ ފަސް އަހަރު ވަނީ ހޯދާފައި،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަނިލް

    ކޮންމެ އަހަރަކުވެސް އިއްވާ ރިޔާސީ ބަޔާނެއް މިއަދުވެސް
    އެ އިއްވީ

    35
    5
  2. ރަނ ރީނދޫ

    ވެރިކަމުން ފައިބައިގެން ދަނީވެސް ހިތުހުރިހާ ދޮގެއް ހަދާފަ. ގައުމު ނުބައި އިންޑިއާގެ ދަރަނި ފަންތުރައެއްގަ ޖައްސާ،އިންތިހާއަށް އިންފްލޭޝަން އުފުލި،ޑީލެއްގެ ދަށުން ކަނޑުން ބައެއް ވިއްކާ،ކޮރަޕްޝަން އިންތިހާއަށް ގެންގޮސް،މިނިވަން މުއައްސަސާތައް ، މަޖިލިސް ސުޕަރ މެޖޯރިޓީ ގ ނާޖާއިޒުފައިދާ ނަގައިގެން އަޅުވެތިކޮއް ،ޖުޑިޝަރީ ގެ އިތުބާރު ފުނޑާލާ، ބޭކާރު ކޮމިޝަންތައް ހަދައިގެން އައުވާނުންނަށް މަގާމުބަހައި، ސިޔާސީ މަގާމުތައް އޮބިނޯންނަވަރަށް ބެހުން އެއީ ހިންނަވަރު ކުޑަމޯދީ އާދެ ޗޯރު އިބްރާހީމްގެ ކާމިޔާބީތައް. އަދި މިއީ ރަލާއި ޑްރަގާއި،މާރާމާރީއާއި މީހުން މެރުމުގައި ހޯއްދެވި ކާމިޔާބީތަކުގެ ވާހަކަތައް ބާއްވާފަ.

    45
    5
  3. ނަނަނަ

    ފްލެޓް ލިސްޓަށް 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

    އެއްގޮތަކަށްވެސް

  4. ޙިންނަބެ

    ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނައި އިރު، މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ސިއްހީ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ.

    3
    12
  5. ނާރު

    ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނައި އިރު، މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ސިއްހީ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ. މީ ތެެއްދެއްބާ

    10
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ލަންކާ ގެ ކުރީގެ ރައީސް ގޯޓާބޭ ވެސް އިބޫ ތިޔަ ބުނި ގޮތަށް ބުނި. ނަމަވެސް އޭނަ ވެސް ބިލިއަނުން ލޯނު ނަގާފަ އެއިން ބައެއް އޭނާގެ ޖީބަށް އެޅުމުގެ ސަބަބުން ރައްޔިތުން ތިބީ ކާނެ ބޯނެ އެއްޗެއް ނުލިބިފަ. ރާއްޖެ މިހާވަރަށް ދަރުވާލި ރައީސް އެއް ނެތް އިބޫ ނޫނީ! އެމް.ޑީ.ޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުދިނުމަށް ޢަޒުމު ކަނޑައަޅަން ޖެހޭ!

    29
  7. ހުވަދު

    ރައްޔިތުން ތިބީ ބިރު ވެރިކަމެއްގަ. މުޅި ގައުމުގަ މަސްތުވާތަކެތި، ތަޅާފޮޅުން، ވައްކަން، މަކަރާއި ހީލަތް، ކަރަޕްޝަން، ރޭޕް. . މިހެންގޮސް ނަން ހުސްކޮށް. ދެން ކިހިނެއް ރައްޔިތަކަށް ފަސޭހަ ވާނީ.

    26
  8. ހުސޭނުބޭ

    އޭގެ ތެރޭގައި ރޯޔަލް ސަފާރީ ރޭޕް ކޭސްގައި އަނިޔާލިބުނު އަންހެން މީހާއަށް ސަރުކާރުގެ ބޮޑުން ފޮނުވައި އެކި ޒާތްޒާތުގެ ބިރުދެއްކުން ހިމެނެއެވެ.

    24
  9. ބިސްބެ

    ހުރި ނުބައިނުލަފާކަން ދެކިބަލަ. ކުރިން 4 ފަހަރުކޭކެއުން މިހާރު ކެވެނީ 3 ފަހަރު.

    22
  10. އަޖާއިބް

    ބިރުވެރި ހާލަތެއް ނެތްކަން އެނގޭނެ އެމްޑީޕީ އިދިކޮޅުގަ އޮންނައިރު. ބަލންތިބެމާ

    28
  11. އަލީ

    ރައީސް އިބޫއަށް ބުނެލަން އޮތީހަމަ އެންމެ ވާހަކައެއް އެވަހަކައަކީ ހަމަނުޖެހުމާއި އަލިފާން ބޯޅައާއި ހަމަނުޖެހުމާއި އިސްލާމްދީނާ ބީރައްޓެހީ އެންޑީޕީ ފިކުރޭ އޭގެގިނަމީހުންނަކީ އެވައްތަރުމީހުނޭ ތިޔަބައިމީހުންގެ ވެރިކަމުގައި ސަރުކާރުގެ އެހީގައި ފާޅުގައި ބިރެއްނެތި އެކަންކަން ކުރަނީ ތިމީހުނޭ ވީމާއަމާން ވާނޭ އާސަރުކާރަށް 2އަހަރު ނުވަނީސް އެކަން ތިމީހުން އަނެއްކާދައްކާނޭ.،