ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ނިމުމާ އެކު، އެ ތަން ވާނީ ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ، ދިވެހިންގެ އަމިއްލަވަންތަކަން، ޖީލުތަކަށް ވާރުތަކުރުމުގެ އަސާސް ކަމަށެވެ. އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ ވަނީ އަޅައިފައެވެ. އަދި ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަޝްރޫއު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން. އެ ގެނެވުނު ބަދަލުތަކާއެކު، ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީގީ ސިފަ، ހުޅުލޭގެ މަލައިން އެހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ، މި ސަރަޙައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ގައުމާ މުހާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ވީއައިއޭގެ މަސައްކަތުގެ އިތުރުން ހދ.ހަނިމާދޫގައި އަލަށް އަޅާ އެއާޕޯޓް މަސައްކަތާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ އަމަލީ މަޝްރޫޢުވެސް ކުރިޔަށް ދާ ކަމަށެވެ. އަދި ހަމައެއާއެކު އައްޑޫގެ އިގްތިސާދީ ތަރައްގީ އަށް ގިނަ މަސައްކަތް ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެގޮތުން އައްޑޫގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު އިގްތިސާދީ އިތުރު ފުރުސަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގައި ގައުމުގެ ގިނަ ސިނާއަތްތައް ކުރިއަރުވަން މަސައްކަތްކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި ޓޫރިޒަމް ސެކްޓާގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް މި ގެންނަ އިގްތިސާދީ ބޮޑުބަދަލު ފުރިހަމަވުމުން، 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށާއި އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިންމުމެވެ. އަދި ދެން އަންނަ ޕީކް ސީޒަނަކަށް ފަތުރުވެރިންނާއި އާންމުންނަށް އެއާޕޯޓް ބޭނުން ކުރެވޭނެ ގޮތް ހެދުމެވެ.

"ފިނިހަކަ" ދުވެލީގައި ހިންގަމުން އަންނަ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެކަމަކު، މި ސަރުކާރުން ބުނަނީ އެއީ މާ ކުރިން ވެސް ހަމަޖެހުނު ފައިސާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޜާޅު

    ޢޭ ޓާރމިނަލް ވާހަކަ ނުދައްކާ 5 އަހަރު ވީ އޮނިގަނޑު ހުންނަތާ

    40
    1
  2. ޥަރަށް

    މިއޮއްފަދަ ޒަމާނުގަ ޓިނުފުރާޅުގަނޑެއްއަޅާފަ ހަދައިގެންއަނެއްފަހަރު ފެންހިޔާނުވެގެން ބާލިދީބަހައްޓައިގެންއުޅޭތަންފެންނާނީ ، މީސަރަހައްދުގެ އެންމެޗާލު.

    23
    1
  3. އެދުރުބެ

    އިބްރާހިމް ބެލީ ދައުލަތައް ނުކަތާވަރަށް ދަރަނި ނަގައިގެން ފެނަކައިން ވަޒީފާ ބަހައިގެން ވެރިކަމުގަ ހުރެވޭތޯ ދެންބެލީ ހުކުރު ހަމަނުވާ ރައްރަށުގަ ބަނދަރާ ނަރުދަމަޔާ ފުޓުސަލްދަނޑު އަޅޭތޯ މިކަހަލަ ދެކޮޅުނުޖެހޭ ސަތޭކަހާސް ކަންކޮށް ދައުލަތް ބޮޑުކޮށް ދަރުވާލާފަ ފައިބައިގެން ތިދަނީ އެއާޕޯޓުގެ ތަރައްގީގޭ ތަސައްވަރު ބޮލައްވަންނަވަރު ބޭފުޅެންނޫން ތީކީ މީހަކު ކުރަންޖެހޭ ހުރިހާކަމެއްކޮށް ފަށާފަ އޮތް މަސައްކަތެއްއެއީ ކުޑަރަށް ބޮޑުރައް ކިޔަކިޔާ ތިއްބާ 5 އަހަރު މިދިޔައީ

  4. ކަންއޮތްގޮތް

    ވެރިކަމުގަ 5 އަހަރު ހޭދަކުރި އިރު 5 އަހަރު ވެގެންދިޔައީ ދިރިތިބި މީހުންގެ ހަޔާތުން ބޭކާރުވެގެން ދިޔަ 5 އަހަރަށް 5 އަހަރުގަ ދައުލަތުން ބައެއް ގެއްލިފަވަނީ ކުރިޔަށް އޮތް 30 އަހަރު ދައުލަތަށް ލިބޭހުރިހާ ލާރިއެއް ދަރަންޏަށް ދެއްކިޔަސް ސަލާމަތްނުވާ ވަރަށް ދައުލަތް އޮތީ ދަރުވާލާފަ ޖުމްލަކޮށް ރައްޔަތުންގެ ދިރިއުޅުމުގެ ހާލަތައް އައި ހެޔޮބަދަލެއްނެތް

  5. ރިފާ

    މީނަޔާ މިކަމަކާ ކޮންވާބެހޭކަމެއް. މީހަކު ހީހީ ހަލާކުވެދާނެ.

    39
    2
  6. އަޖައިބެއް

    ނިމޭއިރު...... ބަލަ ނުނިމިގެންނޭ ބާލަންޖެހުނީ. ދެވަނަ ދައުރެއްދީގެން ތަންދަބަރަށްވާތަން ބަލަންޖެހިދާނެތީއޭ ބޭރުކުރީ.

    34
    2
  7. ޙައްގުބަސް

    މިއީ ރައިސް ޔާމީން ސަރުކާރުގައި ޕްލޭންކޮށް މަސައްކަތްތަށާފައިވާ ތަނެއް!! ހުޅުލެ އެއަރޕޯޓްގައި އެހިންގާ ހުރިހާ ތަރައްގީގެ މަޝްރޫއުތަކަކީ ރައިސް ޔާމީންގެ ސަރުކާރުން ފެއްޓި އެއްްބިލޔަން ރުފިޔާގެ މަސައްކަތް!! އޭގެތެރޭ އާރަންވޭ އާއި އާސީޕްލޭން ޓާމިނަލް އާއި އާފިއުލް ފެސިލިޓީ އާއި އާކޯގޯ ފެސިލިޓީއާއި އާވީވީއައިޕީ ފެސިލިޓީ އާއި ދެބުރިއަށް އިމާރާތް ކުރަމުންދާ ޕަސިންޖަރ ޓާމިނަލް ހިމެނޭ!! އޭރުވެސް ނޫސްތަކުގައި އެސަރުކާރުން ބުނެފައިއޮތް އާޓާމިނަލް ވެގެންދާނީ މިސަރަޙައްދުގައި ގާއިމުކުރެވޭ އެންމެ ރީތި އެންމެ ހިތްގައިމު އެއްޓާމިލަންކަމަށް!! އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގާފައިވާ އެއްވެސް މަޝްރޫއެއް ނޮއޮންނާނެ ހުޅުލެ އެއަރޕޯޓްގައި!! ވަރަށް ސަލާމް!! ހުރިހާ ކްރެޑިޓެއް އޮތީ ރައިސް ޔާމީންގެ ސަރުކާރަށް!!

  8. ހިންނަވަރޭ

    ކުރެޑިޓް ނަގަން ނޫޅޭ ...އިބޫ ކުރި އެއްކަމެއްވެސް ނެތް ތިޔަކަމުގަ، ތީ ރައީސް ޔާމީންގެ ވިސަނަރީ

    51
    1
  9. މާމީ

    އެއީ ސޯލިހު އަކާ ބެހޭ ކަމެއް ނޫން

    50
    1
  10. ސޯޓުބެ

    އަދި ކިރިޔާތޯ ތިކަން އެނގުނީ! ކުރީގެ ވެރިމީހާ ކުރިކަމެއްވީމާ، މުލިއާގެއިން ނުކުތް ފަހުންތޯ ތިކަން ތިޔަ ރިއަލައިޒްވީ!

  11. ބިސްފޮޅި

    އެހެންތަ؟

  12. ޕޭމަންޓް

    ތިވާހަކަ ތައް އިތުރަށް ދެން ނުދައްކާ. ރައްޔިތުން ބުނެފި ތިބޭފުޅާ ކައިރި ދެން ގޭގަ މަޑުކޮށްލާށެ. ވާހަކަ ދައްކައިގެން ދެންވާނީ ފަލީހަތް.