މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި ޒިކުރު ބޯޑުތަކެއް ހަރު ކުރަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ބޯޑުތަކުގެ ބޭނުމަކީ އާންމު ރައްޔިތުންނަށް ރިވެތި އުސޫލުތައް ކިޔައި ދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުމެވެ. މީގެކުރިން މާލެ ސިޓީ ކައުންސިލުން ވަނީ އިސްލާމް ދީނުގެ ތަފާތު ޝިއާރުތައް ހިމެނޭ ބޯޑުތައް މާލޭގައި އެކި ދިމާތަކުގައި ހަރުކޮށްފައެވެ.

މިއީ މާލޭގެ އެކި ސަރަހައްދުތަކުގައި ޒިކުރު ބޯޑުތަކެއް ހަރު ކުރި ފުރަތަމަ ފަހަރެވެ.

މާލެ ސިޓީ ކައުންސިލުން އިސްލާމްދީނުގެ ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުން އެކިއެކި ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ވަނީ ތައުރީފް ވެސް ކޮށްފައެވެ.

މި އަހަރުގެ އަޟްހާ އީދަށް މާލޭގެ އެކި ހިސާބުތަކުގައި ސްމާޓް ސްޓްރީޓް ލައިޓްތައް ދިއްލާލައި އެ ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭ ގޮތް މާލެ ސިޓީ ކައުންސިލުން ހެދިއެވެ. އަޟްހާ އީދުގައި މާލެ ތެރެ ޒީނަތްތެރި ކުރުމުންނާއި ތަކުބީރުގެ އަޑުން ގުގުމާލުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭރު ސިޓީ ކައުންސިލަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކެޔޮޅުބެ

    ދީނީ އިލްމުވެރިން އައުމުން ގައުމައް އެގޭނެކަން ދޭހަވަނީ

    44
    9
    • ޑިސްލައިކް

      ޑިސްލައިކް ކުރާ މީހުން ޑިސްލައިކް ކޮށްކޮށް ތބޭ. ދީނަށް މީހުން އުޅެންޏާ ގަޔަށް ކެހެނިއރާ ގުރޫޕު. ތިޔަ ބޯޑުތަކުގަ އައުގުރާނަ ލިޔަން ނުފަށައިފިއްޔާ ރަނގަޅު މިއުޅޭ ލަޓޯފަޓޯތައް

  2. ޓޮއްޓޮ

    ތީ މިދިޔަ 3 އަހަރުވެސް ކުރަމުން އައި ކަމެއް

  3. އަހްމަދު މާހިރު

    ٱلْحَمْدُلِلّٰهِ ތިކަން އަދި ދިވެހިން ލައްވާ ކޮށްލިނަމަ ވަރަށް ސިޅިވީހެއެވެ. ތި މަސަތްކަތަށް ގޮވާލިނަމަ ވަރަށް ގިނަ ދިވެހީން ހިލޭސާބަހަށް ދިޔައީހެވެ.

  4. ގުދުގުދާބެއްޔާ

    ގައުމުގަ ސޭކުންނޭ ކިޔާ މީހުން ގިނަ ވީމާ މިހާރު ނަމާދު ކުރާއިރު މަހާނަގާ ފިލާގަޑެއް ބަހައްޓައިގެން ނޫނީ ނަމާދެއްވެސް ނުކުރެވޭ! މިހާރު އެއީ އެންމެ ބޮޑު ސުންނަތަކައްވެއްޖެ!
    މިހާވަރުން ދާނަމަ ފައިކަށިމަތީގަ ހަށަން ބަންނަ ދުވަސް ވެސް އަތުވެދާނެ!

    • ސުތުރާ

      ސުތުރާ އާ ބެހޭ ހަދިޘްތައް ތިބާޔާ ހަމައަށް އައިސްފައި ނުވުމުން އޭގެ މާނައެއް ނޫން އެ ހަދީޘްތައް އައުމުން ތިބާ އެއަށް އީމާންނުވުމުން ތިބާ މުސްލިމަކަށް ވާނޭ

  5. އަހްމަދު

    ސޭކު އިމްރާން ކަލެޔަށް އެއްޗެއް ފެނޭތަ! ތުރުކީ ވިލާތުގައި ހުރެގެން ނުފެންނާނެދޯ!!!

    2
    0