މިހާރު ގުރޭޑު 10ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ދެވަނަ ތާމު ޓެސްޓު ރޯދައިގެ ކިރިން ނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ގުރޭޑު 10ގެ ދަރިވަރުންނަށް ރޯދައިގެ ކުރިން ދެވަނަ ޓާމުގެ ޓެސްޓު ނަގައިދިނުމަށް ގިނަ ސްކޫލްތަކުން އެދެމުންދާ ކަމަށެވެ.

އެހެންކަމުން ދެވަނަ ޓާމުގެ ޓެސްޓު އަންނަ އަހަރު ފެބުރުއަރީ މަހުގެ 25 އިން މާޗު 14 އާ ހަމަޔަށް ބޭއްވުނަށް އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު