މުސްލިމުންގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ ފިކުރު ނައްތާލަން ބައެއް ޤައުމުތަކުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ފިކުރު ނައްތާނުލެވޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް، އަދި މިހާރު މަންޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިސްރާއީލް ދަތިކުރުމުގެ ގޮތުން އެ ގައުމުން އެކްސްޕޯޓްކުރާ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން ހުއްޓުވައި، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރަމުން ނަޝީދު ވިދާޅުވީ ހަމާސްއަކީ މުސްލިމުން އަޅުވެތިކުރުމާއި ދެކޮޅަށް އަޑުއުފުލަމުން އަންނަ ބައެއް ކަމަށާއި އެފިކުރު ނައްތާ ނުލެވޭނެ ކަމަށެވެ. ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ޣައްޒާގައި ކުޑަކުދިން މަރަމުން އާންމުން ގަތުލުކުރަމުން ތަންތަން ލޫޓުވަމުން އިމާރާތްތައް ފަނާކުރަމުން އަދި މަގުތައް ހަލާކު ކުރަމުން މުޅި ހަޟާރަތެއް ނައްތާލަމުން އެގެންދަނީ އިންސާފުންކަމަށް ބުނާނޭ ހަމައެކަކުވެސް މިދުނިޔޭގައި ނޫޅޭނެ."ނަޝީދު ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުން މިހަނގުރާމަ ހުއްޓާލުމަށް ގޮވަމުންދާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިސްރާއީލުން ބުނާގޮތުން މިއީ ހަމާސް ހޯދުމަށް ކުރަމުންދާ ހަނގުރާމައެއް ކަމަށެވެ. އަދި ހޮސްޕިޓަލެއްގެ އަޑީގައި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ހަދައިގެން ހަމާސް ތިބި ކަމަށް ބުނެ ޣައްޒާގެ ހޮސްޕިޓަލްތައް އިސްރާއީލުން ބޮން އަޅައި ފަނާކުރަމުންދާ ކަމަށް ނަޝިދު ވަނީ ވިދާޅުވެފައެވެ.

"ހަމާސްއެއް ފިލުވައެއް ނުލެވޭނެ، ނައްތައެއް ނުލެވޭނެ. އިސްރާއީލަށްވެސް ހުޅަނގުގެ އެއްވެސް ބާރަކަށްވެސް ވާން އޮތް ކަމެއް ނޫން އެއީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުންގެ މި ހަނގުރާމަ މީ އާ ކަމެއް ނޫން ކަމަށާއި އިންސާނިއްޔަތަށް ވީހާ ދުވަސް މިކަމަށް ވެއްޖެ ކަމަށެވެ. އަދި އދ އަށްވެސް މިމައްސަލައެއް މިހާތަނަށް ހޯދިފައިނުވާކަން ނަޝީދު ފާހަގަކޮށްލިއެވެ.

އިސްރާއީލުގެ ރައްޔިތުންނަށް ފަލަސްތީނުގެ ބިމުން ތިންބައިކުޅަ އެއްބައި ޖާގަ ދިން ހިސާބުން އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަތް ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

"އެހިސާބުން މިމައްސަލަ މިދިޔައީ އަބަދުވެސް ބޭއިންސާފުގެ ތިލަފަތްމަތީގައި އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަން." ނަޝީދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި އީމާންތެރި ކަމަށް ނަޝީދުވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މިބިލަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލިބެ.

    ކަލޭ ކުޅޭ ޑްރާމާގަ ޖެހޭނެ ދިވެހިން ވަރަށް މަދުވެއްޖެ މިހާރު.

    18
    6
    • ކަޅުބެ

      ތިޔައީ ހަމަ ހީވާ ގޮތް. ކުރިއަށް އޮތް މަޖިލިސް އިންތިހާބުން ގޮނޑި ކާމިޔާބު ކުރައްވާނެ.

  2. ބަހުލޫލު

    މިހާރު ސައިޒުފެނި ކުޑަވެ ހިތާދެކޮޅުވާހަކަ މި ދައްކަނީ . މިހާރު މަޖުލީހަށް ވަންނާނީ ސައިޒު ކުޑަކަމުން ގޭޓުގެ ތަޅުވަޅުން ކަންނޭގެ. ސެކިއުރިޓީ ކުޑަވީމަ ބިރުގަތީދޯ

  3. ޖަމިއްޔާ

    ތާއީދު ހޯދަން ކަލޭ ތިހެން ތިކިޔަނީ.
    އެކަމަކު ގެރިމޯދީ ކައިރީގަ ކަލޭ ހުންނާނީ އިޒުރޭލަށް ސެލިއުޓް ނަގައިގެން.

  4. ގުދުގުދާބެއްޔާ

    އަލިބެ އޭނާ ރަގަޅުވާކަހައެއްބުނީމާ ވެސް ތިޔަވީ ޑުރާމާއަކަށް ދޯ؟ ކަލޭގެ ބޯގޯސް ކަމާއެ!

  5. ދިވީން

    ކަލޭގެ ތާޢީދު ގެއްލޭތީ ދައްކާ ވާހަކައެއްތީ. މާދަމާވެސް ބާރެއް ލިބޭއިރަށް ޔޫރަޕް ދޮން މީހުން ރުއްސަން އެމީހުންގެ ޕްރޮޕެގަންޑާ ފަތުރަން ދުއްވައިގަންނާނީ.

  6. ށަަސަސސސ

    ޭއެހެންތަ ލާދީނީ މުގާބޭ!!!

  7. އަލީ

    މީނައަށް ކިހިނެއް ވެފަބާ މިހިރީ؟

  8. ވިކިލީކްސް

    ނަޝީދު މިއޮށްހާ ދުވަހު ގޮވަމުންދިޔައީ ހުޅަނގު ދޮން މީހުންގެ ރުހުން ހޯދާށޭ. އަދިވެސް އޭނާ އެއުޅެނީ ދޮން މީހުންގެ ރުހުން ހޯދަން، ހިތާއި އެއްކޮޅަށް ބުނިއެއްޗެއްނަމަ ނަޝީދު ތީތި އިނގިރޭސިބަހުންވެސް ލިޔާނެ އަދި ޓެގްވެސް ކުރާނެ ހުޅަނގުގެ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ޑެންމާކަށް.