ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ މިފަހަރު އެކަނި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބް ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ރައީސްގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ. ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ފަސް އަހަރުގެ ދައުރެއް ނިމިގެންދާ އިރު، އެކަން ހާސިލްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެން ދިޔުން މިގޮތުގައި ހިނގަމުންދާ ތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ.

އަދި މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް." ރައީސް ވިދާޅުވިއެވެ.

"ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން."

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކުގައި އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ އެ އިންތިހާބު ކާމިޔާބު ކުރެއްވެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެވެ. މި ބައްދަލުވުމުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ރައީސް ސޯލިހް މަރުހަބާ ދެންނެވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާތައް ސުލްހަވެރިކަމާއި އޮމާންކަމާ އެކީގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ދެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 129،159 މީހުން މުއިއްޒަށް ވޯޓު ދިން އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް މިހާތަނަށް އައިއިރު ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެމީހާ

    ދޮގުހެދުާމާއި އޮޅުވާލުމަށްވެސް ހައްދެއްއޮންނާން ވާނެ އެކަމުމިވަރެއް ނުދެކެން

  2. ޜ

    ކަނޑައެޅިގެން ދޮގެއް..
    2013 ގައިވެސް
    2008 ގައި ވެސް
    2018 ގައި ވެސް
    ގަދަ ކަމަކުން ނޫން

    18
    2
  3. އަލީ

    ދޮގު ހަދާ ދަމުން ވެސް

    19
    3
  4. ކޮސްފަހަރި

    މަނިކުފާނަކީ ވިސްނުމުގެ ކޮށިކަމެއް ހުރި ބޭފުޅެއްކަން އަބަދުވެސް ރައްޔިތުން ގޮވާނެގި. އެކަން ދަލީލުކޮށްދޭ ހެކިތައް

    1. ކުރެވެނީ ވެރިކަމެއްކަން ނޭގި ގައުމުގެ ރިޔާސަތުގައި އިއްޒަތާ މުސާރަފުޅާ ހަށިފާރަވެރިންނާއެކު ވެރިކަން ނިންމާލެއްވި އަދި ރައްޔިތުންނަށް ހިލަމެއްނުވި ހަމަ އެކަނި ރައީސަކީ މަނިކުފާނު.
    2. 2018 ވަނައަހަރު ގައުމުގެ މަގުތަކުގަ ނާންކަމާ ބިރުވެރިކަން އުފެއްދީ މަނިކުފާނު ޖަޑިބަކަށް ހުރެ ރީދޫ ބައިގަޑު ގޮވައިގެން މަގުތަކުގައި ހިގާމީހުނާ ދުއްވާ އެއްޗިއްސަށް ދުއްތުރާކޮށް ފިހާރަތައް ލޫޓުވައި ހެދުމުން. އަދި މި 5 އަހަރު މަނިކުފާނު ނުހޮވިއްޖެ ނަމަ، މި ހުތުރު މުޑުދާރު އަމަލުތައް ތަކުރާރު ކުރައްވާނެ ކަމުގެ އިންޒާރު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތަކުގައި މަނިކުފާނު ދެއްވި. އަދި މަނިކުފާނު ނުހޮވުނު ކަމަށްޓަކައި ﷲ އަށް ރައްޔިތުން ހަމްދުކޮށް ޝުކުރުގެ ސަޖިދަވަނީ ޖަހާފައި
    3. މަނިކުފާނަކީ ނޫސްވެރިކަން ފައިސާއަށް ވިއްކާލި ބޭފުޅެއް ފާޅުގަޔާ ސިއްރުގަ މަނިކުފާނު ބޭނުންފުޅުވި މީޑިއާތަކަށް ފައިސާބަހައި ގަނެގެން ނޫސްވެރިކަން ކުރި ހަމަ އެކަނި ރައީސް
    4. މަނިކުފާނަކީ ތަރައްގީ އޭ ކިޔާ އެއްޗެއް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ނުވާއިރު، މަނިކުފާނުގެ ތަރައްގީ އަކީ އެތަރައްގީގެ އަގުގެ %50 މަނިކުފާނާ ޕާޓީ ކުދިންގެ ޖީބުފުޅަށް ލެއްވި އަދި %25 އަވަށްޓެރި ގައުމެއްގެ ޖީބަށް ލެއްވި އަދި ބާކީ %25 ކޮންކުރީޓު ސިފާގައި ސިފައަކުން ސިފައެއް ނުޖަހާ ގޮތަށް ފެންނަން ހުރި އެއްޗެއް.
    5. ބުނެވިދިޔަ މަނިކުފާނުގެ ތަރައްގީ އާއެކު ދިވެހި ގައުމުގެ އިގްތިސޯދު އަވަށްޓެރި ގައުމެއްގެ އަޅުވެތިކަމަށް ގެންގޮސް، ދިވެހި ގައުމުގެ ނަމުގައި 120 ބިލިޔަން ދަރަނި އުފެއްދި މޮޅު ހިސާބު އިލްމުވެރިއެއް. ސާނަވީ ތައުލީމުވެސް ނުނިންމާ ހުންނެވި ބޭފުޅަކަށް ރައީސް މައުމޫން އެ ދެއްވި ކަމަށް އެ ވިދާޅުވާ ސެޓްފިކެޓް ހަގީގަތަކީ ވެސް މީ ކަމަށް ވެދާނެ.

    6. މަނިކުފާނަކީ މި ގައުމު އިންޑިއާގެ އަޅުވެތިކަމަށް ގެންގޮސް މި ގައުމުގައި އިންޑިއާގެ ސިފައިން ބައިތިއްބައިގެން ވެރިކަން ދެމެހެއްޓުމަށާ ރާއްޖޭގެ ދާޚިލީ ޚާރިޖީ ހުރިހާ ކަމެއް އިންޑިއާއިން ބުނާހާ ގޮތަކަށް މަސައްކަތްކުރެއްވި ހަމައެކަނި ރައީސް.
    7. މަނިކުފާނަކީ މަނިކުފާނުގެ ޕާޓީގެ ބޮޑުވެގެންވާ ފިކުރީ ދައުރެއް އޮވެގެން މިގައުމުގައި ހިންގި ލާދީނީ ޖަމާއަތްތައް މަނިކުފާނުގެ ވެރިކަމުގެ ތެރެއަށް އިންޓެގްރޭޓު ކުރައްވައި، އެ ޖަމާއަތްތަކުގެ ބޮޑުންނަށް ބޮޑެތި މަގާމުތަކާ މުސާރަފުޅުތަކާ ހިމާޔަތް ދެއްވައި، އެ ބައިގަޑުގެ ސިއްރު މަސައްކަތަށް މަގުފަހިކޮށްދީ އެލާދީނީ ފިކުރު ރަސްމީ މަންހަޖު ތެރެއަށްވެސް ވައްދަން ބުރަ މަސައްކަތްކުރެއްވި ހަމައެކަނި ރައީސް. އަދި އިގިރޭސި ބަހުން ދީން ކިޔަވައިދޭން ކުރެއްވި މަސައްކަތަކީވެސް ދީނީ އެކި ފިކުރުތަކުގައި ޖެހިފަ ތިބި ބޭރުގެ ރޯނުއެދުރު ދީނީ މުދައްރިސުން ގެނެސްގެން މި ގައުމުގައި ދީނީ ފިތުނަވެރިކަން އުފައްދައި ލާދީނިޔއްޔަތަށް މަގުފަހިކުރުމަށް ދުރާލާ އަޅަން އުޅުނު ހީލަތްތެރި މަސައްކަތުގެ ބައެއްކަމަށް ރައްޔިތުން ގަބޫލުކުރޭ.
    8. މަނިކުފާނަކީ ޖުޑިޝަރީ ބޭނުންކޮށްގެން ކޯޓުތަކުގެ ހުކުމްތަކަށް ސީދާގޮތުންނާއި ނުސީދާކޮށް އަތްބޭނުވި ރައީސެއް. އަދި ރައީސްއޮފީހުގައި އެކަމަށް ޚާއްސަ ކުރު ބޭފުޅަކު ބައިންދަވައިގެން އަދުލުވެރިކަން އެއްކޮށް ނައްތާލެއްވުމަށް މަސައްކަތް ކުރެއްވި ހަމަ އެކަނި ރައީސް.
    9. މަނިކުފާނަކީ ގައުމުގެ ދިފާއީ ބާރުގެ ތެރެއަށް ސިކުޑިކުނި މީހަކު ލައްވައި، ދިފާއީ ބާރު ނެތިކޮށްލައި ކުޅިވަރާ މަޖާކުރުމާ ކަރޯކޭއަކީ މެންޑޭޓުކަމަށް ހެއްދެވި ރައީސް
    10. މަނިކުފާނަކީ ގޯތިގެދޮރުގެ މަސްތުގައި ރައްޔިތުން ޖައްސައި ނިންދަވާލުމަށްފަހު، އެތެރޭން އެތެރޭން ޕާޓީ ކުދިން ކޮޅާ ގޭދޮށުކުދިން ކޮޅަށް ގުރުއަތޭ ކިޔާފައި ނާޖާއިޒުގޮތޮގައި ހުޅުމާލެ އިން ގޯތިތައް ބަހާލައި، އެކަން ރައްޔިތުންގެ ސިކުޑިއަށް ނުވަންނަ ވަރު ކުރަން ވެގެން ފަޅުތަކާ ގިރިތަކާ ހާތަކުގެ މަތިންނާ އަޑިން އެދުނުހާ ބަޔަކަށް ގޯތި ދެއްވި ރައީސް.

    މިކަންކަމަށް ބަލާއިރު، މަނިކުފާނުގެ ސްޕީޗް ލިޔުންތެރިޔާ ލިޔެފަދޭ ފަށުވި ސްޕީޗުގެ ޒަރީއާއިން އިއްވި ސްޕީޗަކީ ފަހުވަގުތު ވެސް މި ގައުމުގެ ތަރއްގީގެ ބާނީ އަދި އިލުމުވެރި ތަޖްރިބާކާރު އަދި މަނިކުފާނު އެބޭފުޅަކާ ވާދަކޮށްލަން ޖެހިލުންވި، މަނިކުފާނާ އިންޑިއާ ބައިވެރިވެގެން ޖަލުގަ ކުޑަގޮޅިއަށް ލައިގެން ތިޔަ ގެންގުޅުއްވާ ރައީސް ޔާމީނަށް އުކި ގަލަށް ވިޔަސް، މަނިކުފާނު ރައްޔިތުން ހަދާންކުރާނީ މަތީގައި ބަޔާންކުރެވުނު ގޮތަށް ކަމާމެދަކު ދިވެހި ރައްޔިތަކު ޝައްކެއް ނުކުރާނެ ކަން ޔަގީން!

    25
    2
    • ސާހަބު

      ވަރަށް ރަގަޅު ވާހަކައެއް. ހަމަ ހަގީގަތް މީ. އަދި އެމްއެންޕީއާރުސީގެ ކޮރަޕްޝަން މަސްތިގަ ރައްޔިތުން ޖައްސާފަ މުޅި ގައުމު ދަވާލި ޗޯރޭ ގެ ވާހަކަ ގެނައިނަމަ ވަރަށް ފުރިހަމަވީސް

  5. ކަރުޒާބު

    ދުއްޕާން ކުރާ ގައުމައް ގައްދާރުމީހުން ވެރިކަމުގަ ތިބީމަ އަމާންވެގެން އަމާންކޮށް ބަދަލްވީ ހުޅުޖަހާ ގައުމު އަންދާ މީހުން މާރާމަރީޔާ ބޭރުސިފައިން މިތަނަށް އަރަން ގޮވި ބަގަ ވެރިކަމުގަ ތިބީމަ ރައްޔިތުން ހަމަނޭވާލާގެން ދުވަސްކޮަޅަކު އުޅެވުނީ ބަލަންތިބޭ ތި ބަލާވެރިކަން ނޮހޮރޮއްޕާން ޖެހޭނެ ދުވަސް ވަރަށްގާތްވެއްޖެ ޓެރަރިސްޓު ޖަމާއަތެކޭ ތިބާގަޑުގެ ތަފާތެއް ނޯންނާނެ ގައުމު ބިރުވެރިކަމަން އަމާންކަން ނަގާލާދުވަސް އޮތީ ވަރަށް ކާރީގަ

  6. ޑިމޮކްރަސީ

    މިއައްވުރެން ރައްޔިތުންނައް ބިރުވެރި ފަސްއަނހަރެއް މިޤައުމުނުދެކޭ ހުރިހާބާރެއް އަތުގައޮތީމަ ރައްޔިތުންތިބީ ތަޅުއަޅުވާފަ ރަށަކައް ދިޔަޔަސް އެރަށެއްގަތިބި މީހުން ރަށުންބާލާފަ ނޫނީ ހައްޔަރުކޮއްފަ ރަށައްވެސްއަރަނީ މީ އަމާންކަން އޮތްވަރު އެވަރުންވެސް ޤައުމައްކޮއްދެވުނު ކަމެއް އޮތީޔެއްނޫން ތިމަންނަޔާ ވާދަކުރަންހުރި އިދިކޮޅުލީޑަރު ވާދަކޮއްފާނެކަމައްޓަކާ ގެންގޮސް އޮތީ ޖަލައްލާފަ މީ ޤައުމުގަ ހަމަޖެހުން މިފަސްއަނހަނރު އޮތްގޮތް

  7. ާވަތުބަތާނަ

    ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް، ވަރަށް އޮމާނެއްނު، މި ދުވަސްކޮޅުވެސް އެހެރަ ހިންގާ ޖަރީމާތައް މީނާއަށް ހަމަނޭގެނީތަ؟ ތާރީޚުގައި އެހެން ލިޔަންވެގެން ކިޔާ އެއްޗެއް.

    21
    3
  8. ފަޒޫ

    އެހެން ނޫނީ ތަޅާ ފޮޅާގެން ދޯ ބަދަލުމިވަނި ކީކޭ ބުނާނި ހުރިހާކަމެއްވެސް މި 5 އަހަރު އޯ މިދިޔައީ އަމާން އޮމާންކޮއް ރީތި ޙޯދިޔަސް ފޮނި ކެޑިއަސް ބޮޑުވަރު

  9. ޢަރީފު

    ރައީސް މައުމޫނުގެ ވެރިކަން ނަޝިދުއަށް ވެރިކަން ފުރޮޅާލަ ދެއްވީ ވަރަށް އަމާން އޮމާންކޮށް.

  10. ރާސް

    އޮމާން ކަމާއެކު ޖެހިލުމެއްނެތި ގައުމުގެ ދީނާ މިނިވަންކަމާ އިގުތިސޯދު ވިއްކާލި ފުރަތަމަ ފަހަރު.

  11. Anonymous

    ދުލުގައި ގޮއްނުޖެހެންޏާ ކޮންމެ އެއްޗެއް ވެސް ކިއިދާނެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ މީހެއްގެ ވެސް ޢަމަލާއި ނިޔަތް މޮޅަށް ދެނެވޮޑިގެންވޭ.

  12. އަހްމަދު

    މިއައްވުރެނުކަފާކޮށް ސަރުކާރެއް ބަދަލެއްނުވާނެ ތިމާނުހޮވޭނެކަން ޔަގީންވީމަ އަގުބޮޑުބިންތަކުން ގާތްމީހުނައްގޯތިބެހުމާ ދިގުމުއްދަތައް ބިންތައްކުއްޔައްދިނުމަ މިހިރީ މީގެކުރިން ހިނގާކަންކަމެއްނޫން

    10
    1