ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ޢަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބު އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރެޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މި އިންތިހާބު މި އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ނިންމައިފައެވެ.

ޖޭއެސްސީން އިއްޔެ ވިދާޅުވީ، މި އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ ވަކީލުން އިންތިހާބުގެ ވޯޓުލުމަށް ރެޖިސްޓްރީވުމަށްޓަކައި ފޯމު މެދުވެރިކޮށް ރެޖިސްޓްރީވުމަށް އެދިފައި ވެއެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަނީ އެ ކޮމިޝަންގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ މިހާރު ވަނީ ހައިކޯޓަށް އައްްޔަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖީނާ

    މާނިޢް ހައިކޯޓަށް ޢަށްޔަނުކުރި ގޮތަށް ސިއްރުން ދެން ޖޭ.އެސް.ސީ.ގެ ތެރެއިން ކަންކަން ކުރިޔަ ނުދޭނެކެން.

  2. Anonymous

    .އެ ކޮމިޝަންގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވައި. އޭނާ މިހާރު ވަނީ ހައިކޯޓަށް ދެމިގަނެފައި !