ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ރައީސް ކަމުގެ ހުވާ ކުރެއްވިއިރު، މިރޭ ވަނީ ކެބިނެޓް އިއުލާނު ކުރައްވާ، ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފައްޓަވާފައެވެ.

މިރޭ ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރެއްވި އަބްދުއްރަހީމަކީ މިދިޔަ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އޭނާއަކީ ސިފައިންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި މަގާމަކީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރައްވާ މަގާމެކެވެ. މި މަގާމަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަވާސާ

    ހުވާކުރުމުގެ ރަސްމިއްޔާތުގަ މޮޅެތި ޅެންބަހުން ވާހަކަދައްކާފަގޮސް މަގާމުތަކަށް އައްޔަންކުރީ ގައުމަށް ގައްދާރުވި މީހެއް..މީތި ބަލައި ނުގަނެވޭނެ މިއީ މުއިއްޒުއަށް ވޯޓުދިން ޕޕމގެ މީހުންގެ މޫނުގަޖެހި ތަފާއްޔެ.. މިއީ އިންޑިޔާ އައުޓްގޮވާއިގެން އަނިޔާލިބުނު މީހުންނަކުރި މަލާމާތެއް..5އަހަރުވަންދެން ގައުމުގެ ހިމާޔަތުގަ އަޑުއުފުލި ރައްޔިތުންނަ ބޭވަފާތެރިވުން..ވަރަށް ވަރަށް ދެރަވެއްޖެ ވަރަށް އުއްމީދާއެކު ވޯޓުދީގެން ހޮވި ސަރުކާރުގެ ކެބިނެޓުގަތިބި ބައެއް މޫނުތައް ފެނިފަ..މުއިއްޒުގެ ވާހަކަތަކާ އަމަލާ ދިމާނުވުމުގެ ކޮޅުމަތިފެނުނީ.

  2. ޙެހެހ

    ހަމަ އެއްކަލަ ސިޔާސީމީހުންނޭ ކިޔާގެން ގޮވިމީހުން މިހާރު ހުދިކާފޫރު ، ދެން މިކަން ވާނެތަ

  3. ކަބުލޮ

    ހީވަނީ އިންޑިއާ މީހެއްހެން ހެޔޮނުވާނެ ތުބުޅިވެސް ބަހައްޓަބަލަ

  4. ނަޝީދު

    ފުރަތަމަވެސް އަމިއްލަ މީހާ ކެމްޕެއިންގައި ދައްކަމުން ދިޔަ ވާހަކަ ދޮގުކޮށް ބަޔާން ނެރުނު މީހާޔައް ޗީފް ކަން ދިނީ ދޯ...

  5. މުހައްމަދު

    ސިފައިންނަށް ވަރަށް އަނިޔާވެރިމީހެއްމީ

  6. ާމުހައްމަދު

    އިތުވާރުއެއްކޮށް ގެއްލިއްޖެ މީނައަކީ ސިފައިންނަށް ވަރަށް އަނިޔާވެރިކޮށް ކަންތައްކުރި އަދި ސިފްކޯފްލެޓް މީނަބޭނުންވިގޮތަށް މަތިންފެށިގެން ތިރިއަށް އެމީހަކުބޭނުންވާތަން ނަގާގޮތަށް ހެދުމަށް ގަދައަޅާމަސައްކަތްކުރިމީހެއް 6 ކޮޓަރީގެ ޕެންޓާ ހައުސް ޖެނެރަލުންނަށް ދިނުމާއި ފަރުނީޗަރަށް 70 މިލިއަން ހަރަދުކުރިމީހެއްމީ ވަރަށް އަމިއްލަ އެދުންބޮޑުމީހެއް މާލެބއަދި ހުޅުމާލެ އަލިއްލަ ހެދޮރު ހުރިއިރު ޕެންޓަހައުސްގައި ބަގުޑި ބައްފައިގެން އުޅޭމީހެއް