އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މުޝީރުގެ މަގާމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވައިފިއެވެ

އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ސީނިއާ މިނިސްޓަރެއްގެ ގޮތުގައެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ރަސްމިއްޔާތެއްގައި ރައީސްގެ ކުރިފުޅުމަތީގައި އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާނެވެ.

އޭނާއާ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

ރަައީސްގެ ހާއްސަ މިނިސްޓަރެއްގެ ގޮތުގައި އައްޔަން ކުރެއްވި އަބްދުއްރަހީމަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލި އިންތިގާލީ ކޮމެޓީއަށް އައްޔަން ކުރެއްވި ބޭފުޅާވެސް މެއެވެ.

އަބްދުއްރަހީމް ފާހަގަ ވެގެން ދިޔައީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމުން، އެ ކޯލިޝަންގެ ހަރަކާތްތައް ހުއްޓާ ނުލައްވާ، ސަޕޯޓަރުންނާއި އެކީ ޕާޓީ ހިންގެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމީން ޖަލަށް ލުމާއި އެކީ އަބްދުއްރަހީމް މަސައްކަތް ކުރައްވާފައިވަނީ ވެސް އެ ކޯލިޝަންގެ އެކްޓިން ލީޑަރުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަންޑިކުޑަ

    ސަހަރޯ! ހަތަރު އުދަރެސް ފެނުޖެހެނީބާ! ދައްކަވަން ހުރި ތަނެއް ދެއްކެވުމަށްފަހުގައި ނޫނީ ނެގެންދަވާނެޔޯ ބުނޭ.

  2. Anonymous

    ޖަލުގައި އޮތް މީހާއަށް ފެނޭތަ؟ ނުފެނޭ ދޯ. ފެންނަ ހިސާބަށް ވެސް ނުދާނަން ދޯ. ނުދާތި. ބޮޑާ މީހަކު ބޮޑާހާކައިގެން އޮތަސް ވަރިހަމަ.