ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ރީތި މިސާލާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމުގެ ކަންކަން ގެންގޮސްދެއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާއި ގުޅިގެން ރޮޒައިނާ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރޮޒޭ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ދައްކާފައިވާ ރީތި މިސާލާ އެއްގޮތަށް ރައީސް މުއިއްޒު ޤައުމު ހިންގާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

 

ރޮޒައިނާ ވަނީ، ރައީސް ޞާލިޙުއަށާއި އެމަނިކުފާނުގެ ނައިބު ރައީސް ފައިޞަލް ނަސީމު ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ކޮށްދެއްވި ޚިދުމަތަށްޓަކައި އެދެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

ރައީީސް މުޢިއްޒު ހުވައި ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރޮޒައިނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރޮޒޭއަކީ ރައީސް މުއިއްޒަށް ފާޑުވިދާޅުވަމުން އަންނަ އެމްޑީޕީގެ މެންބަރެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރީ ސަފުގައި އިސްވެރިންނަށާއި މަޖިލީހުގެ މެންބަރުންނަށް އަންހެން ބޭފުޅުން އައްޔަން ކުރައްވާ ވާހަކަތަކަށް ވެސް ރޮޒޭ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަންހެނުން ވީހާވެސް ބޮޑަށް މަޖިލީހުގެ ގޮނޑިތަކަށް ހޮވުމަށް މުއިއްޒު ހަގީގަތުގައި ވެސް ބޭނުންވާނަމަ އެ މީހުންނަށް އެހީ ދޭންވީ ކެމްޕޭންގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ރައީސް ސޯލިހު ދެއްކެވީ ލާމަސީލު ލީޑަޝިޕާއި ގައުމަށް ގެނެސް ދެއްވި ހަމަޖެހުން ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށެވެ. އަދި އެ ސަރުކާރުގައި ދިވެހި ރައްޔިތުން ކުރިން ތަޖުރިބާ ކުރި ބިރުވެރިކަމާ، ތަހައްމަލް ކުރި ހަމަނުޖެހުމުން މިންޖުވެ، ދިވެހި ރައްޔިތުންނަށް ހަމަޖެހުން ގެނެސްދެއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ާާާޢަލީ

    މާނަޔަކީ ރޮޒޭނާޔާއި ފިރިމީހާބުނާގޮތަށޭތޯ....؟؟؟؟ އިރާދުކުރެއްވިއްޔާ ރައީސްމުއިްޒު ރިކަމެއް ނުކުރައްވާނެ..ރޮޒެއިނާގެ އަނގަދަށަކުނުވާނެ...އިންޝާﷲ

    39
    • ޙޖހޖ

      ތިކަން ނުވާނެ ކޮއްޔާ! ބަދަލަށް ބަހާނެ އެއްޗެއް ގައުމުގަ ނެތް. އޯގާތެރިކަމާއެކު ބަހާ ހަޒާނާ ހުސްކޮށްކޮށްލާފި. ސޯލިހު ފަދައިން ކޮރަޕްޝަން ހިންގޭކަށްނެތް. ޟިހާރުގެ ރައީސްއަކީ އިސްލާމް ދީނަށް ލޯބިކުރާ މީހެއް. ގައުމު ވިއްކޭކަށްނެތް. ގައުމު އޮތީ ވިއްކާ ނިންމާފަ. 120 ބިލިއަން ދެރުވޭކަށް ގައުމުގެ ހުރިހާ އެސެޓެއް ހުރީ ރަހުނުކޮށްފަ ނުވަތަ ވަގަށް ނަގާފަ

      • ހަސަނުގެ

        ޢެއީ ކޮންގޮތެއް ރިޒާވް ހުސްކޮށްލާ ގައުމު ދަރަނި ވެރިކޮއްލާ އިންޑިއާފަދަ ގައުމެއްގެ ޕަޕެޓަކަށް ވުމާ ބޮޑެތި ކޮންޓްރެކްޓް މަސައްކަތްތައް އެދާއިރާ ނޫން (ބަދަރު ހަދޝްއަށް) މީހުނާ ހަވާލުކުރުމާ ކުންފުނިތައް ދަރަނިވެރި ކޮށްްލުން ފަދަ ކަންތަަ

  2. އެންމެ

    އެންމެ ފުރަތަމަ ކަމަކަށް މީނަ ހުޅުމާލެއިން ފޭރިގަނެފައިވާ ހޮސްޕިޓާ ޕުރޮޖެކުޓުގެ މައްސަލަ ބަލާ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަންވީ!

    37
  3. ނަނަނަ

    ބުނަން، އަނގަޔަށް އަންނަ އެއްޗެއްގެ ބޮޑުކަމުން ނުބުނާނަން އަނގަޔަކުން.

    34
  4. ޑީޑީ

    ޥަކިބަޔަކައްޙަޒާނާ . ޥަކިބަޔަކައް ފަޅުރައްތައް. ހުޅުމާލެއިން ވަކިބަޔަކައް ގޯތި. ޙުޅުމާލެއިން ވަކި ބަޔަކައް ހޮސްޕިޓަލް އަޅަން ބިން..

    31
  5. ރައްޔިތުންގެ ކުލިނިކު

    އޭރުން އަނެއްކާ މި ސަރުކާރުގެ އަންހެން މިނިސްޓޜުންވެސް ރޮޒޭ ގޮތަށް ރައްޔިތުންގެ ފައިސާއިން ބޮނޑެތި ކުލިނިކުތަށް އަޅާނެނު ތި ސޯލިހު ހިނގި މަގުންޗނުހިނގުން ރަނގަޅީ ރޮނޭނާ އަކަށް ނޫން އެނގޭނީ މުއިއްޒު ހިނގަންވީ މަގެއް

    27
  6. ރެދުން

    ރައީސް ސޯލިހަކީ ގަމާރެއް ޕޯޑިއަމްތަކުގަ މީހަކު ލިޔެފައިވާވާހަކަ ދަށްކަން ހަމައެކަނި އެނގެނީ އަމިއްލަޔަށް ބަސްހަދާ ވާހަކަދަށްކަން ނޭނގޭ ގަމާރެއް މިހާރުގެ ރައީސްއަކީ ކަމަށް ގާބިލު ކުޅަދާނަ ބަސްމޮށުންތެރި ފަހުލަވާނެއް ދައިތަ ތިއުޅެނީ 21 ވަނަ ގަރުނުގަ ދެން އަވަހަށް ރަށަށްދޭ ތަންމަތި ބޮނޑި ހިފައިގެން.

    21
  7. ދެބޯގެރި

    އަނެއްކާ މި ޤައުމު މިހާޜު މި އޮތް ހާލަތުގަވެސް އޮތުމަށް ތިޔަ ޖާހިލުން ބޭނުން ނުވަނީކަން އެނގޭ ތިޔަ ލާދީނީ އެމްޑީޕީން ޤައުމު ހިންގި ގޮތަށް ހިންގައިފިނަމަ މި ޤައުމު އޮޔާދާނެ ދިވެހިންގެ އަތުން ޤައުމު ބީވެގެންދާނެ މި ޤައުމުގެ ޤައުމިއްޔަތާ މާތްވެގެންވާ އިސްލާމް ދީން މި ޤައުމުން ނެތިގެންދާނެ އަޅުވެތިކަމާ ނިކަމެތިކަން ފެނިގެންދާނީ އެއީ ތިޔަ ބައިގަނޑޫ މިޤައުމަށްހަދަން ބޭނުންވާ ގޮތަކީ

    24
  8. މަހުދީ

    ނުޖެހޭނެ. ގައުމު އަޅުވެތި ނުކުރައްވާނެ. ކަނޑެއް ނުވިއްކަވާނެ. ވަގުން ދުލެއް ނުކުރައްވާނެ

    23
  9. ޅިޔަނުބެ

    ރައީސް ސޯލިހު ދެއްކި މިސާލާ އެއްގޮތަށް ގައުމު ހިންގާފިއްޔާ އަނެއްކާވެސް ގައުމުދާނީ ފަހަތަށް. ރޮޒޭނާ ހަމަ މޮޔަވަނީ

    23
  10. ޞސބ

    ޜޮޒޭނާ ކަލެޔަށް ނޭނގުތަ ރައްޔިތުން ނޫނެކޭ ބުނީ ކީއްވެގެންކަން. ދެންކިހިނެއް އޭނަ މިސާލަކަށް ބަލާނީ

    23
    0
  11. ދަރިން

    ނޯ މެޑަމް ތިކަހަލަ ވާހަކަ ނުދައްކާ އަހަރެމެން ބޭނުމެއްނޫން ވެންޓިލޭޓަރ ވައްކަން ކުރާކައް

    21
  12. ރާއްޖެ

    ލަދެއް ހަޔާތެއް ހުރި ނަމަ ރޮޒޭނާ ހުންނާނީ މި 5 އަހަރު ދެން ހިމޭނުން. ފައިބައިގެން ތި ދިޔައީ މުޅި ގައުމު ދަވާލާފަ.

    23
  13. Anonymous

    ދުޢާކުރާ ޓީމެއް ވެސް ޙައްޖަށް އެހެންވީމަ ފޮނުވަންޖެހޭނެތާ.
    ބޮޑެތި ކުށްވެރިން ވެސް ދޫކޮށްލަންޖެހޭނެތާ
    ޒީރޯ ޓޮލަރެންސް ކިޔާ އެއްޗެއް ގިރައިގެން ބޯންޖެހޭނެތާ. މިހެންގޮސް ކިޔާނެ ކަމެއްނެތް. ދޮންކަނބުލޯ ދިވެހިންނަށް ތިޔަ ބުނާ މީހަކު ގެ ކަންތައް ކަމަކު ނުދިޔައޭ ރަންކޮޅާ. އެހެންވެ ރައްޔިތުން ނޫނެކޭ ބުނެލީ ހެދުނުހުރިހާ އެއްޗެއް ހެދީމަވެސް. ދެން ލަލަލާ

    17
  14. ކޮއްޔާ

    ާސޯލިހް ވެރިކަން ކުރިހެން ޑރ މުއީޒު ވެރިކަމެއް ނުކުރާނެ // ކުރަން ހެޔޮވެސް ނުވާނެ // އެވަރު ހަމަ ނޭނގެނީ ތަ ؟؟

    23
  15. ކާސިންބެ

    ގައުމު ދަޥާލައިފި
    ދައުމު ދުވަހަކުސް ނުދެކޭ ވަރުގެ ދަރަންނެއް ދީފި
    ސަރުކާރުގެ ފައިސާ ބަހާލައިފި
    ފައިސާ ޗާޕްކޮށްގެން ގައުމު ހިންގީ
    އެއްވެސް މަރެއްގެ މައްސަލައެއް ނުބެލުނު
    އެމް.އެމް.ޕީ.އާރު ގެ މައްސަލައެއް ނުބެލުނު...
    އެމް.އެމް.ޕީ.އާރު ގެ މައްސަލައެއް ސާމިލުވާ ވަގެއް ކަން އިގެގެން ދިޔަ
    ބޮޑެތި މުއްސަދިންގެ ޖޫރިމަނާ މާފްކޮށްދީފި
    ބޮޑެތި މައްސަލަ ދިމާވާނެ ހެން އެކުވެރިންނައް ފައިބައިގެން ދަމުން ގޯއްޗާއި ފުލެޓް ބަހާލައިފި
    ބޮޑެތި މައްސަލަ ދިމާވާނެ ހެން އެކުވެރިންނައް ފައިބައިގެން ދަމުން ޕޮލިސް ޕުރަމޯސަން ދީފި

    18
    • ހ

      ހެހެ ރޮޒޭ އަތައްގޮވީ

  16. އަލީ

    އެގޮތް ކަމު ނުގޮސްގެނެއްނު ބަދަލު މިކުރީ

    16
  17. ކަކުނި

    މިހިރަ ދައިތާ ގަނޑެއް ދޯ ދެން. ޕިސް ޕިސް

    17
  18. އހމދ

    އެގޮތައް މިގައުމު ހިންގަން ބޭނުން ނުވާތީ މުއީޒު ހޮވީ

    16
  19. ާލިޔަން

    ޢަދީބް އާއި ޒިޔަތް ފެންނަން

  20. ޢަހިމަދު

    ސޯލިހުގެ މިސާލަކީ ގައުމު ވިއްކާ ދަރުވާލުން އަދި ބޮޑެތި ވަޣުންނާއި ފާހިސް އަމަލު ހިންގި މީހުންނާއި ދީނައް ފުރައްސާރަ ކުރި މީހުން ހިމާޔަތް ކުރުން މިމިސާލުން މިސާލު ނަގަންޏާ ގައުމު އަނެއްކާވެސް އިތުރައް ހަލާކުވާނީ ރޮޒޭނާ މެން އަދިވެސް ލަދުގެ ކަންފުޅެއްވެސް ނެތްދޯ

    12
  21. ކުޑަކަތީބު

    119 ބިލިއަން ކާލިގޮތުގެ މިސާލުވާހަކަތަ ތިބުނަނީ؟

    14
  22. Anonymous

    ތިބުނީ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދޫކޮށްލައިގެން، ރާއްޖެ ދަރުވާލައިގެން، ބައިތުލްމާލުން ވައްކަންކޮށްގެން ރާއްޖެ ހިންގާނެ ކަމަށް އުންމީދުކުރާ ވާހަކަތަ؟

    12
  23. ރިޒާ

    އެހެންވިއްޔާ މިގައުމެއް ނޯންނާނެ

    14
  24. އހ

    ލައްކަ ރީތި މިސާލެއްނު...ހެހެހެ

    11
    1
  25. Anonymous

    ގުއިއަނގަ ރޮޒޭ އަަށް: ރައީސް ސޯލިހު ދެއްކެވި މިސާލާއި އެއްގޮތަށް ދެން އިތުރަށް ވެރިކަން ހިންގައިފިއްޔާ ރައްޔިތުުންނަށްޓަކައި ކަަހާލާނެ އެތިކޮޅެއްވެސް ގައުމުުގެ ތިޖޫރީގަ ނުހުންނާނެކަން ގައިމު!! ޢެެެނެއް ވާހަކައަކީ ރ.ސާލިހު ވެރިކަންކުރިގޮތަކީ އެއިން މިސާލުނަގައިގެން އަލަށް އިސްވާ ވެރިއަކު ވެރިކަންކުރަން ބެސްޓް ގޮތެއްނަމަ ކީއްވެބާއޭ މފަހަރުވެސް ރައްޔިތުން އެބޭފުޅާ ވެރިކަމަށް ނައަރުވަން އިންތިޚާބުން ފެއިލްކުރީ؟؟

    13
  26. އަހްމަދު

    ރޮޒެއިނާ އެވެ! ސޯލިހް ވެރިކަން ކުރިގޮތަށް ވެރިކަން ކުރާކަށް ނޫން ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ! އެގޮތަށް ކުރާނަމަ އެންމެ އިންޑިޔާއަށް ގައުމު ދީފައި ކުންފުނިތަކަށާއި މީސްމީހުންނަށް ރައްޔިތުންގެ ފައިސާ ބަހަންތަ ކަލޭމެން ބޭނުމީތަ!

    12
  27. ހެންތަ

    ވައްކަމާ ހިޔާނާތާ އަނިތާވެރިކަމާ އެކު؟

  28. ހާލުފޮޅި

    ސޯލިހުގެ މިސާލަށް އެ ފިޔަވަޅު މަތިން ކަލޭ ހިނގާބަލަ... މީ ބޮޑުވެއްޖެ ކަމެއް.. އަދިވެސް އަނގަ މައިތިރި ނުވަނީއޭ ..

    13
  29. ހެހެހޭ

    ނިމިދިޔަ ސަރުކާރުގައި ވައްކަން ކޮށްފައިތިބި މީހުން ހައްޔަރު ނުކޮށް ދެއްތޯ

    12
  30. މޯޑް

    ކަމަނާ ތިބުނިހެން ކަންކުރަން ވެއްޖެނަމަ ކުރިއައްއޮތް
    5 އަހަރުވެސް ރައްޔަތުން ވާނީ ބިކަ ވާނީ ނިކަމެތި
    ޞޯލިޙު ކުރީ މާމޮޅުވެރިކަމެއްކަމައް ދެކުނަސް އިންތިޚާބުގެ ސާފު މެޖޯރިޓީ ރައްޔަތުންބުނީ ޞޯލިޙު
    ޥެރިކަން ކަމުނުދާކަމައް. އަދިވެސް ޞޯލިޙު ކުރިގޮތައް
    ތޯވެރިކަން ކުރަންވީ ކަމަނައެއްކަމަކު ދެންމޮޔަނުގޮ ކެއްކުރެވޭތޯ ބައްލަވާ،

    14
  31. Anonymous

    އޭގެ މިސާލަކީ ނުމޮށޭ ގުރާ ބާރަ ދާގަންނާނެ.
    ރިއެކްޓް ނުކުރުމުގެ މިސާލަކީ ޚިޔާނަތާއި ކޮރަޕްޝަނޭ. އެކަމުގެ މުއްލާއިންނަށް މަޢާފްކުރުމޭ.
    ހައްޕު ކިޔާއިގެން ހުރުމުގެ މިސާލަކީ ޤައުމުގެ ޚަޒާނާ ލޫޓުވާލުމާއި އެއްޤައުމެއްގެ ފައިބުޑަށްވެއްޓި ޤައުމުގެ އިސްތިޤްލާލު ނަގާލުން.
    އަދުގެ ރައީސް ޑރ.މުޢިއްޒަށް ދަންނަވަން އޮތީ އެފަދަ މިސާލުތައް ނުނަންގަވާށޭ.

    12
  32. ލަކްނައު

    ލޮލް. އެއީ ވައްކަން ހަބޭހަށް ކުރުމުގެ މިސާލް.
    ހުއްޓާލާ.ދިޗެހިންނަށް ފުދިއްޖެ،އިތުރުވެސް ވެއްޖެ.ކަލެއާއި ކަލޭގެ ޗޯރު އިބްރާހީމަކީ ރަނގަޅު އެއްކަމެއްގެ މިސާލެއްވެސްނޫން.

  33. ނާޝިޒު

    ޢެހެންތަ. ޒީރޯ ޓޮލަރަންސްތަ މިސާލަކީީ. ޢަދީބުމެން ދޫކޮށްލުންތަ. ކަލޯގެޔާ ދެން މަޑުން ހުރޭ.

    10
  34. ނުރަބޯ

    ސަލާމަތްނުވާވަރަށް ވައްކަންކޮށްފަ ފޭބީ. ތިވެރިކަމުން މިސާލު ނަގާކަށް ނެތިން.

    10
  35. ޖަޒީރާމަނިކު

    އިސްލާމްދީނާއި ކީރިތިރަސޫލާއަށް ފުރައްސާރަ ކުރިމީހުންނަށް މަތީ މަގާމް ދިނުމާއި. އެއްޖިންސުން ގުޅުން ހިންގާމީހުން ހިމާޔަތްކުރުމާ ރޭޕްކުރާމީހުންނަށް ހިމާޔަތް ދިނުމާ ކޮރަޕްޝަންހިންގާމީހުން ހިމާތް ކުރުމާ،ސަރުކާރުން އެންމެ ބޮޑުވައްކަންކޮށްގެން ދިގުމުއްދަތަށް ޖަލަށްލާފައި ތިބި މީހުންނާ، ކުޑަކުދިންނާބެހިގެން ޖަލުގައި ހައްޔަރުކޮށްފައިތިބި މީހުންނާ، މަސްތުވާތަކެތީގެ ބޮޑުން ދޫކޮށްލުމަކީ ސޯލިހު ރައްޔިތުންނަށްކޮށްދިން ހެޔޮވެރިކަންކަމުގައި ރޮޒޭނާ ގަބޫލުކުރިއަސް ރައްޔިތުން އެކަންް ގަބޫލެއްނުކުރޭ. އެގޮތަށް މިސަރުކާރުން ތަބާނުވާނެކަން ޔަގީން.

    8
    1
  36. Anonymous

    ތިކަން ނުވާނެ ކޮއްޔާ! ބަދަލަށް ބަހާނެ އެއްޗެއް ގައުމުގަ ނެތް. އޯގާތެރިކަމާއެކު ބަހާ ހަޒާނާ ހުސްކޮށްކޮށްލާފި. ސޯލިހު ފަދައިން ކޮރަޕްޝަން ހިންގޭކަށްނެތް. ޟިހާރުގެ ރައީސްއަކީ އިސްލާމް ދީނަށް ލޯބިކުރާ މީހެއް. ގައުމު ވިއްކޭކަށްނެތް. ގައުމު އޮތީ ވިއްކާ ނިންމާފަ. 120 ބިލިއަން ދެރުވޭކަށް ގައުމުގެ ހުރިހާ އެސެޓެއް ހުރީ ރަހުނުކޮށްފަ ނުވަތަ ވަގަށް ނަގާފަ

  37. ޣތމ

    ސްލޯބެ ބޮޑު ގައްދާރު

  38. މަސްނޫނު

    މިދައިތަ އަނގަހުއްޓާނީ ކޮންއިރަކުންބާ؟ ދީނެއްމިއްލަތެއް މަޒްހަބެއް ރައްބީއެއް ރަސޫލެއް ނުވިތާކަށް ކިޔޭނުކިޔޭ އެއްޗެއް ނޭންގޭ. އިބުރޭގެ ވެރިކަން ނަމޫނާއަކައް ވަނީ ވައްކަމާ ކޮރަޕްޝަން ގައުމުދަރުވާ އަނެއްސަރުކާރެއް ފެށިގެންދާއިރު މުޅިގައުމުގެ އިކޮނޮމީފުނޑާލުން، އެމިސާލު ދައްކަން އާރައީސް އަށްބުނެދޭއިރު މިވެސް ޕީއެޗްޑީ އޮތްދައިތައެއްބާ؟ ލަދުގަންނަންވެސް ނޭންގެ. ލަދުވެތިކަމަކީވެސް ދީނުގަ އީމާންކަމުގެ ތެރެއިންވާކަމެއް.

  39. Anonymous

    އޯ އެމް ޖީ. މީނަ ބުނާ ގޮތަށްތަ ސަރުކާރު ހިންގަންވީ ރައީސް ސޯލިހު ދެއްކި މިސާލާ އެއްގޮތަށް ގައުމު ހިންގާފިއްޔާ އަނެއްކާވެސް ގައުމުދާނީ ފަހަތަށް. ރޮޒޭނާ ހަމަހޭގަތަ ތިހުރީ.!

  40. އައްމަޓީ

    ރައީސް ސޯލިހުގެ މިސާލުން ވެރިކަން ކުރަންވެއްޖެއްޔާ އަނެއްކާ އަނެއްފަސް އަހަރު ފަހަތަށް ޖައްސާލަންޖެހޭނީ ފެށި ޕްރޮޖެކްޓްތައްވެސް ހުރީ ބަރަވެލި ސްޕީޑްގަ. އެންމެފަހުވަގުތު ޤައުމުގެ އެންމެބޮޑެތި ކޮރަޕްޝަންހިންގި މީހުންނަށްމާފުދިނީ، ބިންގާވެސް ނާޅާ ފްލެޓަށްވެސް އިއުލާންކުރީ، ނުހިއްކާތަންތަނުން ގޯއްޗައްވެސް އިއުލާންކުރީ ، އެހެންވީ އިބޫއަށް މިހާރު ދެވެންއޮތީ ސުމެއް.

  41. މާމީ

    ފުރަތަމަ ރޮޒޭނާ ހައްޖައް ދިޔައީ ކިހިނަކުން ތޯ

  42. އަލީ

    އަނެއްކާ މުއިއްޒުގެ 5 އަހަރުވެސް 160 ބިލިއަން ތޯ ދަރަނި އަރުވަންވީ ކަލޭމެން ލަދުން ތޯ އެއްޗެހިލައިގެން ރިޔައުޅެނީ

  43. ދަވާލީ

    ބިންތަކާ ލާރިތަކާ އެވަރަށް ތަޅާބުރުއްސަން ދިނީމަ ރޯޒޭނާ އާ މަވޯޓާ ލަވާހަޅޭކާ ޖައްސާ ވައްތަރު އަދިވެސް ކުޑަ އޭބުނެވޭނީ.

  44. ޝުރުކުރިއްޔާ

    ސޯލިހު ވެރިކަމުން ދުރުމިކުރީ އެވެރިކަން ކަމުނުދާތީ. ގައުމުން ބައެއް ވިއްކާލައިފި. އިންޑިޔާގެ އަޅުވެތިވެއްޖެ. އިންޑިޔާ މިލިޓަރީ ގާއިމުކޮށްފި. ދަރަނި 119 ބިލިޔަން. ކޮތަޅެއް 2 ރުފިޔާ. 2018 ގައި ހުރި ތަކެތީގެ އަގު 100% ބޮޑުވެއްޖެ. ޖީއެސްޓީ ބޮޑުކޮށްފި. އާމުދަނީ އިތުރުކުރެވޭ އިތުރުކަމެއް ނުގެނެވޭ. ފްލެޓާ ގޯތިބެހުމުގަ އިންތިހާއަށް ނާއިންސާފު. 4000 ފްލެޓްތަކުގެ 2 ކޮޓަރި ފިނިޝިން ނިންމާފަ 6000 ރ އަށް މުޅިއުމުރަށް ހަމަޖެއްސިއިރު 7000 ގެ ފްލެޓް ހަތަރުފާރާއެކު 8500 ރ . ލުއިކުރުމުގެ ނަމުގައި އިންތިހާބަށް 2 ދުވަހަށް ވުމުން 6300 ރ އަށް އެންމެ 7 އަހަރަށް. އޭގެފަހުން 27 އަހަރުވަންދެން 8500 ރ.

  45. ތޒ

    ޗޯރ ކުރިގޮތައް ވެއްޖެއްޔާ ޖެހޭނީ ފުރަތަމަވެސް އެއްޗެއް ވަގައް ނަގަން. މިސާލް: ވެންޓިލޭޓަރު

  46. ހަސަނުގެ ދަރި ލަތީފް

    ޢެއީ ކޮންގޮތެއް ރިޒާވް ހުސްކޮށްލާ ގައުމު ދަރަނި ވެރިކޮއްލާ އިންޑިއާފަދަ ގައުމެއްގެ ޕަޕެޓަކަށް ވުމާ ބޮޑެތި ކޮންޓްރެކްޓް މަސައްކަތްތައް އެދާއިރާ ނޫން (ބަދަރު ހަދަން ބިގްފިޝްއަށް) މީހުނާ ހަވާލުކުރުމާ ކުންފުނިތައް ދަރަނިވެރި ކޮށްްލުން ފަދަ ކަންތައްބާ

  47. މަރަދޫމީހާ

    އަދިވެސް މީނާ މިއުޅެނީ މޮޅެތި ވާހަކަ ދައްކަން