ޖަލު ހުކުމެއްގައިވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމައިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާއިރު، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުޤުވެރިވާކަން ބަޔާންކޮށް، ޝަރުތު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެ ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށެވެ. އެހެންނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަބީބް މިހެން ވިދާޅުވިއިރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

‏ހަބީބު ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތުގެ ޝަރުތުތައް ހިއްސާކޮށްފައެވެ. އެ ޝަރުތުތައް ހަމަނުވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެކަން އޭނާ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުގައި ބުނާގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުދުވަސް ނުވަނީސް ޕާޓީއެއް ނުއުފެއްދޭނެއެވެ. އަދި ހަމައެއާއެކު އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގައި ހިނެއެވެ.

މިހެންވުމުން ރައީސް ޔާމީނަށް އެމަނިނުފާނުގެ އަމިއްލަ ނަމުގައި އާ ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެއެވެ.

ރައީީީސް ޔާމީންގެ އައު ސިޔާސީ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޔޫތު މިނިސްޓަރު މަލީހުއެވެ. މަލީހު ވިދާޅުވަނީ، ޕާޓީގެ ނަމާއި، ކުލަ އާއި ލޯގޯ މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ހެހެހެ. ކޮބާ ކަހޭ.

    18
  2. އިބްރާހިމް

    ގާނޫނުގަ ގަވައިދުގަ ތިހެން އޮތްވާތަ ޖަމީލުމެން ގާނޫނީ ލަފާ ދީގެން ޕާޓީ ހަދަނީ؟ އަދީބު ޕާޓީ ހެދީ ހުކުންކުރުމުގެ ކުރިން ދޯ؟؟

    30
    1
  3. Anonymous

    ޔާމީނު ނޫނޭ އުފައްދަނީ ޔާމީނުގެ ހިޔަނި ޕާޓީ އުފައްދަނީ ހިޔަނިވެސް ޖަލަށްލާންވީދޯ ޖަލުހުކުމެއްގަ ހުރި މީހެއްގެ ފޮޓޯޖަހައިގެން ވެރިކަމަށް އަންނަން ކެމްޕެއިން ކުރުން ހުއްދަދޯ

    32
    6
  4. Anonymous

    ޖަލުހުކުމެއްގައި ވާ ބޭފުޅެއްގެ ފޮޓޯޖަހައިގެން ވެރިކަމަށް އައުން އޯކޭ

    36
    7
  5. Anonymous

    އަލުން ޖަލަށް ލާންވީނުންތަ، ތިއުޅެނީ އެކަން ނުވެގެން ވިއްޔާ

    27
    4
  6. ޙެހެހ

    ޙަބީބު ކޮންއިރަކު ސިޔާސީވީ ، ތިހާ ވިސްނުން ހަނި ވީމަ ތިމަޤާމަށް ކުފޫހަމަނުވޭ ،
    ރ.ޔާމީން އެހެން ބުނުމަކީ އެމަނިފާނުގެ ނަމުގައި ޕާޓީ އުފެއްދުމެއްނޫންދޯ ، އެހެން ނޫނަސް ރައްދު ދީ ކޮމެންޓް ކުރުމަކީ ތިމަޤާމުގައި ހުންނަ ބޭފުޅަކު ކުރަންޖެހޭ ކަމެއްތަ!!

    32
    4
  7. އަނިލް

    އަދީބު ޕާޓީއެއް ހެދި ދޯ އޭރު އަދީބު ހުރީ ކޮންތާކު އަދި އިލެކްޝަން ކޮމިޝަން އޭރު އޮތީ ނިދާފައި ދޯ

    34
    2
  8. Anonymous

    11 ޢަހަރު ވަންދެން އިންނާނީ ޖަލުގަ. ތެޅިގަތީ ސަ؛ލާމަތް ވާނެ ކަމެއްތަ؟ ވެރިކަމާހެދި ނުތެޅި ރީތިކޮށް ގޭގަ ހުރިނަމަ މިހާރު ޖަލުން މިނިވަންވެސް ވީސް.

    18
    17
    • ވަފާތެރި ކެހިވެރިޔާ

      ހަރާން ހުކުމް ހަލާލުވީދޯ...ދެން ގޮވާ ހައްޔަރުކުރޭ ހައްޔަރުކުރޭ...

      11
      7
  9. ދިވެހިމީހާ

    ޔާމީން ޕާޓީ އެއް ހަދަން ހުށަހެޅީމަ ތިވާހަކަ ދައްކަ ބަލަ. މަގުމަތިން ދައްކާހާ ވާހަކަ އަކަށް އީސީ ގެ މެމްބަރުން ކޮމެންޓް ކުރަން ޖެހޭބާ؟ ހަބީބް ތިއުޅެނީ މާބޮޑަށް އިޝްތިހާރު ވާން. ފަޔަށް ހިނިއަރައިގެން ތިއުޅެނީ.

    32
  10. ފުއާދު

    އަސްލުވެސް މީ މިފަދަ މަޤާމްތަކުގަ ތިބޭމީހުން ކަންކުރަން ޖެހޭގޮތެއްނޫން މީނައައްހެޔޮ މަގުމަތިންދާ މީހަކުބުންޏަސް ހަމަ ވަގުތުން އެއައް ރައްދު ދޭނެ އެހެންތާވާނީ މުޅިއޮޑީގަ ހަސަނުގެ ދެފައޭ ބުނާހެން މުޅި އިލެކްޝަން ކޮމިޝަންތެރޭގަ މީނަވިއްޔަ

    14
  11. ގަލަން

    އަދީބުވެސް ޕާޓީހެދީ ޖަލުހުކުމުގެ ހުރެގެން ކަމައް ބުނެއުޅޭނީ. މިގައުމަކީ އަދުލު އިންސާފު އޮޔްތަނެއްނޫން ދެރަމީހުންނައް އަދަބުލިބެނީ ސިޔާސީ މީހަކު ކުށެއްކޮއްފިޔާ އެދެނީ އަނިޔާ ދެން ނިކަމެތިން ލައްވާ ގައުމު ހަލަބޮލިކުރާނީ

    5
    1
  12. ރިފާޒް

    ބަސްބުނުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤަކަށްވާއިރުގައި އެކަމެއްގަ އޮންނަ ރަނގަޅުގޮތް ރައްޔިތުންނަށް ބުނެދިނުމަކީ ރައްޔިތެއްގެ ހައިސިއްޔަތުންވެސް އަދި އީ.ސީ ގެ ނާއިބު ރައީސްގެ ހައިސިއްޔަތުންވެސް ކުރުން ރަނގަޅުކަމެއް. މުޖުތަމަޢުގައި ފެތުރޭ ނުރަނގަޅު ވާހަކަތަކާއި ކަންކަމުގެ ރަނގަޅުގޮތް އެކަން އެނގޭމީހުން ވީހާވެސް އަވަހަށް ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ މުޖުތަމަޢު ފަސާދައިން ދުރުކުރުމަށް ކޮށްދެވޭ ވަރަށްބޮޑު ކަމެއްކަމުގައި ދެކެން.

    4
    4
  13. އެޑިޓް

    ބަލަ ރޯމާ ދުވާލު އައުގުރާނަ ގޮވީމަ އަނބި ދަރިންނަށް ވެސް އަޑު އިވޭނެ!

  14. ކާސިންބެ

    އަދީބަށް ޖަލުގައި އޮއްވާ ބާއްވާލެއްވި ޕާޓީއެއް ތަ އެއީ

  15. ޟޯމިރު

    ޙަބީބު ނުދައްކާ ރޔ ގެ ވާހަކައެއް. ނޫސްތަކުން ރޔ އާ ގުޅުވައިގެން ހަބަރު ލިޔަނީ. ޙަބީބު ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދާގޮތް.

  16. ލައްޓިބެ

    މިޙަބީބުވެސް މީ ކޮމިޝަނުން ފެންވަރުނެތިގެން ދުރކޮށްފަ ހުރިމީހެއް. ދެވަނަފަހރަށް ކޮމިޝަނަށް ގެނައީ ޔާމީން އަންގަައިގެން މަޖްލިސްގެ ޕީޕީއެމް މެންބަރުން ރުހުންދީގެން އެކަން މިހާރު ހނދާން ނެތުނީތަ.. މިހާރު މަސައްކަތްކުރަމުންދަނީ ފުއާދު ތައުފީޤު ބޭރުކުރަން އީސީގެ ރައީސް ކަމަށް އަންނަންވެގެން

  17. އަހްމަދު

    މަނިކުފާނުކައިރީގަ ގާނޫނީ ލަފަޔަކަށްއެދުނީ ކޮންބޭފުޅެއްތޯ ތިޔަވަރަށްސިޔާސީވާނަމަ މަގާމުންއިސްތިޢުފާދީފަ ޕާޓީއެއް އުފައްދަންވީނު

  18. ފާތުން

    ޔާމީނު ނަންމަތީގަ ނުހެދުނަސް އަހަރެން ނަންމަތީ ހެދޭނެ. ޖަމީލު ނަމުގަ ޕާޓީއެއް ނުހަދާނަން

  19. ސަލްމ

    ހަބީބު ކަލޭ ގޮނޑި ޔަޤީންކޮަށްލަން ކުރިކަމެއްދޯ މީ؟ އަސްލު ރަސ

  20. އިބޫ

    ރަށުތެރޭ ދައްކާވާހަކަޔަކަށް އަދި ފާޅުކުރާ ޚިޔާލަކަށް އެލެކްޝަން މެމްބަރުން ގުއިރޯނުގަ ޖެހުމަކީ މަޤާމު ދަހިވެތިކަމުގަ ކުރިކަމެއް. މިހާރު މިސަރުކާރުގެ ރުހުންދޯ ތި ހޯދާލީ!!! އެލެކްޝަނަށް ހުށަނާޅާ މައްސަލައަކަށް ، މެމްބަރުން ނަކަށް ރަށުތެރޭގަ ދައްކާ ވާހަކަތަކަށް ޖަވާބުދާރީ ވުމަކީ ނާޤާބިލުކަން، އަދި މަޤާމު ދަހިވެތިކަން. ރަށުތެރޭ އެބަކިޔާ މާދަމާ މަޖްލިސް އެލެކްޝަން ވޯޓުލުން އެބައޮތޭ، މިކަމާ ޓްވީޓް ކޮށްލަށްޗޭ މްޖްލިސް އިންތިހާބު ވޯޓުލުން އޮތަސް ނެތަސް.